މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޝިލްޕާ.

22 ޑިސެމްބަރ 2019 - 07:18

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ވިދޫ ވިނޯދް ޗޯޕްޅާ 12 އަހަރު ފަހުން ޑައިރެކްޓްކުރި ފުރަތަމަ ހިންދީ ފިލްމު "ޝިކާރާ: ދި އަންޓޯލްޑް ސްޓޯރީ އޮފް ކަޝްމީރީ ޕަންޑިތުސް"ގެ ޓްރެއިލާ އަންނަ މަހުގެ 7 ގައި ދައްކައިލަން ނިންމައި ފިލްމުގެ މޯޝަން ޕޯސްޓަރު އާންމުކޮށްފި އެވެ.

މި ފިލްމަކީ އަމިއްލަ ވަޒަނުގައި ރެފިއުޖީންގެ ގޮތުގައި އުޅެން ޖެހިފައިވާ ބައެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. "ޝިކާރާ" އަންނަ ފެބްރުއަރީ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ނަމަވެސް މިހާތަނަށް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ހާމައެއްނުކުރެ އެވެ.

ވިދޫގެ ފިލްމު ކުންފުންޏާއި ފޮކްސް ސްޓާ ސްޓޫޑިއޯސްއާ ގުޅިގެން ގެނެސްދޭ ފިލްމުގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އޭއާރް ރަހްމާނެވެ.

"1942: އަ ލަވް ސްޓޯރީ" އާއި "ޕަރިންދާ" އަދި "މިޝަން ކަޝްމީރު" ފަދަ ފިލްމުތައް ގެނެސްދިން ވިދޫ އެންމެ ފަހުން ގެނެސްދިން ހިންދީ ފިލްމަކީ 2007 ގައި ރިލީޒްކުރި "އެކްލަވިއާ" އެވެ. އެކަމަކު 2015 ގައި ގައި "ބްރޯކެން ހޯސެސް" ކިޔާ އިނގިރޭސި ފިލްމެއް ޑައިރެކްޓްކޮށްފައިވެ އެވެ.

"ފައުޖީ ކޯލިން"ގެ މޯޝަން ޕޯސްޓަރު

އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ ޝަރުމަން ޖޯޝީގެ އާ ފިލްމު "ފައުޖީ ކޯލިން" ގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.

މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި "މިޝަން މަންގަލް"ގެ ރޯލަކުން ވެސް ފެނިގެން ދިޔަ ޝަރުމަން އާ ފިލްމުގައި ފެނިގެންދާނީ އަސްކަރީ އޮފިސަރެއްގެ ރޯލުންނެވެ. "ފައުޖީ ކޯލިން" އަކީ ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތަކުން ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕުލްވާމާ އަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދިން ހަމަލާ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

އާރިއަން ސަކްސޭނާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ވިކްރަމް ސިންގް، ބިދިތާ ބޭގް، މުގްދާ ގޮޑްސޭ، ޒަރީނާ ވައްހާބް އަދި ޝިޝިރް ޝަރުމާ ހިމެނެ އެވެ.

މަލައިކާ އަށް ޑާންސް ޝޯއެއް

"ޖަލަކް ދިކްލާޖާ" އާއި "ނަޗް ބަލިޔޭ" ފަދަ ޑާންސް ޝޯތަކުގެ ޖަޖްކަންކޮށްފައިވާ މަލައިކާ އަރޯރާ އަނެއްކާ ވެސް ޑާންސް ޝޯއެއްގެ ޖަޖަކަށް ސޮއިކޮށްފި އެވެ.

އެކްޓަރު އަރުޖުން ކަޕޫރްގެ ލޯބިވެރިޔާ ސޮއިކޮށްފައި ވަނީ ސޮނީ ޓީވީން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ "އިންޑިއާސް ބެސްޓް ޑާންސާ" އަށެވެ. މިއީ 15 އަހަރުން މަތީގެ މީހުން ބައިވެރިވެރިކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ޝޯއެކެވެ. މީގެ އޮޑިޝަން އަންނަ މަހު ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ.

"އިންޑިއާސް ބެސްޓް ޑާންސާ"ގެ ޖަޖުންގެ ގޮތުގައި މަލައިކާއާ އެކު ސޮނީގެ ކުޑަކުދިންގެ ޑާންސް ޝޯ "ސުޕަ ޑާންސާ"ގެ ޖަޖް ގީތާ ކަޕޫރާއި ނެށުންތެރިޔާ ޓެރެންސް ލެވިސް ވެސް ފެނިގެން ދާނެ އެވެ. ޝޯ ހޯސްޓްކުރާނީ ކައިވެނިކޮށްގެން އުޅޭ ދެ ކޮމީޑިއަނުން ކަމަށްވާ ބާރްތީ ސިންގް އާއި ހާޝް ލިމްބާޗިއާ އެވެ.

"ޗުރާ ކެ ދިލް މެރާ"ގެ އާ ވާޝަނެއެއް

ޝިލްޕާ ޝެޓީގެ އެންމެ ހިޓް ލަވަތަކުގެ ތެރޭގައި ހިމެނޭ "ޗުރާ ކެ ދިލް މެރާ" ލަވައިގެ އާ ވާޝަނެއް އޭނާ ސޮއިކޮށްފައިވާ ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ އާ ފިލްމު "ހަންގާމާ 2"ގައި ހިމަނަން ނިންމައިފި އެވެ.

އެ ލަވަ އަކީ 1994 ގައި ރިލީޒްކުރި ފިލްމު "ތޫ އަނާޅީ މޭ ކިލާޅީ" ގައި ޝިލްޕާ އާއި އަކްޝޭ ކުމާރު އެކީގައި ފެނިގެން ދިޔަ އަދި ބެލުންތެރިންގެ ތެރޭގައި ވަރަށް މަގުބޫލުވެގެން ދިޔަ ލަވައެކެވެ. އަނޫ މަލިކްގެ މިއުޒިކަށް ހަދާފައިވާ ލަވަކިޔާފައި ވަނީ ކުމާރު ސާނޫ އާއި އަލްކާ ޔަގްނިކެވެ.

"ޗުރާ ކެ ދިލް މެރާ" ރިމިކްސް ވާޝަން އެހެން ލަވަކިޔުންތެރިންތަކަކާ އެކު މިދިޔަ ހަފުތާގައި ވަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ސްޓޫޑިއޯގައި ރިކޯޑްކޮށްފަ އެވެ.

ޕްރިޔާދަރުޝަން 2003 ގައި ގެނެސްދިން ކޮމެޑީ ފިލްމު "ހަންގާމާ" ގެ ދެވަނަ ބައިގެ ގޮތުގައި ގެނެސްދޭ "ހަންގާމާ 2" ގެ ކާސްޓުންގެ ތެރޭގައި މި އަހަރު ފިލްމު "މަލާލް" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު ޖާވިދު ޖެފްރީގެ ފިރިހެން ދަރިފުޅު މީޒާން ޖެފްރީ އާއި ދެކުނުގެ ބަތަލާ ޕްރަނީތާ ސުބާޝް ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454