ވިޔަފާރި / މާލެ ސިޓީ ކައުންސިލް

މާރުކޭޓު ހުޅުވޭނެ ދުވަހެއް ނޭނގޭ: ސިޓީ ކައުންސިލް

މާލެސިޓީ ޑެޕިއުޓީ މޭޔަރު: ހުޅުވޭނެ ދުވަހެއް އެގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި-- ފޮޓޯ: ނިޝާން އަލީ މިހާރު

އެއް މަސް ދުވަހުގެތެރޭގައި ހުޅުވާނެ ކަމަށް ބުނެ ބަންދުކުރި ދަތުރުވެރިންގެ މާރުކޭޓު ހުޅުވޭނެ ތާރީހެއް އަދިވެސް ނޭނގޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެމްބަރުން މާލޭ ސިޓި ކައުންސިލްގެ މެމްބަރުންނާ ތަކުރާރުކޮށް މިއަދު ސުވާލު ކުރުމުން ވެސް ކައުންސިލް މެމްބަރުންގެ ފަރާތުން ދެއްވީ އެއް ޖަވާބެކެވެ. އެއީ ގެންނަން ޖެހޭ ބަދަލުތަކުގެ ސަބަބުން މާރުކޭޓު ހުޅުވޭނެ ދުވަހެއް އެ ކައުންސިލަށް ނޭނގޭ ކަމަށެވެ.

ކައުންސިލް މެމްބަރު އަހުމަދު ނިޔާޒު ވިދާޅުވީ ކައުންސިލުން އެކުލަވާލި އުސޫލަށް ބަދަލު ގެނެސް މާރުކޭޓުގައި ހަދާނެ ގޮޅިތަކުގެ އަދަދު ކަނޑައަޅަން ތިން މަސް ދުވަސް ބޭކާރުވެއްޖެ ކަމަށެވެ. އަދި މިހާރު ގެންނަން އުޅޭ ބަދަލުތަކާ އެކު ކައިރި މުސްތަގުބަލެއްގައި އެތަން ނިންމާ ހުޅުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހިޔެއް ނުވޭ އެއްވެސް ކައުންސިލަރަކަށް ހުޅުވޭނެ ދުވަހަކާ ގުޅެގޮތުން ސާފު ޖަވާބެއް ދެވޭނެހެން. މިހާރު މިދެކެވެނީ ތިން ބުރީގެ މާރުކޭޓެއް ހުޅުވާ ވާހަކަ. ހަދަންޏާ ހަމަސް ހަތްމަސް ނަގާނެ ހަމަ ގައިމު ވެސް. މި ހުރިހާ ކަމެއްވެސް މިވަނީ އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަ ކަމެއް ނެތީމަ،" ނިޔާޒު ވިދާޅުވި އެވެ.

ކައުންސިލަރުންގެ ވާހަކަތަކުން އެނގުނު ގޮތުގައި މިހާރު އަންނަނީ މާރުކޭޓުގެ ޑިޒައިން ބަދަލުކޮށް އެތަން ތިން ބުރީގެ އިމާރާތަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއީ ވަގުތީތަނަކަށް ކުރަން ޖެހޭ ހަރަދެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބައެއް ކައުންސިލް މެމްބަރުން ބުނެ އެވެ.

ކައުންސިލް މެމްބަރު އަހުމަދު ނިޔާޒު: މާރުކޭޓު އަވަހަކަށް ނުހުޅުވޭނެ ކަމަށް ވިދާޅުވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކައުންސިލް މެމްބަރު މުހައްމަދު ފަޒީން ވިދާޅުވީ އެ ބޭފުޅުންގެ ކޮމިޓީން ހެދި ޕްލޭނަކީ ރަނގަޅު ޕްލޭނެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވާއިރު އެތަނަށް އިތުރު ބަދަލުތައް ގެނައުމުގެ ބޭނުމެއް ނެތް ކަމަށެވެ. ގޮޅިތައް އިތުރު ކުރަން ބޭނުންވާ ނަމަ އެކަންވެސް ފަސޭހަ ކަމާއެކު ކުރެވޭ ގޮތް އެ ޕްލޭނުގައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒީން ވިދާޅުވީ މޭޔަރު ޝިފާ މުހައްމަދު ގެންގުޅުއްވާ ޕްލޭނަކީ ހިޔާލީ ޕްލޭނެއް ކަމަށާއި އެއަށް ފަންޑު ހޯދައި އެތަން ނިންމަން ގިނަ ދުވަސްތައް ނަގާނެ ކަމަށެވެ. އަދި ރަނގަޅު ގޮތަކީ ކައުންސިލްގެ ކޮމިޓީން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ގޮޅިތައް ހަދައި ވީހާ ވެސް އަވަހަށް ހިދުމަތް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެގެންގުޅެނީ ހިޔާލީ ކުރެހުމެއް. މިހާރުވެސް ކުރީ ޕްލޭނާ އެއްގޮތަށް ކަންތައް ކޮށްފިއްޔާ މާރުކޭޓު އޮންނާނީ ނިމިފައި. އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަށް އެތަން ހުޅުވަން. މިކަމުގައި ހުރިހާ އެއްބާރުލުމެއް އަޅުގަނޑުގެ ފަަރާތުން ލިބޭނެ،" ފަޒީން ވިދާޅުވި އެވެ.

