ފަނޑިޔާރު ރައޫފް: ޖޭއެސްސީގެ މެމްބަރުކަމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފައި -- ފޮޓޯ/މިހާރު
01 ޑިސެމްބަރ 2019 - 14:05
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް އެ ކޮމިޝަންގެ މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރު ކަމަށް ފަނޑިޔާރު ރައޫފް އައްޔަން ކުރެއްވީ މެއި، 2017 ގަ އެވެ.
ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އޭނާ އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ހަފުތާގައި އެދިވަޑައިގެންފަ އެވެ.
ރައޫފް ޖޭއެސްސީން އިސްތިއުފާ ދެއްވުމާ އެކު، ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަގާމަށް 30 ދުވަސް ތެރޭގައި އެ ކޮމިޝަނަށް ބޭފުޅަކު އިންތިޚާބުކުރަން ޖެހޭނެ އެވެ. ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު 11 ބޭފުޅަކު އެބަ ތިއްބެވި އެވެ.
ފަނޑިޔާރު ރައޫފްގެ އިތުރުން އުއްތަމަ ފަނޑިޔާރަކަށް ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއް ސުއޫދު އައްޔަން ކުރުމާ މެދު ވެސް ޖޭއެސްސީގެ ލަފައަކަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާނާ
02 December 2019
ރައޫފުވެސް ފޫ ކަހާފަ އިސްތިޢުފާ ދިނީ ސްޕްރީމް ކޯޓަށް އައްޔަން ކުރަން ޖޭއެސްސީ ރައުފަށް އޯކޭ ނުދިނީމަ ކަމަށް ބެލެވެނީ!
ކަޅޭ
01 December 2019
ގައުމު ދަނީ ނުބައި މިސްރާބަކާ ދިމާލައް
އަސްތާ
01 December 2019
ޔާމިންގެ ޕަޕެޓުން މިސަރުކާރުން އެޕޮއިންޓްކުރަން ނިންމުމަކީ ހާދަ މަޖާ ކަމެކޭ ހެހެހެ
ހުކި
01 December 2019
މުނާފިގު ސަރުކާރު.
އުމަރުބެ
01 December 2019
އެކައްޗެއް މިވަނީ، ޖޭއެސްސީގައި ހުރެފައި ސްޕްރިއަމް ކޯޓުގެ ފަނޑިޔާރުން ބޭރުކުރަން ވޯޓްދީފައި ދެން މިދަނީ ސްޕްރިއަމް ކޯޓަށް، މިއަށްކިޔާ އުޅެނީ ކެންގަރޫ ކޯޓްސް އަދި ކެންގަރޫ ޖުޑިޝަލް ސިސްޓަމް، ރައީސް އަށް ހަމަ ނުލިބުނީތޯ އެހެން ފަނޑިޔާރެއް، ހަދިޔާއެއްގެ ގޮތުގައި ނުޖެހޭ ސްޕްރިއަމް ކޯޓުގެ ބެންޗަށްލާކަށެއް،
ފތއސ
01 December 2019
މިސަރުކާރު ދެމިއޮތްހާ ހިނދަކު އިސްލާމީޝަރީޢަތެއް ހިންގޭނެ ކަމަކަށް އެއްވެސް ފަނޑިޔާރަކު އުއްމީދު ކުރުމަކީ ފޫނެތްފާއްޔަކަށް ފެންފުރުން ކަހަލަކަމެއް.