25 ޑިސެމްބަރ 2019 - 07:02
ދާދި ފަހުން ވުޖޫދަށް އައި ޔޫއޭއީގެ މޮބައިލް އެޕްލިކޭޝަނެއް ކަމަށްވާ ޓުޓްކޮކްގެ އެހީގައި އެ ގައުމުގެ ސަރުކާރުން ޖާސޫސްކުރާ ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް އެ އެޕް ގޫގޫލް އާއި އެޕަލް ސްޓްރޯން ނަގައިފި އެވެ.
އެހެންވެ މިހާރު އެ ދެ ޕްލެޓްފޯމުން އެޕް ޑައުންލޯޑެއް ނުކުރެވޭނެ އެވެ. އެޕަލް އިން ބުނިގޮތުގައި ޓުޓޮކް އެޕް ސްޓޯރުން ނެގީ ވަގުތީ ގޮތުންނެވެ. އަދި ގޫގުލް އިން ބުނިގޮތުގައި އެކަން ކުރީ ޓެކްނިކަލް މައްސަލަތަކަކާ ހެދި އެވެ. ޑައުންލޯޑް ނުކުރެވޭ ގޮތަށް ޓުޓޮކް އެޕަލް ސްޓޯރާއި ގޫގްލް ސްޓޯރުން ނެގި ނަމަވެސް، މިހާރު ވެސް އެ ބޭނުންކުރާ މީހުންނަށް އެޕް ބޭނުންކުރެވޭނެ އެވެ.
ToTok, a popular app developed in the Mideast, is billed as a “fast and secure” chat service. It’s actually a spy tool used by the government of the United Arab Emirates, officials say. https://t.co/JS9AQHsglQ
— The New York Times (@nytimes) December 22, 2019
މެސެޖާއި ވީޑިއޯ ކޯލް ވެސް ކުރެވޭ ޓުޓޮކްގެ އެހީގައި ޔޫއޭއީގެ ސަރުކާރުން އެ އެޕް ބޭނުންކުރާ މީހުންނަށް ފާރަލައި މީސްމީހުންގެ ޒާތީ މައުލޫމާތުތަކާއި ފޮޓޯތައް އެއްކުރުމުގެ އިތުރަށް ޓުޓޮކުން ކުރާ މުއާމަލާތްތަކުގެ ތެރެއަށް ވަދެ، މީސްމީހުންގެ ހަރަކާތްތަކަށް ފާރަލަމުންދާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ޓުޓޮކް އަކީ މެދުއިރުމަތީގެ އިތުރުން އޭޝިއާ އާއި ޔޫރަޕާއި އުތުރު އެމެރިކާގެ އިތުރުން އެފްރިކާގެ ބައެއް ގައުމުތަކުގައި ވެސް ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ އެޕެކެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނިގޮތުގައި މި އެޕް ވުޖޫދަށް ގެނައީ ބްރީޖް ހޯލްޑިން ޕްރައިވެޓް ލިމިޓެޑާއި ޖާސޫސްކުރާ ކަމުގެ ތުހުމަތުތަކެއްގައި މިހާރު ވެސް އެމެރިކާގެ އެފްބީއައިގައި ތަހުގީގުތަކެއް ކުރިއަށްދާ އަބޫ ދާބީގެ އިންޓެލިޖެންސް ކުންފުނި ޑާކްމެޓާ ގުޅިގެންނެވެ. ދެހާސް ސާދައިގައި ވުޖޫދަށް އައި ކުންފުނީގައި އިސްކޮށް މަސައްކަތްކުރާ މީހުންގެ ތެރޭގައި އެމިރޭޓްސްގެ އިންޓެލިޖެންސް އޮފިސަރުންނާއި އެ ގައުމުގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީގައި މަސައްކަތްކުރު ބައެއް މީހުންނާއި އިޒްރޭލުގެ މިލިޓަރީ އިންޓެލިޖެންސްގައި ކުރިން މަސައްކަތްކުރި އޮފިޝަލުންތަކެއް ހިމެނޭ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުންވެ.
ނަމަވެސް ޓުޓޮކުން ޖާސޫސްކުރާ ކަމަށް ބުނާ މައްސަލާގައި ޔޫއީއޭގެ ރަސްމީ އެއްވެސް ފަރާތަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައިނަބު
25 December 2019
މިކަން ނުކުރަނީ ކޮންބަޔެއް