ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. --- ފޮޓޯ: މަޖިލިސް
08 ޑިސެމްބަރ 2019 - 15:43
ލޯކަަލް ކައުންސިލްތަކުގެ ދައުރު ތިން އަހަރުގެ ބަދަލުގައި ފަސް އަހަރަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީ އަށް ގެނައި ބަދަލުތަކުގެ ތެރޭގައި ރަށު ކައުންސިލާއި ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލްގައި ހިމެނޭނީ އެ ކައުންސިލް ނިސްބަތްވާ ރަށުގެ ރައްޔިތުން ދިމިގްރާތީ އުސޫލުތަކުގެ މަތީން ސިއްރު ވޯޓަކުން ކައުންސިލަށް އިންތިހާބު ކުރާ މެމްބަރުން ކަމަށް ބުނެފައިވެ އެވެ.
އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބު ކުރާނީ އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދިމިގްރާތީ އުސޫލުން ނަގާ ސިއްރު ވޯޓަކުން ކަމަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލުގައިވެ އެވެ.
ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރަން ވާނީ ގާނޫނަށް އަމަލު ކުރަން ފެށުމަށް ފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގަ އެވެ.
ގާނޫނުއަސާސީ އަށް ބަދަލު ގެނައި އިރު، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވި ބިލް ވަނީ ފާސްކޮށްފަ އެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދޭނެ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި ކައުންސިލްތައް މާލީ ބާރުވެރިކުރުވުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށް ވާ ފައިސާ ދިނުން ހިމެނެ އެވެ.
ކައުންސިލްތަކުގެ އިހްތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ 40 ޕަސެންޓަށް ވާ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލްތަކަށް ބެހިގެންދާ ގޮތަށް ހަމަޖައްސަން ވެސް ބިލްގައިވެ އެވެ. ބިލަށް ގެނައި އެންމެ ބޮޑު ބަދަލަކީ ކައުންސިލްތަކުން 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
08 December 2019
ތި ކައުންސިލަރުންތީ ބޭކާރު ބައެއް....ދައުލަތަށް ބޮޑުބުރައެއް...ކުރާމަސައްކަތެއްނުފެނޭ...ހާއްސަކޮށް އައްޑޫކައުންސިލަރުން....ދެން ވެރިކަން ލިބުނީމާ މަގާމުބަހަނީ ތޯއްޗެއް?
ފޫހި
08 December 2019
ނަޝީދަށް ވ ރަކީދޫ ފަދަ ކުޑަކުޑަ އާބާދީއެއް ފެންނަނީ ޔޫކޭ ގެ މެންޗެސްޓަރ ސިޓީފަދަ ބިޔަ ސިޓީއެއްގެ ގޮތުގަ. ޢެހެންވެ ކައުންސެލަރުން ގިނަކޮށްފަ ޓެކްސްތައް އިތުރުކުރަނީ. މިނޫންގޮތެއް ބޭނުން
ގޯސް ގޯސް
08 December 2019
ޙެޔޮނުވާނެ. މަޖިލީހަށް އބ ނޭންގޭމީހުން ހޮވީމާ ވާނެގޮތްމިވަނީ. ރިކަރަންޓް ހަރަދު އިންތިހާގައި ހުއްޓާ ފުރަތަމަވެސް ކައުންސެލަރުން މުސާރަބޮޑުކުރީ. ދެން 3 ކުން 5 އަކަށް އަދި ސިޓީތައް ވެސް އަދަދުގިނަކުރީ. ދެން އަންހެނުން ކޮމެޓީއަށް އެލަވަންސް ކަނޑައެޅީ. މިކަމުން ހަރަދުބޮޑުވެ ކޯޅުންފިޔަވާ ވާނެ އެއްކަމެއްވެސްނެތް
ކުޅުދުއްފުށި
08 December 2019
ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭނީ ކޮންއިރަކުންބާ؟
އަމާ
08 December 2019
ކޮންތާކު މިޖެހުނީ. ކުރިން އެކަމެއް ކަމަކުނުދިޔަ؟ އެބޭފުޅާ މަޖިލީހުގައި، މިހާރު ގައުމުގައި. ހައްތާ ޚަރަދު ބޮޑުވުން. ކުރާނެ ކަމެއް ނެތް ތަނެއްގައި ބައިވަރު ކައުންސިލަރުން؟ ރައްޔިތުންނަށް އޮތީ ކޯއްޗެއް؟ ކައުންސިލަރުންލީމާ ރައްޔިތުންނަށް ވާނެ ކަމެއް ސާފެއްނޫން. އޮޅުވާލައިގެން
މަންޑޭލާ
08 December 2019
ތައުލީމު ނެއްމީހުން ދަމާކަޑާ މީހުން ލައިގެން ޤައުމެއް ނުހިންގޭނެ.
ސޯބު
08 December 2019
ކައުންސިލްތަކަށް ބޮޑެތިހާ ޒިންމާތައް ހަވާލުކުރާއިރު ގިނަ ކައުންސިލަރުންނަށްތިބީ ގްރޭޑް 10ގެ ފެންވަރުވެސް ނެތް މީހުން. ދެން ކަންތައް ވާނެ ގޮތައް ވިސްނާލާ؟؟؟؟؟!!!!!!
އަހުމަދުބޭ
08 December 2019
ސޯބޭ ތިހެން ކޮމެންޓް ނުކޮށް ނިކަން ކެރިގެން ނުކުމެ، ކައުންސިލަށް ކުރިމަތިލައިބަލަ، ކައުންސިލަރުންގެ ފެންވަރުނެތޭ ކިޔައިފަ ކިޔަވާގެން ތިބި މީހުން ގޭގައި ތިބެގެން ދެން މިކުރަނީ މަލާމަތް، މިހާރު ގަބޫލު ކުރަންވީ ހަގީގަތަކީ ރާއްޖޭގައި މިއޮތީ ޑިމޮކްރެޓިކް ނިޒާމެއްކަން، ކޮންމެ ބަޔަކު ކޮންމެ އެއްޗެއްކިޔަސް، މިނިޒާމްގެ ތެރެއިން ކުޑަކޮށް ސިޔާސީ ވެލައިގެން ކެރިގެން ނުކުންނަ ކޮންމެ މީހަކަށް ފުރުސަތު އޮތްކަން، ދެން ނުނުކުމެ ތިބެގެން ދައްކާނެ ވާހަކައެއް ނެތް
ސަންޕަ އަހަންމަދު
08 December 2019
ކައުންސިލްތައް އުވާލާ ކަތީބު ސިސްޓަމް ތައާރަފްކުރަންވީ. އެއީ މާ ޖަޒީރާވެސްވަންތަ ގޮތެއް.