ކާޑުގެ އަގު ބޮޑުކުރުމުން ހިތްހަމަނުޖެހުންފާޅުކޮށް އައްޑޫގައި މުޒާހަރާކުރަނީ.
02 އޮކްޓޯބަރ 2016 - 21:05
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަރަންޓާއި ކާޑުގެ އަގުބޮޑުކޮށް ރައްޔިތުން "ހަނާވަމުންދާ" ކަމަށް ބުނެ ސ. ހިތަދޫގައި މިއަދު މުޒާހަރާކޮށްފި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރާއި އައްޑޫ ސިޓީގެ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަތް މުޒާހަރާގެ ގޮވާމުން ދިޔައީ ކާޑުގެ އަގަށް ސަރުކާރުން ގެނައި ބަދަލު އަނބުރާ ގެންދިއުމަށެވެ. އެ ބަދަލަކީ ނިކަމެތި ރަައްޔިތުންނަށް ތަހައްމަލުކުރެވޭވަރަށް ވުރެ ބޮޑު ބުރައެއް ކަމަށް ބުނެ ގިނަ ބަޔަކު އަޑުއުފުލި އެވެ.
ހިތަދޫ ބޮޑު މަގުގައި ބޭއްވި މުޒާހަރާގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ބައިވެރިވި ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން ބުންޏެވެ.
މެމްބަރު ނިޒާރު ވިދާޅުވީ ކަރަންޓުގެ އަގަށް ސަރުކާރުން ވަރަށް ފަހުން ގެނައި ބަދަލާއެކު ދުވަހަކު ވެސް ބޮޑު ނުވާވަރަށް އައްޑޫގެ ގެތަކަށް މި މަހުގެ ކަރަންޓް ބިލް ބޮޑުވާނެ ކަމަށެވެ. މި ބަދަލު ގެނައުމަށް ފަހު ކާޑުގެ އަގު ވެސް ދެ ގުނަ ބޮޑުކުރުމަކީ އައްޑޫ ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ކަރަންޓާއި ކާޑުގެ އަގު ބޮޑުކުރުމާ ދެކޮޅަށް ހިތަދޫ ބޮޑު މަގުގައި އަޑުއުފުލަނީ.
"އިގްތިސާދީ އެއްވެސް ކަމެއް އައްޑޫގައި ނުހިންގާ، ކަރަންޓާއި ކާޑުގެ އަގު އިންތިހާ އަށް މައްޗަށް ޖައްސާފައި މިވަނީ. މި ކޮޅުގައި ކާޑުގެ އަގު މިހާރު ހުރީ ކިލޯއެއް 10.50ރ. ގައި. ދައުލަތަށް އެންމެ 100 މިލިއަން ރުފިޔާ ސަލާމަތްކުރަން މިވަރުގެ ބޮޑު މުސީބާތެއް ރައްޔިތުންގެ ބޮލަށް ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ މި ނިންވުމާ އައްޑޫ ރައްޔިތުން ދެކޮޅަށް ތިބި ކަން ހާމަކުރަން ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދާނެ އެވެ. ރައްޔިތުންގެ އަސާސީ ހައްގުތަކުގެ އަގު އިންތިހާ އަށް ބޮޑުކުރާއިރު އައްޑޫ ރައްޔިތުން އެކަމަށް އަޅާނުލައި ނުތިބޭނެ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
އައްޑޫގައި ކުރި މުޒާހަރާގައި ބައިވެރިންގެ ޝުއޫރުފާޅުކުރަން ބޯޑު ހިފަހައްޓައިގެން.
ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކުއްލިއަކަށް ކަނޑާލައި ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފަ އެވެ. މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ. ސަރުކާރުގެ އާ ކޮންޓްރޯލް އަގު އެކޮނޮމިކް މިނިސްޓްރީން ހުކުރުދުވަހު ވަނީ އާންމުކޮށްފަ އެވެ.
