ޚަބަރު / މިފްކޯ

މިފްކޯގެ ދަރަނި 300 މިލިއަން ރުފިޔާ!

މިފްކޯއާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ މިނިސްޓަރު ޒުހޫރު ވާހަކަ ދައްކަވަނީ. -- ހުސެއިން ޝަޔާހް / މިހާރު ފޮޓޯ

29 ސެޕްޓެމްބަރ 2016 - 12:48

82 comments

ހިންގެމުން ނުހިންގެމުން، އަބަދުވެސް ފައިސާގެ މައްސަލަތައް ދިމާވެ، ސަރުކާރަށް ބަރޯސާވުން ބޮޑު ދައުލަތުގެ މަސް ކުންފުނި، މިފްކޯ، އެންމެ ފަހުން އެސްޓީއޯގެ ދަށަށް މިއަދު ބަދަލުކޮށް، ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ހަވާލުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ކުއްލި ނިއުސް ކޮންފަރެންސެއްގައި އިކޮނޮމިކް ކައުންސިލުން އެކަން އިއުލާން ކުރައްވަމުން ހަތަރު މިނިސްޓަރަކު ވަނީ އެ ނިންމުމުގެ ފައިދާއާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ދަރަނި ބޮޑުވެ، ބޭންކްތަކުން ލޯނު ދިނުން ވެސް ހުއްޓާލާފައިވާ މިފްކޯ، ސަރުކާރުގެ ފައިދާ ބޮޑު އެއް ކުންފުނި އެސްޓީއޯއާ ހަވާލުކުރުމަކީ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި އިކޮނޮމިކް ކައުންސިލުން ދެކެ އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރަން ނިންމި މައިގަނޑު ސަބަބަކީ، އެ ކުންފުނީގެ ދަރަނި ބޮޑުވުން ކަމަށާއި އެއީ ހައްލެއް ބޭނުންވެފައިވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭންކްތަކާއި މަސްވެރިންނަށް ދައްކަން ޖެހޭ ބޮޑު ދަރަންޏެއް މިފްކޯގެ އެބަ އޮތެވެ.

އަދި މަސްވެރިންނަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނުދެވި އޮތުން ސަރުކާރަށް ގަބޫލުނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފްކޯގެ ދަރަނި މައްޗަށް ދަރަނި އަރަމުން މިދިޔައީ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ފާހަގަކުރާ ކަމެއް،" މުނައްވަރު ވިދާޅުވި އެވެ.

އިކޮނޮމިކް ކައުންސިލުން ބުނި ގޮތުގައި މަސްވެރިންނަށް ނުދެވި 2 މިލިއަން ރުފިޔާގެ ދަރަންޏެއް މިހާރު ވެސް އެބަ އޮތެވެ. އެ ފައިސާ ސަރުކާރުން މަސްވެރިންނަށް ދައްކާނެ ކަމަށް ކައުންސިލުން ބުންޏެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި މިހާރު ހިންގާ ގޮތުން، ކޮންމެ އަހަރަކު ސަބްސިޑީގެ ގޮތުގައި ވެސް ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް މިފްކޯ އަށް ދޭން ޖެހެ އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މިފްކޯ އަށް އެންމެ ބޮޑު ގެއްލުމެއް ވަނީ، ތެލަށް ކުރާ ހޭދައިން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ އިގްތިސާދީ ތަސައްވަރުގައި ހުރިހާ ކުންފުންޏަކީ ވެސް ފައިދާވާ ކުންފުނިތަކަކަށް ހެދުމުގެ ވިސްނުންފުޅުގެ ތެރެއިން ވެސް މިފްކޯ އަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެސްޓީއޯގެ ދަށަށް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަރަނި ވެސް ހަލާސްކޮށް އާ ފެށުމަކުން މިފްކޯގެ މަސައްކަތްތައް ފަށައިގަންނަން ވަނީ ނިންމާފައި. މަސްވެރިންނަށް ފެހި މާދަމާއަކަށް ނިންމި ނިންމުމެއް މިއީ،" ޝައިނީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދެ ކުންފުނި އެއްކޮށްލުމުން ފައިދާ ބޮޑުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. މިފްކޯ ތަރައްގީކޮށް އެ ކުންފުނިން ބޮޑު ފައިދާއެއް ނެރެވެން އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެސްޓީއޯ އަކީ ބޭރު ފައިސާ ބޭނުންވާ ކުންފުންޏެއް. އަނެއްކޮޅުން މިފްކޯ އަކީ ބޭރު ފައިސާ ލިބޭ ކުންފުންޏެއް،" ޒަމީރު ވިދާޅުވި އެވެ.

