ގާސިމް މަރާލާފައި އޮއްވައި ފެނުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި. -- ފޮޓޯ: މިހާރު
12 ޑިސެމްބަރ 2019 - 14:05
ހުޅުމާލޭގައި މަރާލި ޓެކްސީ ޑްރައިވަރަށް ހަމަލާ ދިން ހަތިޔާރު، އޭނާ މަރާލާފައި އޮތް ތަނުގެ ކައިރިން ހޯދާފައިވާ ކަމަށާއި ކުށުގެ ވެށިން ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ގާސިމް ހަސަން، 59، އަށް ހަމަލާ ދިން ހަތިޔާރު ފެނުނީ ގާސިމްގެ ހަށިގަނޑު ފެނުނު ތަނާ 300 ވަރަކަށް މީޓަރު ދުރުން ގަސްތަކުގެ ތެރެއިން ކަމަށެވެ. އަދި ކުށުގެ ވެށިން، ތުހުމަތުކުރެވޭ މީހުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ގާސިމްގެ ޓެކްސީ ދުއްވި މަގުތައް ސީސީޓީވީ ފުޓޭޖުން ދެނެގަނެވިފައިވާ ކަމަށެވެ. މިހާތަނަށް ލިބިފައިވާ ހެކީގެ މައްޗަށް ބިނާކޮށް، ތުހުމަތުކުރެވޭ މީހުންގެ އައިޑެންޓިޓީ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސީޕީ ވިދާޅުވި އެވެ.
ގާސިމް ހަސަން: އޭނާ އަށް ހަމަލާ ދިން ހަތިޔާރު ވަނީ ހޯދާފައި.
ގާސިމްގެ ކަރަށް، ތޫނު އެއްޗަކުން ހަމަލާ ދިނުމުން ހުޅުމާލޭ ރީތިގަސް މަގަށް ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭގަނޑު 9:07 ގަ އެވެ. އެއީ އެކަހެރިކޮށް އޮންނަ އަނދިރި ހިސާބެކެވެ. ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި އޭނާގެ ޓެކްސީ ވެސް އޮތެވެ.
ގާސިމްގެ އެކުވެރިން ބުނެފައިވާ ގޮތުގައި އޭނާ މަރާލި ރޭ ޓެކްސީކުރަން އެންމެ ފަހުން ނުކުތީ އިޝާ ނަމާދަށް ފަހު މާލޭގެ ހޮޓަލެއްގައި އެކުވެރިންނާ އެކު އިނދެފަ އެވެ.
ގާސިމަށް ހަމަލާ ދިން ހިސާބަކީ ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ ތަނެކެވެ. ފްލެޓްތަކެއް އިމާރާތްކުރާ އެ ސަރަހައްދުގައި މީހުން އުޅެނީ ވެސް ވަރަށް މަދުންނެވެ. އެ މަގާ ގުޅިފައިވާ ގޯޅިއެއްގައި ހުންނަ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ހާފްވޭ ހައުސް ކައިރީގައި ސެޕްޓެމްބަރު 29، 2017 ގައި މީހަކަށް ހަމަލާދީ މަރާލި އެވެ. އެ ހަމަލާ ދިނީ ވެސް ރޭގަނޑު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާޒު ރަޝިދު
14 December 2019
ދޮންކަލޯ އިތުބާރެއް ނެތް. ވަރަށް ސަލާމް.
ރީތި މޫސަ
14 December 2019
ދެންދުވަސްކޮޅެއްފަހުން އެއްކަލަމީހާ ބުނެފާނެ އެއީރާއްޖޭންބޭރުބަޔެކޭ އެމީހުންރާއްޖެދޫކޮށްގޮސްފިޔޭ ދެންއެމިހާޔާ ސުވާކުރުމެއްނޯންނާނެ މިހެންނޫންތޯ ވެގެން މިދަނީ އަފްރާޝީގެމަރަށްވެސް
ޑީއެންއޭ
14 December 2019
ޑީއެންއޭ ބުނީމަ އަންނަނީ ހިނި.ފުލުހުން ބުނީ ޑީއެންއޭ އެއް ނުހޯދުނޯ.މަބުނީ ކަލޭމެނަށް ކޯންޗެއްހޭ ހޯދެނީ ހަހަހަ
ކަނބިލި
13 December 2019
ކޮންމެ ސަރުކާރެއް ބަދަލުވާއިރު ތަނުގައި ކިޔަވައިގެން ތިބި ގާބިލުމީ ހުންތައް އެއްފަރާތްކޮށް ފުލު ހުންގެ ހުރި ރިސޯސް އެއް ބޭނުންކުރާނީ ސިޔާސީ ޚަތުރުން ނަށް ފާރަލާ އެމީ ހުންގެ ފަ ހަތުން ދުވަން. ކުށްވެރިންނަށް ފާރަލާ ކުށްވެރިން ހައްޔަރު ކުރަން މަސައްކަތެއް ނުކުރެވޭ. ކުށެއްގައި ހައްޔަރުނަސް ވާނީ ކޮންމެވެސް ސިޔާސީ ބޮޑަކާ ގުޅިފައިވާ މީ ހަކަށް.
ާއުނިމާ
13 December 2019
އޭނާގެ ކާރު އޮތްތަން ހޯދިއްޖެތޯ
ދައްސޫރަ
13 December 2019
ގާސިމް މަރާލިމީ ހުން ނު ހޯދޭނެ މި ހާރު އެމީ ހުންތިބޭނީ ސީރިއާހ ހަގުރާމައިގަ ސަ ހީދުވާގޮސް ސުވަރުގެ ދާން ވެގެން
ޏަޖީބް
13 December 2019
ތިޔައީ އެވެރިން މިގައުމުން ފިލުމައް ދިން ހިންޓެއްބާ ...
ޢަރަބިން
12 December 2019
ސަޅި! އެ ހަތިޔާރު ގަތް ފިހާރައާއި ހަތިޔާރު ގަތް ސްލިޕްކޮޅުވެސް ހޯދޭނެ. އެކަމަކު އެ މީހާ ނުހޯދޭނެ. މިހުންނަނީ މި ދިވެހިރާއްޖޭގައި އެއްވެސް މީހަކު ދެބަސްނުވާނެ ކަންކަން. ފުލުހުންނަށް ވަރަށް ސަލާމް.
ވާހީދު
12 December 2019
ފޮރެންސިކް ހެއްކަކީ ހަމައެކަނި ތުހުމަތެއް.
ގުދުގުދާ
12 December 2019
ޓޯރާ ބޯރާ ފަރުބަދައިގަ ދިރިއުޅޭ މީހުންނަކައް ފިންގަރ ޕްރިންޓް. އަދި ޑީއެންއޭ އެއް ނޭގޭނެ!