ކާޑުގެ އަގަށް ގެނައި ބަދަލާ މެދު ނުރުހުންފާޅުކުރަން ބޭއްވި މުޒާހަރާގައި ޝުއޫރުފާޅުކުރަން އަންހެނަކު ބޯޑެއް ހިފަހައްޓައިގެން.
އެކަން ކުރަން ޖެހުނީ ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ. ސަބްސިޑީ ކަނޑާލައިގެން 140 މިލިއަން ރުފިޔާ ސަލާމަތްކުރުމަށް ވުރެ ސަރުކާރަށް މުހިއްމީ، ބޮޑެތި މަޝްރޫއުތައް ހިންގަން ބޭރުގެ މާލީ އިދާރާތަކުން ދޭ ލޯނުގެ އެހީ މެދުކެނޑުމެއް ނެތި ލިބުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ޒުހޫރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ހަރަދު ކުޑަކުރަން މާލީ އިދާރާތަކުން ލަފާ ދޭ އެހެން ކަންކަން ހުރި ގޮތަށް ބަހައްޓާފައި ކާޑުގެ އަގު ބޮޑުކުރުމަކީ ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. ހަރަދުކުޑަކުރުމަށް، ޓެކްސް އަށް ބަރޯސާ ނުވާ ގައުމަކަށް ހެދުމާއި މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގުމާއި ސަރުކާރުގެ ހަރަދު ކުޑަކުރުމާއި ބޭކާރު ވަޒީފާތައް މަދުކުރުމާއި މުވައްޒަފުންގެ އަދަދު މަދުކޮށް، ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ފަރަގު ކުޑަކުރުން ވެސް މާލީ އިދާރާތަކުން އަބަދުވެސް ލަފާދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ
03 October 2016
ކޮންމެހެން މުޒާހަރާކޮށް ހަޅޭަލަވާ ގޮވެލިފަތިގޮވުމުގެ ބޭނުމެއް އަޅެއެބައޮތްތަ މިގޮތްހޯދައިގަތީވެސް ރައްޔިތުން މާރަނގަޅު މީހެކޭކިޔާފައި އަރުވާޖަހައިގެން ނިކުމެ ޔާމީނުރައީސްކަމަށްގެނުވީ ދެންކޮންމެ ގޮތެއްހެދިޔަސް ހެވިފަތިބެބަލަ، ބަލަގަ ޖީއެސްޓި ކަނޑަން ކަރަންޓް ޚަރަދުކުޑަކުރަން، ދީނާޤައުމަށްޓަކައެއްނޫންތަ ޔާމީނަށް ވެރިކަންދިނީ މިހާރު ޖީއެސްޓީއެއްވެސް ނުނަގާ އަދި ކަރަންޓްބިލަށް ފައިސާ ދައްކަންދިޔައިމަ ބުނަނީ ދައްކަންޖެހޭ ފައިސާއެއްނެތޭ، ވައްސަލާމް.