"އެސްޓީއޯ ކަހަލަ ރިސޯސްފުލް ކުންފުންޏަކުން މިފްކޯގެ އޮޕަރޭޝަންސްތައް ކުރިއަށް ގެންދަން ފެށީމަ ބޮޑު ފައިދާއެއް ވާނެ."

ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވި ގޮތުގައި މިފްކޯ އަށް ރާއްޖޭގެ އެއްވެސް ބޭންކަކުން ލޯނެއް ނުލިބޭ ހިސާބަށް އެ ކުންފުނީގެ ހާލަތު ވަނީ ގޮސްފަ އެވެ.

އޭނާ ވިދާޅުވީ މިފްކޯ އޮތީ، ރާއްޖޭގެ އެއްވެސް ބޭންކަކުން ލޯނެއް ވެސް ނުލިބޭ ހާލަތުގައި ކަމަށެވެ. އެކަމަކު މިހާރު ގެނައި ބަދަލާ އެކު ކުންފުނި ކޮޅަށް ޖެހި، ދައުލަތުން ދެމުން އަންނަ ސަބްސިޑީ ވެސް ދޭން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މިފްކޯ ހިންގާ ގޮތް ބެލުމަށް ފަހު، މަސްވެރިންނަށް ފައިދާ ނުވާ ކަންކަން ހުއްޓާލައި ހަރުދަނާ އޮނިގަނޑެއް އެކުލަވާލަން ވަނީ ނިންމައިފަ އެވެ. އެ ބަދަލު ގާތްގަނޑަކަށް 45 ދުވަހުގެ ތެރޭގައި ގެންނަން އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މިފްކޯ އަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތަށް ފަހު 1990ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އުފެއްދި ދަރަންޏަށް ޒިންމާވާ ވަކި ކުންފުންޏެކެވެ. އޭގެ ކުރިން އެފްޕީއައިޑީ ހިންގަމުން އައީ ވެސް އެސްޓީއޯގެ ދަށުންނެވެ.

82 ކޮމެންޓް, 123 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 2%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބޫ

30 September 2016

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މިފްކޯ އަށް އެންމެ ބޮޑު ގެއްލުމެއް ވަނީ، ތެލަށް ކުރާ ހޭދައިން ކަމަށެވެ. ދެން މިބުނަނީ ގެއްލުންވީ އެމްޑޕީ އާއި ހެދިޔޭ.. އަޅޭ މީހަކު ހައިރނެއް ނުވާނެތަ؟؟ ބެޔަސް ނުބެޔަސް 10،000 ރ އެއްވެސް ބަަޔަކަށްނުދީ، އެކމަު އެވަރު ކާމިޔާބު ޕްރޮޖެކްޓެއް ނެތް ކަމަށް ބުނިމީހަކު ކޮންމެފަދަ އެއޗެކޭވެސް ބުނެފާނެދޯ

The name is already taken The name is available. Register?

އިބު

30 September 2016

އެސްޓީއީ އިން ހިންގިޔަސް އަދި ތިޔަބުނާ 300 މިލިއަން ދައުލްތުން ހވވާލު ވިޔަސް، މިފްކޯ އަކަށް ފައިދާ އެއް ނުވާނެ. މިހާރު އޮތް ކޮރަޕްޓް މެނޭޖްމެންޓް އިވެ، އެސްޓީއޯ އިން ކީއްކުރެވޭނީ

The name is already taken The name is available. Register?

ބޮޑު ހުސޭނު

30 September 2016

މިފްކޯ އެސްޓީއޯގެ ދަށަށް. އެސްޓީއޯ މަޖިލިސް ދަށަށް. މަޖިލިސް ރައީސް އޮފީސް ދަށަށް. ރައީސް އޮފީސް ޗައިނާ އެމްބަސީގެ ދަށަށް. ޗައިނާ އެމްބަސީ ބްރިޖް ދަށަށް. މިއޮތީވާ ސަރުކާރެއް.

The name is already taken The name is available. Register?

