28 ޑިސެމްބަރ 2019 - 12:22
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ފައިސާ ނަގައިގެން ނުކުތް މީހަކު ރަހީނުކޮށް، އޭނާގެ އަތުން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ފޭރުމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފޭރިފައި ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ކުންފުންޏެއްގެ ބިދޭސީ މުވައްޒަފަކު އެސްބީއައި އިން ފައިސާ ނަގައިގެން ނުކުތް ވަގުތު އެވެ.
ބޮޑުތަކުރުފާނު މަގު ނުވަތަ ރިންގްރޯޑް ގައި ހުންނަ އެސްބީއައި ކުރިމަތިން އެ ބިދޭސީ މީހާ ގަދަކަމުން ކާރަކަށް އަރުވައިގެން ހުޅުމާލެ ގެންގޮސް ގެ އަކަށް ވައްދައި ފޭރުނީ ކަމަށް އެ ކުންފުނީގެ މީހަކާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ. އެގޮތުން 130،000ރ. ފޭރިފައިވާ ކަމަށް ވެ އެވެ.
މި އަހަރުގެ ކުރީކޮޅު ބީއެޗްއެމް ޓްރޭޑާސް އިން އެސްބީއައި އަށް ޖަމާކުރަން ގެންދިޔަ 1.3 މިލިއަން ރުފިޔާ ވެސް ވަނީ ބަޔަކު ފޭރިގެންފަ އެވެ.
ގެއްލުވާލާފައިވާ މީހުންނާ ގޮތް ނޭންގޭ މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ވަނީ އެއީ ހަރުކަށި ދީނީ ފިކުރުގެ ބައެއް ކުރި ކަމެއް ކަމަށް ބުނެފަ އެވެ.
މާލޭގައި ފޭރުން އަނެއްކާ ވެސް އިތުރުވެފައިވާއިރު، އެ ކަމުގެ ތެރޭގައި އެކަކު ހުޅުމާލޭގައި މަރާލާފައިވާއިރު، ރޭ ވަނީ އެހެން މީހަކު ޒަހަމް ކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޅުލޯޔާ
29 December 2019
ފުލުހުންގެ ޒިންމާ މިއަށްފުރެން ފުރިހަމައަށް އަދާކޮށްގެން ނޫނީ ރަށުތެރޭގައި ރައްކާތެރިކަން ކަށަވަރު ނުވާނެ. ބޭންކުތައްކައިރި ބަލަހައްޓަންޖެހޭ ހިސާބަށް ގޮސްފިކަން އެންގެންވެއްޖެ. ރަށުތެރެއިން ފޭރެނީ. ވާކަމެއްނެތް ގެންގޮސްފަ ދޫކޮށްލަނީ. މަގުފޭރޭ މީހުންގެ އަދަބެއްގެ ގޮތުގައި އޮންނަނީ "ދަންޖެއްސުން" އެހެންވީމަ ކިތަންމެ ކުޑައަދަދެއް ފޭރުނަސް އެމީހަކު ދޫކޮށްލުން އިންސާފަކަށް ނުބެލެވޭ. ރައްކާތެރިކަން ކަށަވަރުކޮށްދޭން ފުލުހުން ކިބައިން އެދެން.
އަހުމަދު
29 December 2019
ޓްރިވެންޑްރަމް ގަ ވެސް ފޭރުމުގެ ކުށްތައް ކުރަނީ 1975 ގެ ހަނގުރާމައިގާ ރެފިއުޖީންގެ ގޮތުގައި އިންޑިޔާއަށް އެތެރެވި ބަނގާޅިންގެ ދަރިން. ޢެމީހުން އިންޑިޔާގެ އެކި ސަރަހައްދުތަކަށް ބަހާލީ ކެރަލާއަށް ގެނައި މީހުން އެ ތިބެނީ އެއަރޕޯރޓް އަށް ދާއިރު ދެފަރާތުން ފެންނަ ފަން ޖިފުޓި ތަކުގަ.
ޕަކާސް
29 December 2019
ބާރަށް އަތްޖަހާ ، ފުލުހުން ފޮނުވާ ސައިކަލްތަކުގަ ސިޓިކާޖަހަން.ފެއިލް ސަރުކާރެއް.ފޫބައްދަން މިހާރު ކިޔަނީ އެއް ވާހަކައެއް، އެއީ ދީނީ ފިކުރުގެ ބައެއް ކުރި ކަމެއް ،އެއީ ދީނީ ފިކުރުގެ ބައެއް ކުރި ކަމެއް!!! މީފޫބައްދަން ދައްކާވާހަކަ.......
ނިމާލު
29 December 2019
މިކަންތައް ހުއްޓުވަން ބޭނުންތޯއެވެ. އެއްމެކަމެއް ކޮށްލުމުން
ފާރޫގް
28 December 2019
މީވެރިކަމަށް ގެންނަން ހެޔޯވާވަރުގެ ބަޔެއްނުން.އެއްކަމެއްވެސް ނުވޭ.އެމީހަކާ އެމީހަކާ.ގަދަ މީހާ ގަދަ.ވައްކަމާއި ފޭރުން އިންތިހާއަށް.މަސްތުވާތަކެތި ބޭނުންކުރުން އިންތިހާއަށް.ގައުމެއްނެތް.
ނައުބެ
28 December 2019
ރަހީނު ކުރުމާ ފޭރުމާ ގިނަވޭ ރޯނު އެދުރުން ގިނަވެ ހަރުކަށިކަން ހައްދުފަހަނައަޅާ ދިޔައިމަ.
28 December 2019
އެމްޑީޕީ އަށް މި އަމަލެއް ނުފެނޭދޯ!!!! އެމްޑީޕީ އަށް ވޯޓް ދިނީ ތިހެން އުޅޭކަށް ނޫން!!! .... ރައްޔިތުންނަށް ރޯމާ ދުވާލު ހަމަލާ ދޭ އިރު މި ސަރުކާރުން އަޅާވެސް ނުލާ!!!! ރަގަޅު ހަލެއް ބޭނުން!!! އެމްޑީޕީ ވެރިކަމުގަ ޕާޓޭން މަގުމަތީ އަމާންކަމުގަ!!! ރައްޔިތުން ބިރުން ގޭގަ!!!
28 December 2019
ޕާޓޭން މާލެ ހިސޯރުކޮށްގެން ރައްޔިތުންނަށް އަނިޔާދޭއިރު އެމްޑީޕީ ސަރުކާރުން ހެވިދިއްލިފަ..... އެމްޑީޕީ އަށް ވޯޓް ދިނީ ތިހެން އުޅޭކަށް ނޫން! ނުވަންޔާ އިސްތިއުފާ ދީފަ އަލުން އެމްޑީޕީ ތެރެއިން އާ ރައިސެއް ހޯވަންވީ!!!!!
ޏަޖީބް
28 December 2019
މިހާރު ބަންގާޅީން ވެސް ފޭރުމުގައި ބައިވެރިވާ ކަމަށް ގިނަ ބަޔަކު ބުނޭ މީ ހާދަބޮޑުވެއްޖެ ބިރެކޭދޯ
އެންދެރި
28 December 2019
ސަމާލުވާށެވެ. ފޭރޫން ޑްރަގް ވިއްކުން ބުއިން ގޭންގް އަކުން މީހުން މެރުން ހައްދުފަހަނަ އެޅި އަމަލެއްގެ ގޮތުގަ ބުނާ އަޑު ނީވެ އެވެ. އެމީހެއްގެ ސަލާމަތް އެމީހަކު ހޯދަން ވީ އެވެ.