މާރުކޭޓުގެ ގޮޅިތަކާ ގުޅިގެން ކައުންސިލަރުންގެ މެދުގައި ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ. މި ދެބަސްވުންތަކާހުރެ މާރުކޭޓު ހުޅުވުން ގަސްދުގައި ލަސްކުރަނީ ކަމަށް ބެލެވޭ ކަމަށް ކައުންސިލް މެމްބަރު ނިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކައުންސިލްގެ މެޖޯރިޓީ މެމްބަރުންގެ ނިންމުމަށް މޭޔަރު އަމަލު ނުކުރައްވާ ކަމަށެވެ. މިއަދުގެ ބައްދަލުވުމަށް މޭޔަރު ވަޑައިނުގަންނަވަ އެވެ.

މި ވާހަކަތަކާ ގުޅޭގޮތުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ މާރުކޭޓު ހުޅުވޭނެ ސީދާ ދުވަހެއް ބުނަން ނޭނގުނު ނަމަވެސް ގޮޅިތައް ލިބޭ މީހުން ހޮވާ ނިމޭއިރަށް އެތަން ހުޅުވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ގޮޅިތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހު ހަމަވާއިރު މީހުން ހޮވުމުގެ ކަންތައް ކުރިއަށްދާނީ އޭގެ ފަހުންނެވެ.

30 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 12%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަންކާ

05 December 2019

ކުރީ ޒަމާނުގަހެން އެ ތަކެތި އަތްގާޑިޔާ ހިފައިގެން ނިކުމެ ވިއްކާ ގޮތަށް ހަމަޖައްސަންވީނޫންތޯ. ނޫނީ ގޭގަ ތިއްބާ ތިޔަ ތަކެތި ޑެލިވަރވާނެ ގޮތެއް ދެން ހަމަޖައްސަދޭންވީނޫންތޯ. ތަސައްރަފު ނުފުދޭ ކައުންސިލަރުން ހޮވާފަ ތިބީމަ ތިޔަ ބައެއްގެ ތެރޭ އަރާރުން ހިނގާހާ ދުވަހު އެހެން މީހުންނަށް ތިކަމުންވާ ގެއްލުން ފެނުން އެއީ ކައުންސިލް ފެއިލްވެފައި އޮތްކަން މާ ރީތިކޮށް ދައްކައިދޭކަމެއް.

The name is already taken The name is available. Register?

ހުސެން...

05 December 2019

މީ ދެން ބޮޑުވަރު....ކައުންސެލަރުންނާ މޭޔަރާ ދެމަގުން ދާންވީމަ ކުރެވޭނެ ކަމެއްނޯންނާނެ...ސަރުކާރުގެ ކޮންމެވެސް އިދާރާއަކުން މިކަމާ ހަވާލުވާންޖެހޭއެބަ...ޕްލޭނިންގ އަދި ހައުސިންގ މިނިސްޓްރީ އެއްވެގެން ނަމަވެސް މިތަން ހުންނަން ވީ ގޮތަކާ ތަނަކާ ކަޑައަޅުމަށްފަހު ފިނޭންސް މިނިސްޓްރީން ބިޑް ކޮއްގެން މިކަންކުރަންވީނު...ވިސްނާލާ މާލޭ ސިޓީ ކައުންސިލަރުންނަށް މިވަރުކަމެއް ނުކުރެވިގެން އުޅޭ އިރު ބަޖެޓް ވަކިކޮށް ހުރިހާ ކައުންސިލް ތަކަށްދިނީމަ ކަމެއްކުރެވޭނެބާ

The name is already taken The name is available. Register?

