އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.
30 ސެޕްޓެމްބަރ 2016 - 00:44
ރާއްޖެ މެދުވެރިކޮށް، 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ ދޮންނަން އުޅުނު ކަމަށް ބުނާ މައްސަލަ، ބައިނަލްއަގްވާމީ ފަރާތްތައް ހިމެނޭ ކޮމިޝަނަކުން ބެލުމަށް، ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.
އަލް ޖަޒީރާއިން މި މަހު ދެއްކި "ސްޓީލިން ޕެރެޑައިސް" ގައި މަނީ ލޯންޑްރިން ކަމަށް ބެލެވޭ ސްކީމް ހިންގި ގޮތް ތަފުސީލްކޮށް ގެނެސްދީފައިވެ އެވެ. އަދި އެ އަމަލު ހިންގުމުގައި ސަރުކާރުގެ ބައެއް ވެރިންނާއި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ ބައިވެރިވި ކަމުގެ ތުހުމަތު ކުރެ އެވެ. އެކަމަކު އެމްއެމްއޭ އާއި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އެމްޑީޕީގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ (އިންތި) މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އަލް ޖަޒީރާއިން ލިބިވަޑައިގެންނެވި މައުލޫމާތު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރޮފެޝަނަލް ފޮރެންސިކް އޮޑިޓް ކުރާ ފަރާތަކަށް ދެއްވާފައި ކަމަށެވެ. އަދި ފޮރެންސިކް ރިޕޯޓް ވެސް މިހާރު ލިބިވަޑައިގެންފައިވާ ކަމަށް އިންތި ވިދާޅުވި އެވެ،
"އޯލް ޕާޓީ ޓޯކްސް އަށް އެ ރިޕޯޓް ހުށަހެޅޭނެ އެވެ،" މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަނީ ލޯންޑްރިން ހިންގި ކަމަށް ބުނާ މައްސަލައިގައި، ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެމްޑީޕީން އެދޭނެ އެވެ.
"ރާއްޖޭގެ މާލީ އިދާރާތަކުގެ ނިޒާމުގެ ތެރެއިން މަނީ ލޯންޑްރިން ހިންގި ކަމުގެ ބޮޑު އިލްޒާމު އެޅިފައިވާ ކަމީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން އެ އިލްޒާމާ މެދު އަލުން އިތުބާރު ގާއިމް ކުރަން ޖެހެ އެވެ،" އިންތި ވިދާޅުވި އެވެ.
"އަދި މަނީ ލޯންޑްރިންގެ ޖަރީމާ ހިންގުމުގައި ރައީސް ޔާމީންގެ ބައިވެރިވެވަޑައިގަތުން އޮތްކަން ސާބިތުވާ ނަމަ، އެކަމާ މެދު ކަން ކުރާނެ ގޮތް ވސެސް ނިންމާނީ ޕާޓީ ޓޯކްސްގެ ތެރެއިން ކަމަށް ހުށަހެޅޭނެ އެވެ،" އިންތިގެ މެސެޖުގައިވެ އެވެ.
މަނީ ލޯންޑްރިން ހިންގި ކަމަށް ބުނާ މައްސަލަ ބައިނަލްއަގްވާމީ ފަރާތްތައް ހިމެނޭ ކޮމިޝަނަކުން ބެލުމަށް އެމްޑީޕީން މަޝްވަރާގެ މޭޒަށް ހުށަހަޅާއިރު، ބައިނަލްއަގްވާމީ ފަރާތްތަކުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އަލް ޖަޒީރާއިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނޭ ކަމަށް އަލް ޖަޒީރާއިން ބުނެފައިވެ އެވެ.
