ރައީސް އޮފީސް: ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ/މިހާރު
28 ނޮވެމްބަރ 2019 - 19:17
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މިއަދު އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް ކުރިމަތިލުމަށް ދެ ދުވަހުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ބިޝާމް އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އޮއްވަ އެވެ.
ރައީސް އޮފީހުން ބުނީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގެ ޝަރުތަކީ އުމުރުން 25 އަހަރު ވުމާ އެކު ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއި އަދި އެ ދާއިރާގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ހުރުމެވެ. އަދި އެއްވެސް ސިޔާސީ މަގާމެއް ނުވަތަ އިންތިޚާބީ މަގާމެއްގައި ހުރި މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމަކީ ވެސް އެ މަގާމުގެ ޝަރުތެކެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަށް ބިނާކޮށް، މަޖިލީހުންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނު ބުނާ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ އެވެ. އަދި އެ މަގާމު ހުސްކޮށް އޮންނަ މުއްދަތުގައި އެ މަގާމުގެ ޒިންމާތައް އަދާ ކުރާނީ ޑެޕިިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޮބޮޑުފަންނު
29 November 2019
ހުސެން ޝަމީމް ވަނީ ތިކަމަށް ޓުވިޓާރގައި ވ ބުރަކޮށް ހަރަކާތްތެރިވެފަ. އަޒްހަރުން ތައުލީމް ލިބިފައިވީމާ ދީނީ އޭންގްލް ޖަސްޓިފައި ކޮށްދެވޭނެ. ފިކުރު އަލްމާނީކަން ޓިވީޓުން އެނގޭނެ އަދީ މަޖްލިސް ރުހުން ލިބޭނެ. އެންމެ ގާތީ ހުސެން ޝަމީމް އަށް ފެހި ކޯޓަކާ
ބަޝީމާ
29 November 2019
ޝަމީމް އަޅެ ހުށައަޅާތި...
އޭޑީ
28 November 2019
ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ޔާމީނުގެ މައްސަލާގައި ވަކާލާތުކުރައްވާ ސީނިއަރ ޕްރޮސެކިއުޓަރ އުސްތާޒާ އައިޝަތު މުޙައްމަދު އައްޔަން ކުރުމަށް ގޮވާލަން. އެކަމަނާއަކީ ގާނޫނު ހިތުދަސް، އެހާމެ ދޫ ފަރިތަ، ތަޖުރިބާކާރު ކަނބަލެއް. އެކަމަނާއަށް މި މަގާމު ހައްގު ކަމުގައި އަޅުގަނޑު ދެކެން. ނޫނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރީގެ އުއްތަމަފަނޑިޔާރު ފާއިޒުވެސް ގޯހެއްނުވާނެ!
އިބްރާ
29 November 2019
އުސްތާޒާ އެހެރީ ފާސްވެފަ. އެމްޑީޕީގެ ރިޔާސީ ވައުދެއް ފުއްދުމަށްޓަކައި މައްސަލައެއް އުފައްދައިގެން ފްރޭމްކޮށްގެން ރ ޔާމީނު ޖަލައްލައިފަ.