އައްޑޫ ރަދުން
03 October 2016
އެތަނުން އަންހެނަކު ހިފައިގެން ހުރި ލިއުމަކު އެބައޮތް 1437 ވަނަ އަހަރުގެ މުދަލު ޒަކާތުގެބައިން ފަގީރުންނަށް ވީބައި ކޮބައިހޭ...؟އަނެއްކާ މީގެ ތެދު ދޮގު "މިހާރު" އިން ބަލާދީބަލަ
ފދދ
03 October 2016
ތި ފެންނަނީ ކެރޭ މީހުން، ދެން މިގައުމުގަ މުޅިންވެސް ތިބީ ފިނޑިން
ހާމަ333
02 October 2016
އައްޑޫ ރައްތިތުންނަކީ ބަޔަކު ކިތަންމެ ރުޅިއަޔަސް މިގައުމުގަ ބާރު ހުރި ބައެއް....އާބާދީވެސް ގިނަ ބައެއް...ނުފޫޒުވެސް އޮތް ބައެއް....މައްސަލައަކީ އައްޑޫ ރައްޔިތުން އެމީހުންގެ ހައްޤު ހޯދަން އާންމުކޮށް މިގޮތަށް ނުތެދުވާތީ....އެހެންވެ ހޮސްޕިޓަލްވެސް ނޭޅިއޮތީ....24 ގަޑިއިރުގެ ކަރަންޓު ނުލިބެނީ.....މަގުތައް ނެގެދި އޮތީ،،،،އައްޑޫގެ އާބާދީ އަކީ މާލޭގެ 50 އިންސައްތައޭ ބުނުމަކުންވެސް ގޯހަކަށް ނުވާނެ....ވިޔަފާރިވެރިންގެ ތެރޭ ގިނައީ އައްޑޫ މީހުން ތައުލީމީގޮތުންވެސް އަދި ކޮންމެ ދިމާލަކަށް ބެލިއަސް މިކަން އޮތީ މިހެން،،،، އައްޑޫގެ ކުރިއެރުމަށްޓަކައި އަބަދުވެސް މިގޮތަށް ތެދުވުމަށް އެންމެހައި އައްޑޫ ރައްޔިތުންނަށް ގޮވާލަން.....ރައީސް ޔާމީނު އަންނަ ހަފްތާ ދާން އޮތީ އައްޑޫއަށް....ނުވެހުރި ކަންތަކުގަ އަޑުއުފުލައިގެން ކަންކަން ކުރެވޭނީ،،،،،
ދޭ
02 October 2016
ކާޑު އަގޮބޮޑު ކުރުމުން އައްޑޫގައި މުޒާހަރާ ކުރުމުން ގެއްލުންވާނީ އައްޑޫގެ އިގްތިސާދަށެެވެ. ސަބަބަކީ ދެން އައްޑޫގެ ގެސްޓް ހައުސް ތަކަށް ގެސްޓުން ނުދާނެއެެވެ. އަދި އައްޑޫގެ ފިހާރަ ތަކުން ވިޔަފާރި ނުވާނެެއެވެ. އައްޑޫގައި ކާޑުގެ އަގު ބޮޑު ވެގެން އެމްޕީއެއްގެ އަމިއްލަ އެދުން ކުރިއަށް ނެރެ ޕްރޮޕެގެންޑާ ފެތުރުމަށް ޓަކައި ކުރި މުޒާހަރާ ގެ ސަބަބުން އައްޑޫގެ އިގްތިސާދު ހަލާކުވެ ފުނޑު ފުނޑުވެގެން ދިޔައީ އެވެ. މުޒާހަރާ ކުރި މީހުން؛ އެވްރީ ބޮޑީ އޮފް ދެމް އާރ ގޯން ބޭޑް އެން މޭޑް އެން ކްރޭޒީ. އޯލް އައި ވޮނާ ސޭ އިޒް ދެޓް ދޭ ޑޯން ރިއަލީ ކެއަރ އެބައުޓް އަސް.. ދޭ ޑޯން ރިއަލީ ކެއަރ އެބައުޓް އަސް.. އާއްހާއް، އާއްހާއް، އާއްހާއް..
ހާމަ333
02 October 2016
ބޯބުރާންތި ވެފައިތިބޭވަރުން ތިމާމެން އެއް އަތާއި އެއްފައި ކަނޑާލިއަސް ހެވޭ ތިކަހަލަ މީހުން ހިތައް އަރާނެ....އަސްލަކީ ތިކަހަލަ ކޮމެންޓް ލިޔާ މީހާގެ އާއިލާއަށްވެސް ތަކެތި އަގުބޮޑުވެ ކާޑު އަގުބޮޑުވީމާ ވާނީ ގެއްލުން ކަމެވެ...
