އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީން ކުރިން ބޭއްވި އެއްވުމެއް. ރަށްވެހިކަމުގެ ގާނޫނު ދިފާއުކުރަން ނުކުންނަށް އެޕާޓީން ދަނީ ތައްޔާރުވަމުން --ފޮޓޯ:ބީބީސީ
25 ޑިސެމްބަރ 2019 - 11:01
މުސްލިމް ތިން ގައުމަކުން އިންޑިއާއަށް އެތެރެވާ ހަމައެކަނި އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް އެ ގައުމުގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލާ ދެެކޮޅަށް މުޒާހަރާތައް ކުރަމުން ދަނިކޮށް ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އެ ބަދަލާ އެއްކޮޅަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.
ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލާ ދެކޮޅަށް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކުރި ވަރުގަދަ މުޒާހަރާތަކުގައި މިހާތަނަށް 20 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ގާނޫނަށް ގެނައި އެ ބަދަލާ މެދު ނުރުހޭ މީހުން ކުރަމުން އަންނަ މުޒާހަރާތައް ނުހުއްޓެނީސް ބީޖޭޕީން މަގުމައްޗަށް ނުކުންނަން އުޅޭތީ ސަރުކާރުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބައެއް ސަރަހައްދުތަކުން އިންޓަނެޓް ވެސް ވަނީ ކަނޑާލަ އެވެ.
އިންޑިއާގެ ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކްރިސްމަސްއާ ގުޅިގެން އަންނަ ބަންދުގައި އެގައުމުގެ ހުރިހާ ސްޓޭޓްތަކެއްގެ ސަލާމަތީ ހުރިހާ އޮފިޝަލުން ވެސް ޑިއުޓީގައި ތިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ ފުލުހުން، ހަމަނުޖެހުން ފެތުރުން ހުއްޓުވަން. އެކަމަކު އަޅުގަނޑުމެންނަށް އެނގޭ ކޮންޓްރޯލުން ނެއްޓޭ ހާލަތެއް ވެސް އަތުވެދާނެކަން. އެހެންވެ، މާރުކޭޓްތަކާއި އާއްމު އެހެން ތަންތަނަށް ޕެރަމިލިޓަރީ ބާރުތައް ފޮނުވޭނެ،" ވެރިރަށް ނިއު ދިއްލީގައި ހުންނެވި، ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވި އެވެ.
ރަށްވެހި ކަމުގެ ގާނޫނަށް ގެނައި ބަދަލާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކުން ވެސް އަންނަނީ ކްރިސްމަސްގެ ބަންދާ ދިމާކޮށް ވީހާ ގިނަ ބަޔަކު މަގުތަކަށް ނެރެން ސޯޝަލް މީޑިއާ މެދުވެރިކޮށް ބާރުއަޅަމުންނެވެ. އަދި އެ ބަދަލާ އެއްކޮޅަށް މުޒާހަރާކުރަން އުޅޭ މީހުން ވެސް ގެންދަނީ ހަމަ އެގޮތަށް މަސައްކަތް ކުރަމުންނެވެ.
ދެބައި މީހުން އެއް ފަހަރާ މުޒާހަރާއަށް ނުކުމެއްޖެ ނަމަ ބޮޑު ހަމަނުޖެހުމެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
25 December 2019
އެ މީހުން ހީކުރާއެއްޗެއް މުސްލި މިންނަކަށް ނުހެދޭނެ ފުރިހަ މަ އަޤީދާގައިތިބިއްޔާ. އާބާދީ މަދަސް ފުކެއް ދޫނުކުރާނެ ހައްޤަށް ނަސްރުލިބޭނެ
ތަރިއަރާ
25 December 2019
މީ ހަމަ އެމްޑީޕީގެ ވެސް ވިސްނުން ހުންނަގޮތް.
ރަބަރު
25 December 2019
އިންޑިއާ އެތައް އަހަރު ފަހަތައްޖެހިގެދާނެ ސަލާމަތް ބުއްދި ނެތް ބަޔަކު ގައުމުގެ އެންމެ އިސްސަފަށް އެރުމުން ވާނީ މިހެން. ޗައިނާ ޕާކިސްތާނު މިއިންދުވަހަކު އުފާނުވާވަރަށް އުފާވާނެ. އިންޑިއާއަކީ ހަމައެކަނި ހިންދިންގެ ގައުމަކަށް ހެދޭނެ އެއްވެސް ގޮތެއްނެތް.
ޑިމޮކްރަސީ
25 December 2019
ޔާ ﷲ މުސްލިމުންނާ ދެކޮޅަށް ނުކުންނަ މީހުންނާ އެމީހުންގެ ބައިވެރިން ނިކަމެތިކުރައްވާށި
ޢައްޔަ
26 December 2019
ލޮލް.