ޑިމޮކްރަސީ

05 December 2019

މާލޭ ސިޓީ ކައުންސިލް އުވާލާކަށް ނުވޭތަ ކޮންކަމެއްކުރާތަނެއްތީ ރަގަޅުމަގެއްއޮތީކީ ނޫން ވާރޭ ކޮޅެއްވެހިލައި ފިއްޔާ މުޅި މާލެ ފެންބޮޑުވޭ މަގުތަކުގެވާހކަ ދައްކާކޮޅުންލާކަށް ނެތް، ދުއްވާ އެއްޗެއްސައް ހެސްކިޔާފަ ލާރި ނަގާއިރު އެދުއްވާ އެއްޗެހި ދުއްވަން ހުންނަ މަގުތައް ރަގަޅު ފެންވަރކަށް ހެދެންޖެހޭނެ ލާރި ނެތޭ މީހުންނެއްނެތޭ ކިޔާފަ ތިހެން ދެއަތް އުރާލައިގެން ތިބީމަ ނިމިދިޔަ ސަރުކާރުގަވެސް ތި ކައުންސިލް އަކީ ބޭކާރު ބަޔަކަށް ވީ ހުސް އަގަތަޅާތީ

The name is already taken The name is available. Register?

Shavan Shahid

05 December 2019

ނޭނގޭ މީހުން ތިބެނީ ގޭގައި ގެއަށް ވަޑައިގަންނަވަންވީނު؟

The name is already taken The name is available. Register?

އަލީމްބެ

05 December 2019

މާލޭގޯތިތައް ގަވާއިދާ ޚިލާފަށް މާރުކޭޓް ހެދުމަށްފަހު ގޮޅިއެއް 10000 ހަށް ބަންގލަދޭޝް މީހުންނަށް ވިއްކައިގެން އެހިންގާ ވިޔަފާރިއަކީ ދައުލަތުގެ އެއްވެސް މުއައްސަސާއަކާ ބެހޭކަމެއްނޫން. އިކޮނޮމިކް މިނިސްޓަރު އެބަޖެހޭ މިކަމަށް ހައްލެއް ގެންނަން.

The name is already taken The name is available. Register?

ކައުންސިލަރ

05 December 2019

ޔާމީނު ދިމާލަށް އެއްޗެހި ކިޔާ އަދިވެސް. އެނޫން ކަމެއް ކުރަން އިނގޭ ބައެއް ނޫން ތީ. އެމްޑީޕީ މީހެކޭ ބުނަން ލަދު ގަންނަ ހިސާބަށް ގޮއްސި މިހާރު. އިސްތިއުފާ ދީފަ ގެއަށް ދޭ.

The name is already taken The name is available. Register?

ދީމާހު

05 December 2019

މާލޭގައި އޮންނަންވީ މުނިސިޕަލް ކައުންސިލް އެއް. ހޯމް މިނިސްޓްރީ ދަށުގައި. ސިޓީ ކައުންސިލް ހަދައިގެން ދައުލަތުގެ ފައިސާ ރައްޔިތުން އަތުން ޓެކްސް ނަގައިގެން ލިބޭ ފައިސާ ބޭކާރުވެ އިސްރާފުވަނީ. ކުރާ ކަމެއް ހަރާމް. އެނގޭ ކަމެއް ހަރާމް

The name is already taken The name is available. Register?

ހޮޓްކިންގ

05 December 2019

ބުނާތީ އިވޭ ފޯމްލާން އިޢުލާން ކުރީވެސް މާރުކޭޓުން ގޮޅިދޭންވާ މީހުން ހޮވާ ނިންމާފައޭ. އެކަމަށް ކޮންމެ ގޮޅިއަކަށް 50000 ރިފިޔާ ދިންފަރާތްތަކަށް ގޮޅި ކަށަވަރު ވީވާހަކަ. މީ ތޯތޯވާހަކައެއްކަމަށް ނުވިސްނަވާތި.

The name is already taken The name is available. Register?

ސުންގޮބޮޅި

05 December 2019

ޓީވީ ތަކަށް އަރާ ބައިސާކަޑަން ނުތިބެ ތަމެން ނުކުމެބަލަ މަގުމަތީ ކާނުތައް ސާފުކުރަން. ފެން ނުހިދިގެން ޗަކައޭ ހެދެނީ. ހެޔޮނުވާނެ ކާނުތައް ސާފުކޮށްދީ ޕްލީސް.

The name is already taken The name is available. Register?

ރަންރީދޫ ޓުވިޓަރޭ

05 December 2019

ނާތެދެއް.މާލޭ ރައްޔިތުން ނައް ދުއްޕާންކުރަން ނަހަދާތި.ކުރިމަތީގަ އިންތިހާބެއް އެބައޮތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454