ޒައްން
02 October 2016
ގެސްޓްމީހާ ވާނީ އުފާ ހައްގު ހޯދަން ބަސްބުނާ މީހުން ކަމުދާނީ
އެޔޯ
03 October 2016
"ޒައްން" ގެސްޓުން ބުނަނީ އެމެން އުފާ ނުވެއޭ އައްޑޫ ކުއްޖާ މެން މުޒާހަރާ ކުރީމާ. އެމެން ބިރު ގަންނަނީ ކަމަށް. ދެން އެމެން އައްޑޫ އަށް އަންނަން ބިރު ގަންނަ ކަމަށް. އެހެން ބުނެފިނަމަ ދެން ކިހިނެއް ހަދަނޫ..
އަލް ޖަރީމާ ޓވީ
03 October 2016
ކޯޑިނޭޓަރު ކެއާ ނުކުރާ ކަމެއް ނޭނގެ ގަންނާން ކުރައްވާ ބިރުން ކޮމެންޓްވެސް އެބަކުރެއެއްނު. އައްޑޫ އެކަންޏެއް ނޫން ފުވައްމުލަކު މީހުންވެސް ހުވަދޫ މީހުންވެސް ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއިން ނިކުމެ އަޑު އުފުލަންވީއެވެ. ދޭ އާ ވީކް އެންޑް އަންސްޓޭބަލް. ގެޓް އަޕް ސްޓޭންޑް އަޕް. ސްޓޭންޑް އަޕް ފޯރ ޔުއާރ ރައިޓްސް
އޯކޭޑް
02 October 2016
ކާޑުގެ އަގު ބޮޑު ކުރުމުން އައްޑޫގައި ކުރި މުޒާހަރާ އަކީ އެއީ ޖެލަސީ އެން އެންގަރ ކުރިއަށް ނެރެގެން ރަންރީނދޫ ޓްވިޓަރޭ މެން ބޭނުންވާ ދުވަހު މިވެރިކަން ނުވެއްޓުނީމާ އެވެރިން ކުޅޭ ކްރުއަލް މައިންޑް ގޭމް އެން ކްރުއަލް ތިންގްސް އެވެ. އެކުދިންނަށް އަދި ޕޮލިޓިކްސް ގެ ދާއިރާ ގައި އަލީ އެވެ. ޔޫއެސް ގައި ވެސް ހިލަރީ ފަންޑް ރެއިސް ކޮށްގެން ޑިމޮކްރަޓިކް ޕާރޓީގެ މެމްބަރުންނާއި އެކު ކޮންމެ ރެއަކު ޑިނަރ ބާއްވާ އެމީހުންނާއި ވާހަކަ ދައްކާ ހަދާއިރު ލޮބީ ކުރާއިރު މެމްބަރުން އެދޭ ފައިސާގެ އެހީއާއި އެހެނިހެން ކަންކަން ކޮށްދޭ ކަން ރަންރީނދޫ ޓްވިޓަރޭ މެންނަށް ނޭގޭނަމަ އެދެން ޕޮލިޓިކްސް ނޭގެނީ އެވެ. ޑިމޮކްރަސީ ގައި ކޮންމެ ކެމްޕެއިން އެއްގައި ވެސް ފަންޑް ރެއިސް ކުރާ ގޮތަށް އެފަންޑް ޚަރަދު ވެސް ކުރާނެއެވެ. އެއީ ކެމްޕެއިން ޔޫ ފޯރިޔާ އަކީ. އެއީ ޕޮލިޓިކަލް ސައެންސް އަކީ. ކެމްޕެއިން ތެރޭގައި ވާ ގިނަ ކުދި ކުދި ވައުދު ތަކަކީ އެއީ ބްރައިން ޑިސްޗާރޖް އެވެ. ޕްރިންސިޕަލް ޕްލެޖްސް ތައް އެކަނި ފުރިހަމަ ކުރުމުން ދެން އަންނަ އިންތިޚާބެއް ވެސް ކާމިޔާބު ވާނެއެވެ. އެއީ އޮބާމާވެސް ކެމްޕެއިން ކުރެއްވި ގޮތަކީ. މީ ޕޮލިޓިކަލް ސައެންސް މަަސައްކަތް ކުރާ ގޮތަކީ. ތަމެން ވިސްނަ ބަލާ ކުރު ގޮތަކަށް މަމެން މި ކިޔާ އެއްޗަކަށް. ތަމެން މުޒާހަރާ ކުރިއަސް މަމެންނަށް އޯކޭ އެވެ. މާލޭގައި މުޒާހަރާ ކޮށްގެން ނުވާނެއެވެ. އެނިމުނީ އެވެ.
