ނަޖަފުގައި ހުންނަ އީރާން ކޮންސިއުލޭޓުގައި އަލިފާން ޖަހާފައި. --ފޮޓޯ:އޭއެފްޕީ
28 ނޮވެމްބަރ 2019 - 15:53
ބަޣުދާދު (ނޮވެމްބަރު 28) - އިރާގުގެ ނަޖަފް ސިޓީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓުގައި އަލިފާން ޖެހި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ތެހެރާނުން ގޮވާލައިފި އެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އައްބާސް މޫސަވީ ވިދާޅުވީ ތެހެރާނުގެ ކަންބޮޑުވުންތައް މިހާރު ވަނީ އިރާގު ސަފީރަށް ހުށަހަޅާފައި ކަމަށެވެ.
އީރާން ކޮންސިއުލޭޓުގައި ރޭ އަލިފާން ޖެހީ އިރާގު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރޭންނެވެ. ކޮންސިއުލޭޓުގައި އަލިފާން ޖެހުމުގެ ކުރިން ސްޓާފުން ވަނީ އިމާރާތުން ފަހަތު ދޮރުތަކުން ނުކުމެފަ އެވެ. ހަމަނުޖެހުން ހިންގި މީހުން ވަނީ ކޮންސިއުލޭޓުގައި ހުރި އީރާނުގެ ދިދަ ބޭލުމަށް ފަހު އިރާގުގެ ދިދައެއް ނަގައިފަ އެވެ.
ކޮންސިއުލޭޓުގައި ހުޅުޖެހުން އިރާގު ސަރުކާރުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
އިރާގުގައި ހަމަނުޖެހުންތައް ހިންގާތާ މިހާރު ދެމަސް ވެއްޖެ އެވެ.
އީރާން އާއި އިރާގުން ވަނީ 1980-1988 އަށް ހަނގުރާމައެއް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
02 December 2019
ތިޔައީ އެމެރިކާ އަދި އިޒްރޭލް އި ން ފަ ންޑު ކޮށްގެ ން އިރާގުގައި ކުރުވާކަމެއްކަމަށް އެރުވެސް ބު ނިނ ން މިހާރު މިދަ ނީ ސާފުވަމު ން އަސްލު އެމެރިކާގެ ބޭ ނުމަކީ އިރާގަށް އިތުރު ސިފައި ން އެރުވު ން
ނަޖުމުއްދީން
28 November 2019
އިރާނަކާ ތިހެން ނުކުޅެވޭނެ.