ސިންގަޕޫރާއި މެލޭޝިއާ އަދި އޮންޑިނީޝިއާގެ ގޮތް ނޭނގޭ ވިޔަފާރިވެރިންތަކަކާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ މަނިކުފާނުގެ ގާތް ބޭފުޅުންތަކެއް ގުޅިގެން ހިންގަން އުޅުނު އެ ސްކީމްގައި ރާވާފައި އޮތީ ޗާޓަރު ފްލައިޓެއްގައި އެ ފައިސާ ރާއްޖެ ގެނެސް، ސިފައިންގެ ބެލުމުގެ ދަށުން އެމްއެމްއޭގެ ތިޖޫރިއަށް ގެންދިއުމަށެވެ. އެ ތަނުން އެ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި އޮންނަ އަމިއްލަ ފަރާތެއްގެ އެކައުންޓަކަށް ޓްރާންސްފާ ކުރުމަށް ފަހު، އެކި އަދަދުތަކުން މަދުމަދުން ބޭރު ކުރުމަށް އޮތީ ރާވައިފަ އެވެ
މި މައްސަލާގައި އެމްއެމްއޭއިން ބުނެފައި ވަނީ ދައުލަތުގެ ހަޒާނާއަށް ފައިސާ ވެއްދުމާއި ނެރުމަކީ ވަރަށް ހަރުދަނާ އުސޫލަކުން ހިނގާ ކަމެއް ކަމަށާއި އެއްވެސް ފައިސާއެއް ވެއްދުމާއި ނެރުމުގެ ކަންކަން ކުރެވޭނީ ދައުލަތުގެ ހަތަރު އިދާރާއެއްގެ އިސްވެރިން ތިބެގެން ކަމަށެވެ. އެމްއެމްއޭ އިން ގަބޫލުކުރާ ގޮތުގައި މި އުސޫލު މިހެން އޮތުމުން، ޑޮކިއުމަންޓްރީގައި ބުނާހާ ގިނަ އަދަދެއްގެ ފައިސާ ހަޒާނާއަށް ވައްދައި ނެރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމާ މެދު އާންމުންގެ މެދުގައި އޮންނަން ޖެހޭ އިތުބާރު ދެމެހެއްޓުމަށް ބުރޫއަރާނެތީ އެފަދަ ދޮގުވާހަކަތައް މީޑިއާތަކުން ނުފެތުރުމަށް އެމްއެމްއޭއިން ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
01 October 2016
ތި އުޅެނީ ވާހަކަތަކުގަ ބައިވެރިވާކަސްނޫން ތިއުޅެނީ ގަޑުބަޑު އުފައްދަން. ތީ އެމްޑީޕީގެ ސިޔާސަތު
ސަރުކާނު
01 October 2016
އޭގެ ކުރިން ސްޕްރީމް ކޯތްގަ ތަޅު އެޅުވި މައްސަލަ އާއި ބޭރުްައުމެއްގައި ވާހަކަ ދައްކަމުން އިސްލޟްދީނަށް ފުރައްސާރަކުރި ވާހަކަ އާއި ކީރިތި ރަސޫލާއަށް ސަލަވާތް ކިޔނަްނުޖެހޭކަމަސް ނަޝީދު ދެއްކި ވާހަކަތައްވެސް މަޝަވަރާއަށް ގެނެސް ތަޙުޤީޤް ކުރަންޖެހޭ.
އައްޑޫ ރަދުން
30 September 2016
މަނީލޯންޑްރިންގެ ކަންތަ ދެންވައިގަ ހިފާނެހެނެއް ހިއެއްނުވޭ ވައިގަ ހިފާނަމަ ތިވަރުކަމެއްގެ އެމެރިކާއިން ކޮންމެވެސް އެއްސިފައެއްގަ އެއްޗެކޭބުނީސް ތިކަމުގައި އެމީހުން އެއްޗެއް ނުބުނުމުން އޭގެއިން ދޭހަވަނީ ތިކަމުގައި އެމީހުންއަޅާލާކަށް ބޭނުންނުވާކަން ވީމާ ތިވާހަކަތަށް ސިޔާސީ މަޝްރަހު ފިނިކުރަން ކުރާ މަޝްވަރާތަކުގައި ނެގުމުގެ މަގްސަދެއްނެތް.
މަސްވަރާ
30 September 2016
އައްބދުއްލޯ ގާޒީ ހައްޔަރުކުރީ މައްސަލަވެސް ހަމަ ކޮންމެ ހެން ހީމަނަންޖެހޭނެ..
ޙސަނު
30 September 2016
ޢެމް.އެން.ޑީ.އެފް ބަޑި ގުަދަނުން ބަޑިވެސް ނުނެގޭނެ. އެއީ ވެސް ވަރަށް ހަރުދަނާކޮށް ކޮންޓްރޯލު ވެފަ އޮތް ކަމެއް.
ޖަވާބުދީ
30 September 2016
މަނީ ލޯންޑްރިންގް މައްސަލަ މަޝްވަރާ އަށް ހުށައަޅާ އިރު މަމެން ހުށައަޅަން އެމްޑީޕީގެ ބޮޑަކު ލަންކާ އިން ޑޮލަރު ބަސްތާ އަކާއި އެކު ހައްޔަރު ކުރި ކަން ވެސް މަޝްވަރާ މޭޒަށް ހުށައަޅަން. ލަންކާ އިން އެހާ ގިނަ އަދަދެއްގެ ޑޮލަރު ހިފައިގެން ރާއްޖެ އަށް އަންނަން އެމްޑީޕީގެ ބޮޑަކު އުޅުނީ އެއީ ތޯ އެމްޑީޕީގެ މަނީ ލޯންޑްރީ މޭން އަކީ. އޭނާ ތޯ އެމްްއެމްޕީއާރުސީ އަށް ވެސް މިކަން ކޮށް ދިނީ. މިއަށް އަޅެ އެމްޑީޕީން ޖަވާބު ދެއްވަބައްލަވާ.
