ހުޅުމާލޭގައި ދެ ޓެކްސީއެއް މަޑުކޮށްލައިގެން: ގާސިމް މަރާލުން ޑްރައިވަރުންގެ ޖަމިއްޔާ އިން ވަނީ ކުށްވެރިކޮށްފައި. --ފޮޓޯ/މިހާރު
05 ޑިސެމްބަރ 2019 - 19:02
ހުޅުމާލޭގެ ރީތިގަސްމަގުގައި އދ. މާމިގިލީ ގާސިމް ހަސަން 59، ރޭ މަރާލި މީހުން ހޯދައި އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ މަރުގެ އަދަބު ދިނުމަށް ކަމާބެހޭ އިދާރާތަކަށް ދިވެހި ޑްރައިވަރުންގެ ޖަމިއްޔާ އިން މިއަދު ގޮވާލައިފި އެވެ.
ޓެކްސީ ކުރަން އުޅޭ ގާސިމްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުން އެ ޖަމިއްޔާ އިން ވަނީ ކުށްވެރިކޮށްފަ އެވެ. ގާސިމާ މެދު ލާއިންސާނީ އަނިޔާވެރި އަމަލު ހިންގި މީހުން ހޯދަން ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
ގާސިމްގެ މަރާލި މީހުން ހޯދަން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.
ގާސިމް މަރުވެފައި އޮއްވައި މަގުމަތިން ފެނުނުއިރު އޮތީ ލޭ ކޯރެއް ދެމިފަ އެވެ. މާލެ އިން ހުޅުމާލެ އަށް އޭނާ ދަތުރުކުރި ޓެކްސީ ވެސް އެ ސަރަހައްދުގައި އޮތެވެ. ޓެކްސީ ތެރޭގައި ވެސް ލޭ ހުރުމުން، އެއް ބަޔަކު ލަފާކުރަނީ ފުރަތަމަ ހަމަލާދޭން ފެށީ އޭގެ ތެރޭގައި ކަަމަށެވެ. އޭނާ ބަންޑުން ބިންމައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ އޭގެ ފަހުންނެވެ.
އާމްދަނީ ހޯދަން ޓެކްސީ ދުއްވާތާ 15 ވަރަކަށް އަހަރުވެފައިވާ ގާސިމަށް ހަމަލާދީ މަރާލަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާގެ ރަހުމަތްތެރިން ބުނެ އެވެ. އާދައިގެ ދިރިއުޅުމެއް އުޅޭ ގާސިމަކީ އެއްވެސް ބަޔަކާ މެދު ހިތްހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަން އޮންނަ މީހެއް ނޫން ކަމަށް ވެސް އޭނާގެ ގާތް މީހުން ބުނެ އެވެ.
ހުޅުމާލެ އަށް ރޭ ދިޔައީ، އާދައިގެ މަތިން ރަހުމަތްތެރިންނާ އެކު ސައި ހޮޓަލުން ބައްދަލުވުމަށް ފަހު ކަމަށް ވެ އެވެ. އެކުވެރިން ގަބޫލުކުރަނީ ގާސިމަށް ހަމަލާދީ މަރާލީ ފޭރުމުގެ ބޭނުމުގައި ކަމަށް ވެދާނެ ކަމަށެވެ.
އެ ނޫން ސަބަބެއް އޮވެދާނެ ކަމަކަށް އޭނާ ދަންނަ މީހުން ގަބޫލެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާނަ
08 December 2019
ތިޔަފަދަ ތަހުގީގުތަކައް މިރާއްޖޭގަހުރީ ހަމައެކަނި ސޫދު އޭނާ އިސްތިފާދިފަ އެދިއައީ އުއްތަމަ ފަނޑިއާރުކަން ލިބޭނެ ދުވަހެއްގެ އިންތިޒާރައް ސުޕްރީމް ސޯޓައް
އަޖާއިބް
06 December 2019
އެކުދިންނަށް މަރުގެ އަދަބެއްނޫން ދޭނީ. ފުޓްސެލް ދަނޑެއް.
