President Ibrahim Mohamed Solih ratifies the new Bill on Protection of Whistleblowers. PHOTO/PRESIDENT'S OFFICE
08 ޑިސެމްބަރ 2019 - 20:40
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމާ ބެހޭ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ގާނޫނުގެ ދަށުން، ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރުގައި ބެލެހެއްޓުމަށް ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް ފިޝަރީޒް އެންޑް އެގްރިކަލްޗަ މިނިސްޓްރީން ގާއިމުކޮށް މި ޔުނިޓުގެ މަސައްކަތްތައް ވަކިވަކިން ބަޔާން ކުރެވޭނެ އެވެ.
ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރި ކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒު ކުރުމާއި، ޕެސްޓިސައިޑް ތަހްލީލު ކުރުމަށް ރަސްމީ ލެބޯޓަރީތައް ގާއިމު ކުރަން ވާނެ ކަމަށް ވެސް މި ގާނޫނުގައި ވަނީ ބުނެފަ އެވެ.
މީގެއިތުރުން ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓަކޮށް ކަމާގުޅޭ ތަފާސްހިސާބު އެއްކޮށް އިވެލުއޭޓް ކުރުމާ ބެހޭ ކަންކަމާ ގުޅޭ ތަފްސީލުތައް ބަޔާން ކުރެވޭނެ ކަމަށް އޭގައިވެ އެވެ. ގާނޫނާ ޚިލާފަށް ކަންކަން ކުރަމުންދާ މީހުންނާ މެދު އަދަބެއްގެ ގޮތުން 5000ރ. އާއި 100،000ރ. އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައެޅުމަށް ވެސް މި ގާނޫނު ހުއްދަ ކުރެ އެވެ.
ގާނޫނުގައިވާ ގޮތުން ރާއްޖޭގައި ޕެސްޓިސައިޑް އިސްތިހާރު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy