ލައިފްސްޓައިލް

ދަރިއަކު ހުރީތީ މިސް ވޯލްޑުން ބޭރުކޮށްލުމުން ދައުވާކުރަނީ

07 ޑިސެމްބަރ 2019 - 07:43

މި އަހަރުގެ މިސް ވޯލްޑް މުބާރާތް ބާއްވަން ތައްޔާރުވަމުން އަންނަނިކޮށް، އެ މުބާރާތް އިންތިޒާމުކުރާ ފަރާތަށް ޔުކްރޭނުގެ ރީތީގެ ރާނީ ދައުވާކުރަން ނިންމައިފި އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު މިސް ޔުކްރޭކްގެ ތާޖް ހާސިލުކުރި ވެރޯނިކާ ޑިޑްސެންކޯ، 24، އަކީ މައެއްކަން އެނގުމުން މިސް ވޯލްޑް މުބާރާތުން ވަނީ އޭނާގެ މިސް ޔުކްރޭނުގެ ތާޖު އަތުލައި، 69 ވަނަ މިސް ވޯލްޑް މުބާރާތުން ޑިސްކޮލިފައިކޮށްފަ އެވެ. ވެރޯނިކާ އަކީ ފަސް އަހަރުގެ ދަރިއެއް ހުރި މީހެކެވެ.

ޖުލައި 1، 1951 ގައި ތައާރަފުކުރި މިސް ވޯލްޑް މުބާރާތުގެ ގަވައިދު ބުނާ ގޮތުން ކައިވެނިކޮށްގެން އުޅޭ މީހުންނާއި ދަރިން ތިބި އަންހެނުންނަކަށް އެ މުބާރާތުގައި ވާދައެއްނުކުރެވޭނެ އެވެ.

މި މައްސަލާގައި ހިތްހަމަނުޖެހުން ފާޅުކޮށް ވެރޯނިކާ ބުނީ އޭނާ މިސް ވޯލްޑް މުބާރާތުގެ ފޯމް ފުރީ ގަވައިދުގައި އެގޮތަށް ބަޔާންކޮށްފައި އޮތަސް، ކޮލިފައިވާނެ ކަމުގެ ޔަގީންކަން މުބާރާތް އިންތިޒާމުކުރާ ފަރާތުން ދިނުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު އޭނާ މުބާރާތުން ބޭރުކޮށްލުމުން އެކަން ސިފަކޮށްފައި ވަނީ ގަދަރުކުޑަކޮށްލައި، ލަދުގަންނުވާލުމެއްގެ ގޮތުގަ އެވެ.

"މިއީ އަންހެނުން ބާރުވެރިކުރުވުމަށް ގޮވާލާ ޒަމާނެއްގައި ބަލައިގަނެވޭނެ ކަހަލަ ކަމެއް ނޫން. އަދި މިއީ ހަމައެކަނި އަހަރެންގެ ވާހަކައެއް ވެސް ނޫން. މިއީ އެތައް އަންހެނުންގެ ވާހަކަ،" ވެރޯނިކާ ބުންޏެވެ. "މަޔަކަށްވުމަކީ ހައްގެއް ފޭރިގަންނަން ޖެހޭ ސަބަބެއް ނޫން. އަދި މަޔަކަށްވުމަކީ މިސް ވޯލްޑް މުބާރާތުގައި އަހަރެންގެ ގައުމު ތަމްސީލުކޮށް، ޕްރޮފެޝަނަލް ކާމިޔާބު މޮޑެލްއަކަށްވާން އޮތް ހުރަހެއް ވެސް ނޫން."

View this post on Instagram

Dear friends, I am happy to share the exciting news with you. Today #righttobeamother has made a huge leap forward. I have launched a legal challenge against @MissWorld and this marks the new phase in our joint fight for justice. ⠀ I am proud to be represented by Ravi Naik, Human Rights Lawyer of the Year 2018, and Leading Counsel Marie Demitriou QC. Ravi represents clients in some of the world’s most high profile cases. This includes the first case against #CambridgeAnalytica for political profiling and claims against Facebook for their data practices. Marie Demitriou was a barrister on the legal team acting for South African athlete Caster Semenya who was subjected to sex testing following her victory at the 2009 World Championships. ⠀ We say that under the #EqualityAct 2010 the entry policy operated by #MissWorld is discriminatory on various grounds, namely marital status, and pregnancy and maternity. The Equality Act protects against discrimination based on certain characteristics, including marriage, maternity and sex. The reason I was not allowed to compete in Miss World after winning the title #MissUkraine is because I had been married and have a child. Denying me the chance of competing on those bases breaches those protections against discrimination. ⠀ I don’t want the crown back. I want to get the rules changed for wider society. These rules are a systemic, widespread and international policy that results in discrimination on large scale across many countries. ⠀ This year the 69th Miss World Final returns to London on 14 December 2019. We believe it is the right moment for @MissWorld to introduce the change. ⠀ I am really glad to see that our story has resonated with the UK national media such as @dailymail, @telegraph, @thesun, @skynews, @thetimes, @bbcnews, @bbcnewsbeat, @dailymirror🌍 ⠀ Photo credit: David McHugh/Brighton Pictures

A post shared by Veronika Didusenko (@veronika_didusenko) on

އޭނާ ބުނިގޮތުގައި މަޔަކަށްވީތީ، ޒުވާން އަންހެނަކަށް މިސް ވޯލްޑް މުބާރާތުގައި ވާދަނުކުރެވޭނެ ކަމަށް ނިންމުމަކީ ތާކުންތާކުން ނުޖެހޭ އަދި މި ޒަމާނަށް ނުފެތޭ ބޯދާ ނިންމުމެކެވެ.

މިސް ވޯލްޑް އޮގަނައިޒޭޝަންގެ ސިއީއޯ ޖޫލިއާ މޯލީ ވިދާޅުވި ގޮތުގައި މިސް ވޯލްޑް މުބާރާތަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވާދަކުރާ މުބާރާތަކަށްވާތީ ހުރިހާ އެންމެންނަށް ވެސް އެއްބަސްވެވޭ އުސޫލެއް އޮތުމަކީ މުހިއްމު ކަމެކެވެ. އަދި މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ އާދަކާދަތަކާއި ސަގާފަތް ވެސް ތަފާތުވުމަކީ އެންމެންނަށް ވެސް އެއްބަސްވެވޭ ވަކި އުސޫލެއް މުބާރާތުގައި ވާދަކުރުމާ ގުޅޭ ގޮތުން އޮތުން ކަމަށް ވިދާޅުވި އެވެ.

ޖޫލިއާގެ ފިރިމިހާ އަދި 2000 ވަނަ އަހަރު މަރުވެފައިވާ އެރިކް މޯލީ ވުޖޫދަށް ގެނައި މިސް ވޯލްޑްގެ މި އަހަރުގެ މުބާރާތުގެ ރަސްމީ ހަފުލާ އޮންނާމީ މި މަހުގެ 14 ވަނަ ދުވަހު ލަންޑަނުގެ އެކްސެލް ލަންޑަނުގަ އެވެ.

0 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 28%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454