އަލީ ރަޝީދު
06 December 2019
ނިކަން އިންޑިއާގެ ހައިދަރުއާބާދު ފުލުހުން ހެދިގޮތް ދަސްކޮށްބަލަ. އިހަށްދުވަހު ރޭޕްކޮށް މަރާލާ އަންދާލި ވިކްޓިމްގެ 4 ޤާތިލުން ގަޔަށް ބަޑިޖަހާ މިއަދު ހެނދުނު މަރާލައިފި. ކޮމިޝަނަރު ބުނީ 4 މީހުން ހައްޔަރުގާހުއްޓާ ހަތިޔާރު އަތުލާ ފުލުހުންނަށް ހަމަލާދޭން އުޅުނިއްޔޯ. މިގޮތުން ފުލުހުން ރައްދުދިނުމުގެ ތެރޭގަ 4 މީހުންގަޔަށް ބަޑީގެ ވަޒަން އަރާ މަރުވިއްޔޯ. ދެން ކޮންމެ ގޮތެއްވިއަސް މި 4 މީހުންނަށް ދައުލަތުން ކާންދީ 5-10 އަހަރު ކޯޓަށް ދެމުމަށްވުރެ އަވަސްދޯ
ނާޒްލީ އަހްމަދު
06 December 2019
އަނގަ ތަން މިނައް ހުޅުވާފަ މަރާށޭ ގޮވާނެ ކަމެއްނެއް. ޝަރީއާ އޭ ގޮވާނިކަމެއް ނެތް. މަރާކައް ނުކެރޭނެ. ހުކުން ކުރާކައް ނުކެރޭނެ. އެމީހުން ވެސް ނުހޯދޭނެ. އަދި ފުލުހުންގެ އެ ކުޅަދާނަ ކަމެއްވެސް ނެތް. ޝަރީއާ އޭ ކިޔާނެ ކަމެއްނެތް. ސަހަރޯ އޭ ގޮވާ! ސަހަރޯ!
ގާސިމް
06 December 2019
އެމްޑިޕީ މީހުންނަށް ނުކެރުނު ދޯ މިކަމާ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ވައްދާކަށް. ޤާސިމްބެއަކީ ލާދީނީ މީހަކަށް ނުވާތީ އެބޭބެއަށް އިންސާފު ހޯދަދޭކަށް މިބައިގަނޑު ނޫޅޭނެ.
ބަލަ
06 December 2019
ތިޔަ މަރުގެ އަދަބު ތަންފީޒުކުރަން އުމަރު ކުރި މަސައްކަތް ވަނީ ނުވެފައި. އެކަން އެދުވަހު ފެށުނު ނަމަ މިޔަދާއި ހަމައަށް ތިޔަ މަރުވި މީހުން ދުނިޔޭގައި ތިބީހެވެ. އެކަން ކުރާމީހުންނަަށް އެންގޭ އެއްދޮރުން ވައްދާފައި އަނެއްދޮރުން ދޫކޮށްލާނެކަން. އެހެންވީމާ އެމީހުންނަކަށް މާ ބޮޑުކަމަކަށް ނުވޭ މީހެއްގެ ފުރާނަ ދުއްވާލާކަށް. އެއީ މެޓަލެއް ކެއުންފަދަކަމަކަށް މިހާރު މިވަމުންދަނީ. އަހަރެން ބުނާނީ އުަމަރު ކުއްތާވެސް ގެނައީ ދިވެހިްންގެ ސަލާމަތަށް.
ިއިބްރާ
06 December 2019
އުމަރު އެކަން ކޮށްފާނެތީވެ ލާދީނީން ހާދަ ފޯރިއެއް ދެއްކޮޔޭ
މާޔޫސް
06 December 2019
ގާތިލުން ހޯދާފަ ކުށް ސާބިތު ނުވެ ދުވަސް ކޮޅެއްފަހުން ސަރުކާރުގެ މަތީ މަގާމެއްދީ. ގައުމެއް ފެއިލް ވާނީ މިވަރަކަށް.