އަލް ޖަރީމާ ޓވީ
03 October 2016
ކޯޑިނޭޓަރު ތަކަށް ނޭގޭނެ މުޒާހަރާ ހިންގަން ޖެހޭ ތަންތަން. އެހެން ނޫނަސް ބުރޯ ތީ މިނިވަނެއް ނޫނެއްނު ބަސްބުނަން؟
އިންސާފުގެ ކަނޑި
02 October 2016
އައްޑޫގެ ޖަޒްބާތީ ރައްޔިތުންނޭ! ގެތަކަށް ވަދެ އަމާންކަން ހޯދާ! ހިތްވަރާއި އެކު ޒުލްމަށް ކެތްތެރިވޭ! ސަރުކާރުން ކާޑުގެ އަގު ބޮޑު ކުރަނީ އަހަރެމެންގެ ސިކުނޑިތައް އަނެއްކާވެސް ރައީސް ޔާމީންގެ އަމަލުތަކުން ދުރުހެލިކޮށް ޤައުމުގައި ފިތުނަ އުފެއްދުމަށް....އެހެނީ، ފިތުނަވެރި ބަޔަކަށް ނުފޫޒުފޯރުވުމަކީ ފަސޭހަކަމެއް! އަލް-ޖަޒީރާގެ ވިޑިއޯ ޑޮކިއުމެންޓްރީ އާއި ދޭތެރޭ އެމަނިކުފާނު ހިތްޕުޅު ހަމަޖެހޭ ވަރުގެ ފިޔަވަޅެއް އަޅާ، ޤައުމަށް ގައްދާރުވާ ގިނަބަޔަކު މަގުމަތިން (ތިކަހަލަ މުޒާހަރާ ތަކުން) އުފުރާލައިގެން ހައްޔަރުކުރެވުނީމަ ނޫނީ މި އިގްތިސާދީ ދަތިކަމަކަށް ނެތް ލުޔެއް! ހާސްނުވޭ! އަހަރެމެން އަދި ބަނޑަށް ޖެހޭ ވަރެއް ނުވޭ!
ސަރައުންޑެޑް
02 October 2016
ކާޑުގެ އަގުބޮޑު ކުރުމުން އައްޑޫ ގައި މުޒާހަރާ ކުރުން އިޓްސް ދަ ރިސްކް ދެޓް ޔޫއާރ ޓޭކިންގް. ހެއިލޯ، ހެއިލޯ، ހެއިލޯ، ތިއަށް ވުރެން ރަނގަޅު ނޫންތޯ ސަރުކާރާއި އެކު ތިކަމާއި ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވިނަމަ ތިކަން އޮންނަ ގޮތް ބެލުމަށް ޓަކައި. ކާޑުގެ އަގު ބޮޑުވެގެން އުޅޭ މީހުން އަވަހަށް އެންސްޕާއަށް ފޯމްލާން ވީއެވެ. އެއިރުން ސަބްސިޑީ ލިބޭނެއެވެ. މުޒާހަރާ ކުރި އެންމެން ވެސް ތިއްތި ވެގެން މާލެ އަަށް އައިސް ސަފު ސަފަށް އެތުރި ތިބެގެން އެންސްޕާއަށް ފޯމް ލާ އަވަހަށް ސަބްސިޑީ ހޯދަން ވީއެވެ. އެވްރީތިންގް އައި ނީޑް ޓު ނޯއިޒް ސަބްސިޑީ އިޒް ހިއަރ އެން އިޓްސް އޯލް ޔުއަރސް.. ހެއިލޯ ހެއިލޯ، ހެއިލޯ.. ޔޫ އާރ ސަރައުންޑެޑް ބައި ސަބްސިޑީސް..
