މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިޒަބެލް ކެއިފް.

26 ޑިސެމްބަރ 2019 - 07:03

ފިލްމު "ލަވްޔާތުރީ" އިން ބޮލީވުޑަށް މިދިޔަ އަހަރު ތައާރަފުވި އެކްޓަރު އާޔޫޝް ޝަރުމާގެ ދެވަނަ ފިލްމު "ކްވާތާ" ގެ ޝޫޓިން ފަށައިފި އެވެ.

އާޔޫޝް އަކީ ސަލްމާން ޚާންގެ ހަގު އަންހެން ކޮއްކޮ އަރުޕިތާ ޚާންގެ ފިރިމީހާ އެވެ. އޭނާގެ ދެވަނަ ފިލްމުގައި އާޔޫޝް ފެންނާނީ ވީރް ޕްރަތާބް ސިންގް ކިޔާ ސިފައިންގެ މީހެއްގެ ރޯލުންނެވެ. ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ ހަށިގަނޑު ވެސް ވަރަށް ވަރުގަދަ ކޮށްފަ އެވެ.

"ކްވާތާ" ގެ ބަތަލާ އަކީ ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ކެއިފެވެ. ބެލެވޭ ގޮތުން އަންނަ އަހަރު ރިލީޒްކުރާ މި ފިލްމު ވާނީ އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމަށެވެ. މީގެ ދެ އަހަރު ކުރިން 2017 ގައި ސޫރަޖް ޖްޕަންޗޯލީއާ އެކު އީޒަބެލް "ޓައިމް ޓް ޑާންސް" ގެ ކިޔާ ފިލްމެއްގެ މަސައްކަތް ފަށައި، ޝޫޓިންގެ ބޮޑު ނިންމައިލި ނަމަވެސް ފަހުން އެ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ނުދެއްކެވެ އެވެ.

އޭގެ ޑައިރެކްޓަރަކީ ކޮރިއޮގްރާފަރު/ޑައިރެކްޓަރު ރެމޯ ޑި ސޫޒާއާ އެކު އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރި ސްޓޭންލީ ޑި ކޯސްޓާ އެވެ.

ކަރަން ލަލިތު ބުޓާނީ ޑައިރެކްޓް ކުރާ "ކްވާތާ" ރިލީޒްކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އަނިލްގެ ލުކް ދައްކާލައިފި

އަންނަ އަހަރު ރިލީޒްލުރާ މޯހިތު ސޫރީގެ ރޮމޭންޓިކް ތުރިލާ "މަލަންގް" ގައި އަނިލް ކަޕޫރް ފެންނާނެ ގޮތް ދައްކާލައިފި އެވެ.

އަންގާރަ ދުވަހު ފާހަގަކުރި އަނިލްގެ 63 ވަނަ އުފަން ދުވަހާ ދިމާކޮށް ދައްކައިލި ފަސްޓް ލުކްގައި އޭނާ ފެންނަނީ ފުލުހެއްގެ ޔުނިފޯމެއްގައި ހުއްޓަ އެވެ.

މިހާރު ޝޫޓިން ވެސް ނިންމާލާފައިވާ "މަލަންގް" ގެ ލީޑް ކާސްޓަކީ އަނިލްއާ އެކު، އަދިތިޔާ ރޯއި ކަޕޫރް، ޑިޝާ ޕަޓްނީ އަދި ކުނާލް ކޭމޫ އެވެ. މި ފިލްމުގެ މައިގަނޑު މަންޒަރުތައް ނަގާފައި ވަނީ ގޯއާގަ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "މަލަންގް" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "އާޝިގީ 2" ގެނެސްދިން މޯހިތު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2017 ގެ "ހާފް ގާލްފްރެންޑް" އެވެ.

ސަންޖޭ ސުޕަހީރޯ ފިލްމެއް ހަދަނީ

ގްރެފިކް ނަވަލް "ރަކްޝަކް" އަށް ބިނާކޮށް ޑައިރެކްޓަރު ސަންޖޭ ގުޕްތާ ސުޕަހީރޯ ފިލްމެއް ބޮޑު ސްކްރީނެއް ގެނެސްދޭން ނިންމައިފި އެވެ.

މި ފިލްމުގެ ޕްރޮޑިއުސްކޮށް، ޑައިރެކްޓް ވެސް ކުރާނީ ސަންޖޭ އެވެ. ނަމަވެސް ފިލްމުގެ ކާސްޓާއި އޭގެ މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

ސަންޖޭ މި ވަގުތު އަންނަނީ އަހަރުގެ ޖޫން 19 ގައި ރިލީޒްކުރާ ގޭންގްސްޓާ ފިލްމު "މުމްބާއީ ސާގާ" ގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމް، އިމްރާން ހާޝިމީ، ކާޖަލް އަގަރްވާލް، ސުނިލް ޝެޓީ، ޕްރަތީކް ބައްބަރު އަދި ޝަރުމަން ޖޯޝީ ހިމެނެ އެވެ.

ސަންޖޭ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2017 ގައި ރިތިކް ރޯޝަނާއި ޔާމީ ގޯތަމް ލީޑް ރޯލް ކުޅުނު "ކާބިލް" އެވެ.

"ތަނަޖީ" ގެ އާ ލަވައެއް

އަންނަ މަހުގެ 10 ގައި ރިލީޒްކުރާ އަޖޭ ދޭވްގަން ތާރީހީ ހަނގުރާމަ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" ގެ އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދޫކޮށްލި ތިން ވަނަ ލަވަ އަކީ "ގަމަންދު ކަރް" އެވެ. މި ލަވައިގެ ސަޖެތު ޓަންޑަނާއި ޕަރަމްޕަރާ ތާކޫރް ހަދާފައިވާ އިރު، ލަވަ ކިޔާފައި ވަނީ ވެސް އެ ދެ މީހުންނެވެ. ލަވައިގެ ޅެން ހެދީ އަނިލް ވަރުމާ އެވެ.

އޯމް ރައުތު 150 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ޑައިރެކްޓްކޮށްފައިވާ "ތަނަޖީ" ގެ ކާސްޓުންގެ ތެރޭގައި އަޖޭގެ އަންހެނުން ކާޖޮލް އާއި ސައިފް އަލީ ޚާނާއި ނޭހާ ޝަރުމާ ހިމެނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454