ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި (ކ) ކުރީގެ ފަނޑިޔާރު މުއްތަސިމް އަދުނާން.
07 ޑިސެމްބަރ 2019 - 13:55
އުއްތަމަ ފަނޑިޔާރުކަމަށް ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލިހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާގައި އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކުރަން ފާސްވީ 68 މެމްބަރުންގެ އިއްތިފާގުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރަން 64 މެމްބަރުން ވޯޓު ދެއްވި އިރު، އޭނާއާ އައްޔަން ކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ. އެއީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދެވެ.
ވޯޓަށް އެހި ގަޑީގައި، މަނީ ލޯންޑްރިން މައްސަލައިގައި ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލައްވައި އިދިކޮޅު ބައެއް މެމްބަރުން ގެންދެވީ މަޖިލިހުގައި އިހުތިޖާޖް ކުރައްވަމުންނެވެ. ނަމަވެސް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖަލްސާ މެދުކަނޑާނުލައްވައި ކުރިއަށް ގެންދަވައިފަ އެވެ. އިދިކޮޅު މެމްބަރުން އަޑުގަދަ ކުރެއްވީ މަޖިލިހުގެ އިދާރީ މޭޒު ކައިރީގަ އެވެ.
ޑިސެމްބަރު، 2014 ގައި ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހަމަޖެއްސުމާ ގުޅިގެން ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ބޭފުޅަކު އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރު ކަމުން ވަކިކުރަން ޖެހުނެވެ. ވަކިކުރާނެ ފަނޑިޔާރުން ކަނޑައެޅުމުގައި ޖޭއެސްސީ އިން މަޖިލީހަށް ލަފާ ދިން އެއް ފަނޑިޔާރަކީ މުއުތަސިމް ވަކި ކުރުމަށެވެ. މަޖިލީހުން ވެސް ފާސްކުރީ ޖޭއެސްސީގެ ނިންމުމާ އެއްގޮތަށެވެ.
ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ފުރިހަމަ ކުރެއްވި މުއުތަސިމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށެވެ. އޭގެ ކުރިން އޭނާ ވަނީ ލޯ ކޮމިޝަންގެ މެމްބަރު ކަމާއި އެޗްއާރުސީއެމްގެ މެމްބަރު ކަމާއި ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެމްބަރު ކަމާއި ފޮރިން މިނިސްޓްރީގެ ލީގަލް އެފެއާޒްގެ ޑިރެކްޓަރު ކަން ވެސް ކުރައްވައިފަ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމާއި ލޯ ކޮމިޝަންގެ ޗެއާމަން ކަން ކުރެއްވި ސުއޫދު އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަސިޓީގައި ލޯ އިން ވަނީ މާސްޓާސް ހާސިލް ކުރައްވައިފަ އެވެ. އޭނާ ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށް، ސުއޫދަށް ގައުމީ އިނާމު ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީކަމާއި ބާ އެސޯސިއޭޝަންގެ ރައީސްކަމާއި އެޗްއާރުސީއެމްގެ މެމްބަރުކަން ވެސް ކުރެއްވި ސުއޫދަކީ މިހާރުގެ އާ ގާނޫނުއަސާސީ ޑްރާފްޓް ކުރެއްވުމަށް ބުރަ މަސައްކަތެއް ކުރެއްވި، އަދި ހާއްސަ މަޖިލިހުގެ މެމްބަރު ކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ކަމުގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފުރަތަމަ ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގަތީ އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އައްޔަން ކުރެއްވުމަށެވެ. އެކަމަކު ރައޫފާ ގުޅޭ ޝަކުވާތަކެއް ޖޭއެސްސީ އަށް ހުށަހަޅާފައި ވާތީ ރައޫފްގެ ނަމާ މެދު ޖޭއެސްސީން ވަކި ގޮތަކަށް ލަފައެއް ނުދެއްވަ އެވެ. އަދި ރައީސް، ރައޫފްގެ ނަން މަޖިލީހަކަށް ވެސް ނުފޮނުއްވަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުލްޣަނީ މުހައްމަދު ވަނީ ދާދި ފަހުން މަޖިލިހުން ވަކިކޮށްފަ އެވެ.
ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް މަޖިލީހުންނެވެ. މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރަން ޖޭއެސްސީން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިގޭ
08 December 2019
އެމް.ޑީ.÷ީގެ އެކްޓިވިސްޓް ސުޢޫދު އައްޔަންކުރީމާ ޖުޑިސަރީ އިސްލާހުވީ.
އައްދައުލަތުލް ޖަޒީރިއްޔާ
07 December 2019
މަރުހަބާ ޖަޒީރާރާއްޖެ.
ެެެެއެހަނދާންް.
07 December 2019
ވީ.ޓީ.ވީ ފަސްމަންޒަރުު ޕްރޮޮގްރާމްގައި، މިއަހަރު ސުޢޫދު ބުނީީ، ތިމަންނަައާއި ދިިމާލަށް މީހުން ބުނެޔޯޯ، އުއްތަމަ ފަނޑިިޔާރުުކަން ބޭނުންވާ ވަރުންނޭ، ސުުޕްރީީމް ކޯޯޓާއި ތިހާ ބެހެނީީ، އެކަމު ހަގީީގަތަކީީ، ތިިމަންނަ ސުޕްރީމްް ކޯޯޓުު ބެންޗަށް ވެސް ދާން، ޝައުގުުވެރިިކަން ނެތޯޯ. މަގާމު ދިިނަސް ގަބޫލް ނުުކުުރާނަމޯ. އެކަމުު ނިިމުުުނުއިރުު، އެމަގާމަށްް އެދިި އަމިިއްލައަށް ސިިޓީީ ލައިގެން މިދިިޔައީ.