GAN Island
02 October 2016
ބަޔަކު ކިތަންމެ ނުރުހުނު ކަމުގައި ވޔަސް އަދި އައްޑޫ ސިޓީ އޮތީ މާލެ އާއި 500 ވަރަކަށް ނޮޓިކަލް މޭލު ދުރުގައި ކަމަށް ވިޔަސް މިރާއްޖޭގެ އިޤްތިސޯދުގައި އައްޑޫ މީހުންގެ ދައުރު އިގޭ ބަޔަކު އައްޑޫ މީހުންނަކީ ދުރުގައިވާ ބައެއްކަމަކަށް ޤަބޫލެއް ނުކުރާން. އެމްޑީޕީގެ ސަރުކާރުގައި މުޙައްމަދު ނަޝީދު އައްޑޫ ސިޓީ އަށް ކޮށްދެއްވި ކަންކަން ކޮށްދެއްވާފައިވަނީ އަދި Equatorial Convention Centre ގެ ނަމުގައި ''ހަދާނުން ފިލައިގެން ނުދާވަރުގެ ރީތިބިނާއެއް'' އައްޑޫ ސިޓީގެ ރައްޔިތުންނަށް ހަދިޔާ ކުރައްވާ މިސަރަހައްދުގެ ހުރިހާ ވެރިން އައްޑޫ ސިޓީ އަށް ގެނެސް އައްޑޫ މީހުންނަށް Back to Home އިހްސާސް ހިތަށް ގެނެސް ''އަޅުވެތިކޮށް ގެދޮރުން ބޭރުކޮށްފައިވާ އެތައްބަޔަކު'' އަލުން އެބުރި ވަޒަނަށް ގެނައުމުގެ އުއްމީދު ގެނެސް ދެއްވީ މިދައުލަތް ދެމިއޮތުމަށް އައްޑޫ ރައްޔިތުންގެ މުހިންމު ކަން އެމަނިކުފާނަށް ވިސްވިވަޑައިގެންފައިވާލެއް ބޮޑުކަމުން. މިރާއްޖޭގައި މިދައުލަތް ހަމަ މަގަށް އަޅުވަން އިންސާފު ޤާއިމް ކުރާން ރައްޔިތުންގެ މެދުގައި އެއްހަމައަކުން ކަންކަން ކުރުމަށް ގޮވާލާ ކޮންމެ ކަމެއްގައި ''އައްޑޫ މީހުން'' ވަނީ އިސް ނަގާފައި. ދައުލަތަކުން ރައްޔިތުންނާއި މެދު ''ހިތުހުރިގޮތެއް'' ހަދާލަން ހިފާފައިވާ މިދަނޑިވަޅުގައި ވެސް އައްޑޫ މީހުން ތިޔަ ދެއްކެވީ ހަމަ ރަނގަޅު ނަމޫނާއެއް. އިންޑިޔާގައި ނަމަ ތިއީ ''ފަހުރުވެރި ސިކުން'' ފަދަ ޤައުމީ ބަތަލުން ގެ ދަރަޖަ ލިބޭނެ ރަށްވެހިން ތަކެއް ދިރިއުޅޭ ތަނެއް.
ޖާބިރު
04 October 2016
ކޮންކްރީޓް އިމާރާތަކުން ކޮން ތަރައްގީއެއް އަންނާނީ
ބަކުރު އެންޑް ޒުބޭރް
02 October 2016
ކޮބާ އައްޑޫއަށް މިނިވަންކަން ހޯދައިދޭންއުޅޭ މީހާ؟ އޭނާގެ ބަސް މިކަމުގާ ވަރަށް މުހިއްމުވާނެ.