ކޯސްޓްގާޑުގެ އުޅަނދެއް. ޑިންގީއެއް ގެއްލިގެން ސިފައިން އަންނަނީ ހޯދުމުގެ މަސަައްކަތް ކުރަމުން
20 ޑިސެމްބަރ 2019 - 18:28
ތިން ކުޑަކުދިންނާއި މީހަކު ޑިންގީއެއްގައި އދ. މާމިގިލިން ފުރައިގެން ފ. ފީއައްޔަށް ދަތުރުކުރަނިކޮށް ގެއްލިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ޑިންގީ ގެއްލުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ފަހެއްޖަހާކަން ހާއިރު ކަމަށެވެ.
ގެއްލުނު ޑިންގީއަކީ ދިގުމިނުގައި 20 ފޫޓު ހުރި، ފިޔާތޮށި ކުލަ ލާފައިވާ ޑިންގީއެކެވެ. އެ ޑިންގީ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސް ނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅަން އެމްއެންޑީއެފުން އެދެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް މޫސުން ގޯހެވެ. ކަނޑު ވެސް ގަދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުވަރުވަނީ މިހާރު
20 December 2019
މިހާރު ދެން ރާއްޖޭގެ އެތެރޭގެ ކަޑުދަތުރުތައްވެސް ކޮންމެ ދަތުރެއް ކުރިން ހުއްދަ ހޯދަން ޖެހޭގޮތައް ހަދަން ޖެހޭވަރުވަނީ ދޯ މި.
ދިއުޅި
20 December 2019
މިހާރު ފެނިޖޖެ ޔޯ. ދެން އަޚަބަރު ލިޔެބަލަ
މާކަނޑު
20 December 2019
އޮތަކަސް މާކަނޑު ހިތަކަށް ލިބިފާ އަދަ ވިހަ ނޮރަ ދޮށަ ނަކަތުން ނުބަލާ ތަރިޔާ ބުރުޖާ ރަނގަޅަށް ނުބަލާ އަރުވާ ޖަހަމުން ދަތުރަށް ނުފުރާ.
Ali rasheed
20 December 2019
ޑިންގީ ފެނިއްޖެ
ދެބަންދިހާރު
20 December 2019
މިހާރު ފެނިއްޖެ، ފީއައްޔަށް ދަތުރު ކުރާ ކަމަށްވަނީ
އަހުމަދުއަލޯ
20 December 2019
ދެންވެސް ބަޔަކު މަރުވާއިރަަށް އެންމެން ތެޅި ފޮޅޭނެ. ތިން ދުވަސް ފަހުން ނުހުންނާނެ ހަނދާނެއް. ހިތާމަވެރި.
ހުދުހޯރަ
20 December 2019
މޫސުން މިހާ ގޯސް ދުވަސްވަރެއްގައި ކުޑަކުޑަ ޑިންގީއެއްގައި މާކަނޑަށް ނުކުތީ. ވަރަށް ނުރައްކާ
ޟަމީރު
20 December 2019
އަނެއްކާވެސް ދިވެހިން ލައިފްޖެކެޓުފަދަ ސަލާމަތީ ކަންތައްތަކަށް ހިނދުކޮޅަކަށް ވިސްނާނެ އިންޝާ ﷲ އެމީހުން ހެއު ޙާލުގައި ލައްވާ ޢާއިލާތަކާއި ބައްދަލު ކުރައްވާންދޭވެ
ޝާމް
20 December 2019
މޫސުމް ގޯސް ދުވަސްވަރުގައި ކަނޑު ދަތުރުކުރުމުގެ ހުއްދަ އެމްއެންޑީއެފް ދޭގޮތަށް ބަދަލުކުރަންފެނޭ. މިނޫން ގޮތަކަށް ދަތުރުކުރާ ފަރާތްތަކުގެ ލައިސެންސެވެސް ހިފެހެއްޓިދާނެ. ސަލާމަތާ ރައްކާތެރިކަމަކީ ބައެއްފަހަރު ހަރުކަށި ގަވާއިދުތައް ބޭނުންކޮށްގެން ލިބޭ ކަމެއް
ނުބީހެންޏާ ކަނޑާ ހަމަ
20 December 2019
ޑިންގީގައި ދިވެހިން މާކަނޑަށް ނުކުންނަނީ. ތެލި ތެލީގަވެސް ހަންހަމުގަވެސް އިންޖީން އަޅާގެން ކަނޑަށް ނުކުންނަނީ. ސީވޯދިނަސް ބުނެދޭނެ އިދާރާއެއްނެތް. ޓުރެވެލް އެޓް ޔުއާ އޯން ރިސްކް. ސަރުކަާރުގެ ބޭނުމެއް ނެތް.