ާައާޒިމް މާލެ
30 September 2016
ޢަޒީމާ އަޑައްބާރުލާފަ އެބުނަނީ އެފަދަކަމެއް ހިންގާފައެއް ނޯންނާނެއޭ ! ޢެކަމު ޕްރޫފާއި އެކު އަލްޖަޒީރާއިން ދެއްކި ދެން ނުހިނގާކަމައް ބުނާކަމެއް ބަލާނީ ކހިހިނަކުންތޯ....
ނާޒިމް
30 September 2016
ތި ބުނާ ވަރުގެ ހެއްކެތް ނެތް ދެއްކިފައެއް. މިޔަދު ތުއްތު ދަރިފުޅު ކުޅެންގެންގުޅޭ އައިޕެޑުން އެކުދިންނައްވެސް ކޮއްލެވޭ ވަރުގެ ކަންތައް އެއީ ހެއްކޭ ކިޔާފަ ދެއްކީމަ ގަބޫލުކުރާނީ ރޫހާނީ ލީޑަރު ހަދު ދައްކާފަ އެ އިރޭ ބުނީމަވެސް އޭގެ ފަހަތުން އެ އިރޭ ކިޔަމުން އައްޖަހަމުން އުޅޭ ކުދިން އެކަނި..
މުހައްމަދު ހަވާނާ
30 September 2016
މިނިވަން މުއްއްސަސާތަށް ނުފޫޒުން އެއްކިބާވެގެންނޫނީ ރާއްޖޭގައި ރާއްޖޭގެ މައްސަލަތަށް ބެލުން އެއީ ނުވާނެ ކަމެއް. ރާއްޖޭގެ މައްސަލަތަށް ބޭރުން ބަލަން ޖެހުމަކީ ރާއްޖޭގެ އަގުވެއްޓި ، ގޮތްހުސްވެ އަޅުވެތިކަމަށް ހުޅުވާލެވޭ ދޮރެއް. މީ އެންމެން ވިސްނަންޖެހޭ ކަމެއް. މިކަމުގެ ޒިންމާ އެންމެބޮޑީ ރައްޔިތުންގެ މަޖިލީހުގައި. ކޮރަޕްޓްވެފަ ތިބި މީހުން ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބުމަކީ މިޤައުމު ހަމަމަގަށް ނޭޅިގެން އުޅޭ މައިގަޑު ސަބަބު. ކޮންމެވެސް މައްސަލައެއްގަ ނަގޫ ފިތެނީ. ދެން ވޯޓަށް އަތްނެގުމާއި ކަންކަން ބޮލުން ނައްޓާލަން މަޖްބޫރުވަނީ. ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކޮށްދިނުމަށް މާތް ރަސްކަލާނގެ ގަންދީ ހުވާކޮށް މަސައްކަތަށް ނިކުމެ މަޖްބޫރުވަނީ ތިމާގެ އަމިއްލަ ނަފްސުގެ ދިފާއުގައި މަސައްކަތް ކުރަން. މިހެންވަނީ ރައްޔިތުންގެ ފުދުންތެރިކަން ދަށްވުމުން. ވޯޓަކަށް ދާއިރު ކުޑަނަމަވެސް މާލީ ފައިދާއަކަށް ފަރުދުންނަށް އިސްކަންދެވުން. .................
ކުޑޭ
30 September 2016
ޢެމްޑީޕީ ސަރުކާރުގަ ހިންގި ކަރަޕްޝަން ވެސް މަޝްވަރާތަަކުގަ ބަލަންޖެހޭ.
މުހައްމަދު ހަވާނާ
30 September 2016
ހުރިހާ ވައްކަމަކީ ވެސް ހަރުދަނާ ގޮތެއްގަ މިނިވަން ކަމާއެކު ބެލެން ޖެހޭނެ ކަންކަން. ކޮންމެ ސަރުކާރެއް އޮތަސް. ސަރުކާރަކީ ރައްޔިތުންގެ މިލްކިއްޔާތު ހިންގާ ބަލަހައްޓަށް އޮންނަ ތަނެއް.
މެދުރު
30 September 2016
މޑޕ ގޮތް ހުސްވަނީ! ވެރިކަމެއް ނުލިބޭނެ ކިތަންމެ ވަރަށް އުޅުނަސް
ޛަޑިބު
30 September 2016
ތިބުނީ ހަމަ ރަގަޅަށް. ގޮތްހުސްވެއްޖެ. ބިލިޔަނުން ވަގަށްނެގި ލާރިކޮޅު ހޯދާނެ ގޮތްހުސްވެއްޖެ. ކާޑުގެ އަގުބޮޑުވެ ދިރިއުޅެވޭނެ ގޮތްހުސްވެއްޖެ. ކަރަންޓް އަގުބޮޑުވެ ބިލް ދެއްކޭނެ ގޮތްހުސްވެއްޖެ.