GAN Island

29 September 2016

ޔާމީން އަބުދުލް ޤައްޔޫމްގެ ގެ ކަންތައް ހައްދު ފަހަނަޅާ ހިގައްޖެ. ފަސް އހަރުގެ ދައުރު ފުރިހަމަ ކުރަން ރައްޔިތުން ފުރުސަތު ދީފިނަމަ Local Government Authority އޮޓޯލްސް މިނިސްޓްރީ އުފެއްދުމަށް ފަހު އެތަނުގެ ދަށަށް ވެސް ގެންނާނެ. އަދި މިނިސްޓްރީ އޮފެ ޖަސްޓިސް އުފެއްދުމަށް ފަހު Judicial Service Commission އެތަނުގެ ދަށަށް ވެސް ގެންނާނެ.

The name is already taken The name is available. Register?

ާއަގަގަދަމިތުރު

29 September 2016

300 މިލިޔަން ރުފިޔާ ރައްޔިތުންގެ ބޮލަށް ޖަހާފަ އިންވެސްޓމެންޓް މަށަށް ދޭންވީނު. އޭރުން ދަރަނި ދައްކާނީ ނިކަމެތި މަސްވެރިޔާ ޕޭކުރާ ޓެކްސް ފައިސާއިންވިޔަސް މަށަށް އޯކޭ. ވަަރަށް ސަލާމް އެންޑް ޝައިން

The name is already taken The name is available. Register?

ޚިޔާލް123

29 September 2016

މިފްކޯ އެސްޓީއޯގެ ދަށައް ބަދަލްކޮއް ކާޑުގެ ބާވަތްތަކުން އަގުޢުފުލައިލީ މިހާރު މިވާގޮތަކީ ސަރުކާރައް ލިބޭ ކޮންމެ ގެއްލުމެއްގެ ބަދަލް ރައްޔިތުންގެ އަތުންހޯދަނީ

The name is already taken The name is available. Register?

ޝިފާގު

29 September 2016

މިފްކޯ ތައިލެންޑް ކުންފުންޏަކަށް ވިއްކާލީމަ މާރަގަޅު ވާނެ.

The name is already taken The name is available. Register?

އަލްޖިބްރާ

29 September 2016

ވައްކަން ކުރަންފެށީމަ ފައިދާވާނެ ކުންފުންޏެއް ނޯންނާނެ !

The name is already taken The name is available. Register?

ހޯގޮޅާ

29 September 2016

މިފްކޯ މަސްފިހާރައިގެ ކައްޓާއާ ދޭތެރޭގަވެސް ރައްޔުތުން އެބަވިސްނަންޖެހޭ... މިކައްޓާތައް ރަނގަޅުހެނެއް ހީއެއްނުވޭ..

The name is already taken The name is available. Register?

ދޮޅުގަޑި ބައި

29 September 2016

ދެން ދަރާނީ އެސްޓީއޯ. މިސަރުކާރުގަ އެއްވެސް ކުންފުންޏަކުން ފައިދާއެއްނުވާނެ. ބަބަބަކީ އެތަންތަނަށް ލިބޭ ފައިސާޔަށް ވާނުވާ ނޭގޭތީ. އެހައްދުވަހު ފެނަކައިގެ ނިމާލް ބަދަލްކުރީ ނޭގެ ކިހާވަރެއްގެ ގެއްލުމެއް ކުންފުންޏަށް ވެފައިވާކަމެއް. ކުންފުނިތަކަކީ ލިބޭ ފައިސާއިން ޕާރޓީ ހިންގަން، ނުވަތަ އެކްޓިވިސްޓުންނަށް މުސާރަދޭން ތަންތަނަށް ހަދައިފިއްޔާވެސް ކުންފުނިތަކުން ފައިދާއެއްނުވާނެ. 300 މިލިޔަން ރުފިޔާއަކީ ކުޑަ އެއްޗެއްނޫން. ބައެއްގެ އިހުމާލުން ވީކަމެއްނަމަވެސް އެކަން ރައްޔިތުންނަށް ހާމަކުރަންޖެހޭނެ. ފުރިހަމަ އޮޑިޓެއް ކުރެވެންޖެހޭނެ. ސަރުކާރުން އެދަރަންޏާ ހަވާލުވެއްޖައީމޭ ބުނުމަކުން ނުފުދޭނެ. މީ އަމިއްލަ މީހެއްގެ ކުންފުނިތަކެއްނޫން ދިވެހި ރައްޔިތުންގެ ތަންތަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454