ހަނުހުންނަ މީހާ1
05 December 2019
ތައުލީމީ މަންހަޖު އިސްލާހުކޮށް އިންސާނިއްޔަތު ދިރުވައި ދަސްކޮށްދީ އެހެންމީހުންނަށް އިހުތިރާމްކުރަން ދަސްކޮށްދީގެން ނޫނީ މިކަމަކަށް ހައްލެއްނެތް ކިތަންމެ ވަރަކަށް ހުޅުމާލެ އަލިކުރިޔަސް އަދި ސީސީޓީވީ ލިޔަސް ފުލުހުން މަގުމަތީ ބެހެއްޓިޔަސް ހައްލެއް ނުވާނެ
ދަންނަ ނުދަންނަ
06 December 2019
މަންހަޖު އޮތީ ރަނގަޅަށް. ކުރަންވީ ކަމަކީ އިހަށް ކުރިގޮތަށް އިސްލާހިއްޔާއެއް އަޅަންވީ. ފާސްނުވާ މީހުން އެތަނަށް ގެންދަންވީ. އެއަށްފަހު ދެތިން ހަތަރު ޖަލު އަޅަންވީ. މިހާރު ކޯޓުތަކުން ހުކުމް ކުރުމުގެ ބޭނުމެއް ނެތް. ކުރާ ހުކުމެއް ތަންފީޒުވަނީއެއް ނޫން. އާއިލާގެ ވޯޓު ހޯދަން ކުށްވެރިން ދޫކުރަނީ. ކްލެމެންސީވެސް ލިބެންވީ ހަމައެކަނި 55 އަހަރުން މަތީގެ ކުށްވެރިންނަށް އެކަނި. ގާނޫނަށް މިއިސްލާހުވެސް ގެންނަންވީ.
ހަނުހުންނަ މީހާ1
06 December 2019
މަންހަޖު ރަގަޅުނަމަ ސުކޫލުނިމިގެން ނުކުންނަ ދަރިވަރުންގެ ބޮޑު އިންސައްތައެއް ލާޗާރު ބިޗާރު ވެގެނެއް ނުދިޔައީސް
ދޮންމަނިކް
05 December 2019
މިޤައުމުގައި ލުތުފިސަޤަރު ކޮބާތަ މީ މަރުގެ އަދަބު ދޭންޖެހޭބައެއް .... މިމީހުންނައް ވާގޮތްބަލާނެމީހަކުނެތީތޯ ..... މަރުހޫމް ޤާސިމުގެ ސުވަރުގެ ލިބުމައްއެދި ﷲ ގެ ަލުރަތުން ދުޢާދަންނަވަން
ނުވާނެ
05 December 2019
ގަޓު ރައީސަކަށް ނުކުރެވުނު ކަމެއް ފިޑި ރައީސަކަށް ނުކުރެވޭނެ... އިސްލާމީ ޝަރީއަށް ޤާއިމު ކުރަން ކެރުނު އެއްސޮރަކުވެސް ވެރިކަމަކަށް ނާދޭ..
އެމްސް
05 December 2019
އިންސާފު ޤާއިމުކުރެވޭނީ ފުރަތަމަކަމަކަށް، ޢަދުލަށް ޙުކުމްކުރާނެ ފަނޑިޔާރުގެ އެއް ޤާއިމުކުރެވިގެން!
ިިއިބްނު ހަސަން
06 December 2019
ފަނޑިޔާރަކު ނުބައިކޮށް ކަމެއް ކޮށްފާނެ. އެކަމަކު އެއީ މުޅި ފަނޑިޔާރުގެއެއް ނޫން. ނެތިގެން މިއުޅެނީ ފަނޑިޔާރުން ކުރާ ހުކުމް ތަންފީޒުކުރާނެ އިދާރާއެއް. މިއަދު ނޫންތޯ ރޫހާނީ ލީޑަރު އެވިދާޅުވީ ޖަލަކީ އަލްގައިދާގެ ރެކްރޫޓް ކޭމްޕޭ. ރެކްރޫޓް ކޭމްޕަކަށް ނުވާގޮތަށް އެތަން ހަރުދަނާކޮށްފައި ކްލެމެންސީ ނުލިބޭ ގޮތަށް ކުށްވެރިން ޖަލަށް ލާންވީ.
އަދުލޭ
06 December 2019
ކަލޭ ތިބުނަނީ އިންސާފަށް ހުކުމް ކުރާ ބަޔަކު ނެތޭކިޔައިފަ މަގުމައްޗައް ހުރިހާ ގާތިލުން ދޫކޮށްފަ ބައިތިއްބާށޭތަ؟ އެހެނެއް ނުވާނެ އަދަބު ދެވުނު ގޮތަކަށް އެމީހުންނަށް އަދަބު ދޭންވީ.
ހުސައިނުބެ
06 December 2019
ޢުމަރު ނޫން މީހަކަށް ތިޔަކަމެއް ނުކުރެވޭނެ