އައްޔުބް
07 December 2019
ޑިކްޓޭޓަރ ޔާމީންގެ ވެރިކަން ވައްޓާލީ އަމިއްލައަށް ނުރައްކާ އޮތްމިންވަރު އެނގި ހުރެ ޤަައުމުގެ ހައްޤުޤައި ޢަބްދުﷲ ސަޢީދު، ވަރަށް ކެރޭ ކުޅާދާނަ ބޭފުޅެއް، ކޮރަޕްޓް މީހެއް ނޫން. އެމްޑީޕީ އަކުން ކުރި ކަމަކުން ނޫނީ އެމްޑީޕީ ގެ ކުޅަދާނަކަމަކުން ނޫން ޔާމީން ގެ ވެރިކަން ވެއްޓުނީ. ޔާމީން ގެ ނުރައްކާ އޮތް މިންވަރު ނޭގޭ ހާލުގައި ސްޕްރީމް ކޯޓް އަށް އިގިލި ދިއްކުރުމުގެ ބޭނުމެއް ނެތް.
މާވަޑި
07 December 2019
ޖުޑިޝަރީ އިސްލާހުވެ ނިމިފަ މިއޮތީ
ހާސަރު
07 December 2019
ފަނޑިޔާރުގެ ސާފުވުމަކީ ބަޔަކަށް ވަރަށް ހިތްދަތި ވާނެ ކަމެއް . ދެން މިހާރު ތިއޮތީ ސްޕްރީމް ކޯޓް އެއްކޮށް ބަދަލުވެފަ. ދެން އަންނަ ހުކުމް ތަށް ހުންނަ ގޮތަކުން އަހަރެމެންނަށް އެގޭނީ އިންސާފު ލިބޭނެކަން ނޫނީ ނުލިބޭނެކަން. ބަލަން މިތިބީ. ވަރަށް އުއްމީދުގައި މިތިބީ
ޞވހވވހ
07 December 2019
ހަހަހަ ސުޕްރީމް ކޯޓަ ކީ ސިޔާސީ ގޮތުން ފަސްއަހަރު ން ފަސްއަހަރު ން ކުޅެންއޮތް ބޯޅައަ ކަށް ދެންމިވީ.
ާއައްޔު
07 December 2019
ސްޕްރީމް ކޯޓްގެ ޓިނު ނަގައިގެން މަޤާމް ގެއްލުވާލި އުއްތަމަފަނޑިޔާރުގެ މަޤާމް ގެއްުމަކީ ޔާމީން ހިންގި ޖަރީމާތައް މިސަރުކާރުން އެންޑޯޒްކުރުން ނޫންކަމަކަށް ނުވާނެ
ބައިސަލް
07 December 2019
ތިޔައޮތީ ތިޔަކަންވެސް ނިމިފައި، ދެންވެސް މަގޭ ވެރިކަމެއްގައި ކުރާނެ ކަންކަން އިއްވައިދީ
ނިޒާރުބޭ
07 December 2019
މިރާއްޖޭގެ އަދުލުގެ ނިޒާމަށް އައި ވަރަށް ހިތާމަވެރި ދުވަހެއްގެ ގޮތުގަމިދުވަސްވެސް ގުނިގެންދާނި. ސިޔާސީ ބޮޑު އެއްޓިވިސްޓެއް ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އިސްކުރެވިގެން މިދިޔައީ. ހަނަގައިމުވެސް މިގައުމުގެ ގިނަ ރައްޔިތުން މިކަމެއް ބަލައެއް ނުގަންނާނެ. މީތޯ ތިބުނާ ނަޒާހާތްތެރި އަދުލުވެރި އެޖެންޑާ19 ފަނޑިޔާރު ގެއަކީ؟
falcon_autho
07 December 2019
ނިޒާރުބެއަށް ނުފެނުނުދޯ ނުވަތަ ފެނުނަސް އެއީ ރަނގަޅުކަމެއްކަމަށް ނިޒާރުބެއަށް ފެނުނީދޯ 2018 ވަނައަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ދިވެހިރާއްޖެ އަދުލުގެ ނިޒާމުގައި ހިމެނޭ އެންމެ މަތީ ދެކޯޓުގެ ފަނޑިޔާރުން ރަށްރަށަށް ދަތުރުކޮށް ޔާމީނަށް ވޯޓުއަޅަން މީސްމީހުން ކައިރީ ބުނިތަން. އެއީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމަށް ކަޅުދުވަހަކަށް ނުވެފައި މިއަދު ކަޅުވީ ލޯ ހުއްޓަސް ލޮލަށް ނުފެންނަ މީހުންގެ ލިސްޓަށް ނިޒާރުބޭވެސް އެރުމުންތާ!
ބަދަލު
07 December 2019
މިސަރުކާރުން ޖުޑިޝަރީ ފުޑާލައިފި ﷲ ގެ އިރާދަ ފުޅާއެކު 5 އަހަރުން ތިކަން ބަދަލުވެގެންދާނެ