ގާސިމް މަރާލި ސަރަހައްދު ފުލުހުން ބަންދުކޮށްފައި
20 ޑިސެމްބަރ 2019 - 20:03
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ކުށަށް އިއުތިރާފުވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހަންމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ހައްޔަރުކޮށްފައިވާ މީހާ ކުށަށް އެއްބަސްވުމުގެ އިތުރުން އޭނާ އެ އަމަލު ހިންގި އިރު ލައިގެން ހުރި އަންނައުނު ވެސް ފުލުހުން މިހާރު ހޯދައިފައިވާ ކަމަށެވެ.
We can now reveal that the man we arrested last night is the actual murderer of Gasim Hassan. He has confessed to the crime and is cooperating with the investigation. A Criminal Court Judge has extended his detention by 15 days. Forensic evidence has been key to solving the case.
— Mohamed Hameed (@M_Hameedh) December 20, 2019
ސީޕީ ވިދާޅުވީ އިއްޔެ ހައްޔަރު ކުރި އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އިތުރަށް ހޯދަން ޖެހޭ ފޮރެންސިކް ހެކިތައް ފުލުހުން ހޯދަމުން އަންނަ ކަމަށާއި މި މައްސަލައިގެ މައުލޫމާތު އަންނަ ހަފުތާގެ ތެރޭގައި އާންމު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް، 59، އަށް ހަމަލާ ދިން ހަތިޔާރު ހޯދާފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. ހަތިޔާރު ހޯދީ ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދާ 300 ވަރަކަށް މީޓަރު ދުރުން ގަސްތަކުގެ ތެރެއިންނެވެ. އަދި ކުށުގެ ވެށިން، ތުހުމަތުކުރެވޭ މީހުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާ ކަމަށް ސީޕީ ހަމީދު ކުރިން ވިދާޅުވެފައި ވެ އެވެ.
ގާސިމްގެ ކަރަށް، ތޫނު އެއްޗަކުން ހަމަލާ ދިނުމުން ހުޅުމާލޭ ރީތިގަސް މަގަށް ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ ހަތަރު ވަަނަ ދުވަހުގެ ރޭ ރޭގަނޑު 9:07 ގަ އެވެ. އެއީ އެކަހެރިކޮށް އޮންނަ އަނދިރި ހިސާބެކެވެ.
ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި އޭނާގެ ޓެކްސީ ވެސް އޮތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ali Guy
21 December 2019
އިއުތިރާފްއަކީ ނާގާބިލު ކަން..
ޤަބީލާ
21 December 2019
ގައްދޫ އިން މި ދިޔަ ހަފުތާގައި ކުރި އެއްލައްކަ ރުފިޔާގެ ބޮޑު ވައްކަމުގައި ހައްޔަރު ކުރި މީހާ އާއިބެހޭ ޚަބަރެއް އަދި ނުވޭ. އެމީހާ އަކީ މުޖުތަމަޢަށް ދޫކޮށްފައި ބަހައްޓާވަރަށްވުރެ ނުރައްކާތެރި ބޮޑު ވަގެއް.
ރަށުމީހާ
21 December 2019
ތިކަހަލަ ހުވަފެން ކުރީންވެސް ފެނުނު. ބުނަން މިއުޅެނީ ހަގީގީ ގާތިލް ދައްކަބަލަ.
ވަހީދު
21 December 2019
ޤާތިލު އިއުތިރާފު ވުމުން އެއޮތީ ސާބިތުވެފައި. ކޯޓުން ދެން ޖެހޭނީ ޙުކުމް ކުރަން. ރައްޔިތުންގެ ސަލާމަތަށް އެމީހަކީ ކާކުކަން ހާމަކުރުމަށް ގޮވާލަން
ޟޮކޮ
21 December 2019
ޢެއްބަސް ވިޔަސް ހެކިނެތެއްނު...ދެން ދޫކޮށްލާ......މާދަ މާ ތު މީހާ ބުނާނެ އެހެންބުނީ މަޖުބޫރުކޮށްގެންނޭ
ކާކުއެއީ؟
21 December 2019
ކާކުކަންވެސް ބުނެދޭން ނުކެރުނު ބަޔަކަށް ކޮންކަމެއް ކުރެވޭނީ؟؟؟؟؟
ކާކުމީ!
22 December 2019
ބުރޯ ހަމަތަ؟ ޝަރީއަތުގައި ޗާބިތު ނުކުރެވެންޏާ އެ މީހާގެ ނަން ފާޅުކޮށް ހަދާކަށް ނޯވޭ ގާނޫންގަ. ތަންކޮޅެއް އެއްޗެހި ކިޔާލަ އުޅެބަލަ ތަންތާ ކޮމެންޓްކުރުމުގެ ކުރީގަ. ނޫނީ މާރުކޭޓުން ގޮޅިއެއް ނަގައިގެން ރޯމިރުސް ވިއްކަބަލަ
ހަސަންބެ.
21 December 2019
ޓުވީޓާ ބަލައިގެން ނޫސްވެރިކަންވސް ހާދަ ފަސޭހަ ވެއްޖެދޯ. ނޫސްވެރިންނަށްވެސް ތިޔައްވުރެ ޒިންމާދާރު ނޫސްވެރިކަމެއް ކުރަންވެއްޖެ. ސޯށަލްމީޑިޔާ ބަލަރއިގެން ލިޔަންނުތިބެ ބޭރުތެރެޔަށް ނިކުމެ ޕޮލިހުން ކާކުކަންބުނުމުގެ ކުރިން ނޫސްވެރިން އެމީހާ ހާމަކޮށްބަލަ. ޙިހޫތަނުންކައިގެން ސަރުކާރަށް ސަނާކިޔަކިޔާފައި ލިޔުމެއް ލިޔެލާފއި މާދަމާ ފެންނާނީ ސްޓޭޖް މޓިން ނޫސވެރިކަމުގެ ރަންގަލަން ހޯދާތަން. ޢެހެންވީމާ ތިހެންތިބުންވެސް އޯކޭދޯ.
ބަޑީ
21 December 2019
ހަސަންބެއަށް މިހާރުކުރާ ކަންކަން ހަޖަމްނުވިޔަސް ގިނަ ނޫސްވެރިން އެކަންކުރަނީ ވަކިހަމަތަކެއްގެ މަތިން!! ހާއްސަކޮށް "މިހާރު" ނޫހުން ހިތުހުރިގޮތަކަށް ނޫނީ ނޫސްވެރިޔާއަށް ފެންނަހާގޮތަކަށް ލިޔެމަކުންނުދޭ. ފުލުސްއޮފީހަށް ގެންދާހާ އެންމެންގެ ފަތިފުށް ހާމައެއް ނުކުރެވޭނެ. އެކަން ކުރާހިސާބަށް ދިޔައިމަ ޕޮލިހުންވެސް އަދި މިހާރުނޫހުންވެސް އެ ގެނެސްދޭނެ. ހަސަންބެމެނަށް މާބޮޑަށް އެގެނީ.
ސައުދު
21 December 2019
މިގައުމުގައި މަރަށް މަރުނުހިފައި , ދަވްލަތުން ރައްޔިތުންނަށް ރައަކާތެރިކަން ނުދެވޭނަމަ , ރައްޔިތުން އަމިއްލަ އަތަށް ގާނޫނު އަސާސީ ލައިގެން , މިކަހަލަ ކަންތަށް އިސްލާހުކުރަން ކޮންމެވެސް ހިސާބަކުން ނުކުންނަން ފަށާނެ. އެދުވަހަކުން އަމިއްލައަތަށް ގާނޫނު ނުލެވޭނެ ވާހަކަ ބުނަން ފުލުހުން މިއަދު ހަނުހިމޭނުން ތިބުމަކީ ޒިމްމާއިން މިއަދު އެކަހެރިވުން.
1828
21 December 2019
ކޯޓުން ދޫކޮށްލަނީ ފުލުހުންގެ 'ދޯހަޅި' ކަމުން. ބަންދުކޮށްފައި ބެހެއްޓޭ ވަރަށް ފުލުހުންނަށް، ކޯޓަށް ހެކި ހުށަނޭޅޭތީ ކޯޓުން ދޫކޮށްލަނީ.
ވަހީދު
21 December 2019
ޤާޒީއެެއްގެ ކުރިމައްޗަށް ގެންގޮސް ކުށަށް އިއުތިރާފުވިކަން ސާބިތު ކުރަންވީ އަވަހަށް. ޢެހެންނޫނީ ދިފާއީ ވަކީލުގެ ބަހަށް ހެއްލި ވާހަކަ ބަދަލުކޮށްފާނެ.