ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު: އޭނާއަށް ހަމަލާދޭން މަސައްކަތްކޮށް، މަރުގެ އިންޒާރު ވަނީ ދީފައި -- ފޮޓޯ/މިހާރު
20 ޑިސެމްބަރ 2019 - 21:00
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މިއަދު މީހަކު ހަމަލާދޭން މަސައްކަތްކޮށް، މަރުގެ އިންޒާރު ދީފި އެވެ.
އިސް ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދިނީ އޭނާ ކ. މާފުށީގައި ހުންނަވަނިކޮށެވެ. އިތުރު މީހަކާ އެކު މާފުށީގެ ތަނެއްގައި އޭނާ ހުންނަވަނިކޮށް މީހަކު ގޮސް މަރުގެ އިންޒާރު ދިނީ އޭނާއަށް ހަމަލާދޭން މަސައްކަތް ކުރުމަށް ފަހު ކަމަށް ވެސް ވެއެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ފުލުހުންނަށް މިހާރު ވަނީ ހުށަހަޅާފަ އެވެ. އެކަމަކު އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކުރިކަމެއް ސާފެއް ނުވެ އެވެ.
އިސް ފަނޑިޔާރު ޝުޖާއުއަށް މީހަކު މަރުގެ އިންޒާރު ދިންއިރު، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ގޭގެ ދޮރަށް ބަޔަކު ކޯރާޑިއަކުން ގެއްލުންދިން މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވި އެވެ. އެ މައްސަލަ ވެސް އޭރު ފުލުހުން ބަލަން ފެށި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންއަލޯ
21 December 2019
ކޮންމެ ވެރިކަމެއްގަ މީނައަށް އަންނާނެ “އިންޒާރެއް” .. އޯލް ސްޓޭޖްޑް
ކަރުކެހި
21 December 2019
މިކަހަލަ ހަބަރުނުލިޔުއވުމައް ވަރައް ހިތާމަޔާއިއެކު އަދިވެސް ބުނެލަން ކަމުގެ ސައްހަމައުލޫމާތު ލިބިގެން ނޫނީ ހަބަރުނުފެތުރުމަކީ ވަރައް ގިނަބައެއްގެ ހަގީގަތްނޭގޭފަޑުކިޔުން ތަކެއް އެބޭފުޅުންނައް ލިބިގެންދާކަމެއް
ދުނިޔެ
21 December 2019
އެދުވަސް ވަރަށްބާރުގަ މިއަދު?
ސައުދު
21 December 2019
އިންޑިޔާގެ އަވަށްތަކުގައި ކަންހިނގާ ބީދައަކީ މިއީ. އޭރަކުތިބޭ ފައިސާވެރި ނުފޫޒުގަދަ މީހުން ބޭނުންވާގޮތަކަށް ހުރިހާ ކަމެއް ނިމެންވާނެ. އެއީ ހެޔޮ ރޭޕްކުރިއަސް.
ހަސަންބެ.
21 December 2019
ތީކަމެއްގެ ފެށުން، ރައީސް ޔާމީން ގެ ޝަރީޔަތް ހައިކޯޓުގައި ފަށަން އުޅޭތީ ޖޭއެސްސީގެ ނުފޫޒު ގެ ތެރެއަށް ގާޒީ ގެނެއުމަށް ކުރިކަމެއް. ދެންދައުލަތުން ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތައް ވަރައް ފުރިހަމަވާނެ.
ވަހީދު
21 December 2019
ރީނދޫކައްޓެއް ކަމަށްވަނީ
އިންސާނާ
21 December 2019
ޔާމީނު ކަފާލާތުގެދަށުން މިނިވަންކުރުމައް ހައިކޯޓައްހުށަހެޅި މައްސަލަ އެކޯޓުންވަނީބަލައިގެންފަ އެހެންވީމާ އިދިކޮޅު ކޯލިށަނުމީހުން ބޮލުގަ އަޅުވާލަން ރަނގަޅުއެއްޗެއްތިޔަހަދާލީ ސާބަހޭ ހީލައްތެރި ހިޔަޅުތަކާމެނައް
ބޮޑުވަގު
21 December 2019
ކޮއްމެމީހަކަށްވެސް ހީވާނީ ހަމަ އޭނާހެން ދެންތިބި އެއްމެންވެސް، ކަލޭމެން ވެރިކަމާއި ބާރު ބޮޑިކޮށްގެން އުޅުނުއިރު ކަންތައްކުރިގޮތް ހަމަ އެއްމެ ރަނގަޅަށް އެނގޭނީ ކަލޭމެންނަށް ، މީހުންފްރޭމްކޮށް ނުހައްޤުން ދިގުމުއްދަތަކަށް ޖަލަށްލާން ހުކުމްކޮށް ހެކި އުފައްދައިގެން އޭގެމައްޗަށް ބިނާކޮށް މީހުންލައްވައި ދޮގުހެކި ޝަރީޢަތުގައި ދެމުންދިއަގޮތް ރާއްޖޭގެ ގިނަ ރައްޔިތުންނަށް ވަރަށް ސާފު، އެހެންވެ ތިކަހަލަ ހަޤީގަތެއްނެތް ދޮގު ތުހުމަތުތައް ތި އުފެއްދެނީވެސް
ރީތި މޫސަ
21 December 2019
ތިވާނީ މަގުތަކުގަ ހުއްޓުންއަރާތިބޭ ރޭގަނޑު ނުނިދާ ކުދިންގެ ކުއްޖަކަށް
ޝާހިދު
20 December 2019
ތި ޝުޖާ އުސްމާނު ފެނުނީމަ ވަރަށް ރުޅި އާދޭ...
ފިންގަރ ޕްރިންޓް
20 December 2019
ޑްރާމާ އެއް ނޫން ބާއެވެ؟ މިހެން މި ބުނީ ދެކުނު ގިފީގައި ހުރެފައި ވެސް ތި ޑްރާމާ ޖެއްސީމަ އެވެ