30 ނޮވެމްބަރ 2019 - 07:51
ޗައިނާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުން ލާއިންސާނީ އަމަލުތައް ހިންގާއިރު އެއްވެސް ބަޔަކު އެ ވާހަކަ ނުދައްކާތީ، އެ ގައުމުގެ ސޯޝަލް އެޕް ޓިކްޓޮކްގައި އެމެރިކާ އަންހެން ކުއްޖަކު ޕޯސްޓްކުރި ވީޑިއޯތަކަކާ ގުޅިގެން އެ ޕްލެޓްފޯމް އޭނާ އަށް ބޭނުން ނުކުރެވޭ ގޮތަށް ހެދުމުން އަމާޒުވި ފާޑުކިޔުންތަކާ ހެދި މާފަށް އެދިއްޖެ އެވެ.
ޓިކްޓޮކް ހިންގާ ޗައިނާގެ ބައިޓްޑާންސުން ބުނީ އެ ކުންފުންޏަށް އަމާޒުވާ ގޮތަށް ތުހުމަތުތައް ކުރި ފިރޯޒާ އަޒީޒް، 17، ގެ ޓިކްޓޮކް އެކައުންޓް ކުރިއެކޭ އެއްގޮތަށް އިޔާދަކޮށްފައިވާ ކަމަށެވެ. އަދި އެ އެކައުންޓުން އަޕްލޯޑްކުރި ވީޑިއޯތައް ނަގައި، އެ ކައުންޓް ބްލޮކްކުރެވުނީ "ހިއުމަން އެރާއަކުން" ކަމަށް ބުންޏެވެ.
ޓިކްޓޮކުން ބުނީ އެ ވީޑިއޯތަކުގައި ހުރީ ޓިކްޓޮކްގެ އުސޫލުތަކާ ހިލާފު ވާހަކަތަކެއް ކަމަށާއި އެކަން އޮންނާނީ އަދިވެސް އެ ގޮތުގައި ކަމަށެވެ.
UPDATE: tik tok has issued a public apology and gave me my account back. Do I believe they took it away because of a unrelated satirical video that was deleted on a previous deleted account of mine? Right after I finished posting a 3 part video about the Uyghurs? No. pic.twitter.com/ehUpSJiyy1
— feroza.x (@x_feroza) November 27, 2019
މިކަމާ ބެހޭ ގޮތުން ޓިކްޓޮކްގެ އެމެރިކާގެ ސޭފްޓީ ހެޑް އެރިކް ހޭން ވިދާޅުވީ ފީޒޯޒާގެ ވީޑިއޯތަކަކީ ވަކި މަގުސަދެއްގައި އަޕްލޯޑް ކުރި ވީޑިއޯތަކެއް ކަމަށާއި ވީޑިއޯތަކުގައި އުސާމާ ބިން ލާދިންގެ ސޫރަ ވެސް ހިމެނޭ ކަމަށެވެ. އެހެންވެ އެކަމަކީ ގަބޫލުކުރެވޭނެ ކަމަކަށް ނުވާތީ ޓިކްޓޮކުން ވެސް އެ އެޕްގެ އުސޫލުތައް ދަމަހައްޓާނެ ކަމަށް ވިދާޅުވި އެވެ.
ފީރޯޒާ އާންމުކުރި ވީޑިއޯތަކުގައި ޗައިނާ ވިގޫރް މުސްލިމުން ނައްތާލަން، ޔަހޫދީންނާ ދެކޮޅަށް ޖަރުމަންގެ އެޑޯލްފް ހިޓްލަރު ހިންގި ފަދަ ކޮންސެންޓްރެޝޭންތައް ކޭމްޕްތައް ޗައިނާ އިން ހިންގައި އިތުރު ހޮލޮކޯސްޓެއް ކުރިއަށް ގެންދާ ކަމަށް ބުނެފައިވެ އެވެ.
GUYS NO JOKE THIS TUTORIAL HELPED ME SO MUCH PLEASE WATCH IT pic.twitter.com/BuITSebOu6
— saltys backup (@soIardan) November 24, 2019
ވީޑިއޯތަކުގައި ފިރޯޒާ ވަނީ މައުސޫމު މުސްލިމުންނާ ދެކޮޅަށް ޗައިނާ އިން ހިންގާ ލާއިންސާނީ އަމަލުތަކަށް ހޭލައި، އެކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ވެސް ގޮވާލައިފަ އެވެ.
މިކަމާ ގުޅިގެން ޓިކްޓޮކުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ފިރޯޒާގެ އެކައުންޓް ބްލޮކްކުރުމަށް ފަހު، އޭނާގެ ފޯނުން ޓިކްޓޮކްގެ އިތުރު އެކައުންޓެއް ނުހެދޭ ގޮތް މިދިޔަ އަންގާރަ ދުވަހު ހަދައިފަ އެވެ.
މި މައްސަލާގައި ޓިކްޓޮކުން މާގަށް އެދި އެކައުންޓް އިޔާދަކޮށްދިން ނަމަވެސް ފީރޯޒާ ޓްވިޓާގައި ވަނީ މާފު ގަބޫނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި ޓިކްޓޮކުން މިކަމާ ގުޅުގެން ދެއްކި "ބަހަނާތައް" ވެސް ގަބޫލުނުކުރާ ކަމަށް ބުންޏެވެ.
އޭނާ ބީބީސީ އަށް ބުނީ އަދިވެސް ޓިކްޓޮކްގައި ޗައިނާގެ ޖަރީމާތަކުގެ ވާހަކަ ދައްކާނެ ކަމަށާއި އެކަމާ ބިރުން ނޫޅޭ ކަމަށެވެ.
"ޓްވިޓާ އާއި އިންސްޓަގްރާމްގައި ވެސް އަހަރެން މި ވާހަކަތައް ދެއްކުން ހުއްޓައެއްނުލާނަން،" ފީރޯޒާ ބުންޏެވެ. "އަހަރެން ނޫޅެން ޓިކްޓޮކް ދެކެ ބިރުންނެއް."
ފީރޯޒާ ތުހުމަތުކުރި މުސްލިމުންނާ ދެކޮޅަށް ހިންގާ ކޮންސެންޓްރޭޝަން ކޭމްޕްތަކާ ބެހޭ ގޮތުން ޗައިނާގެ ސަރުކާރުން ބުނީ އެއީ އަމިއްލަ އަށް އެދިގެން ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ތައުލީމާއި ތަމްރީނުގެ ހަރަކާތްތަކެއް ކަމަށެވެ. އަދި ލާއިންސާނީ އަމަލުތަކެއް ހިންގާ ކަމަށް ބުނާ ވާހަކަތަކުގައީ އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުންޏެވެ.
މިކަން ހިނގާފައި ވަނީ ޓިކްޓޮކަކީ ޗައިނާގެ ސަރުކާރު ހިންގާ ކޮމިއުނިސްޓް ޕާޓީން ވާގިވެރިވާ އެޕެއް ކަމަށް އެމެރިކާ އިން ދާދި ފަހުން ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ. އެކަމަކު ބައިޓްޑާންސުން ބުނެފައި ވަނީ އެ އެޕަކީ މިނިވަން މުސްތަގިއްލު އެއްޗެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy