މާލޭގެ ގެއަކުން ވަގަށް ނެގި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފައި.-- ފޮޓޯ: ޕޮލިސް
01 ޖުލައި 2025 - 15:56
މާލޭގެ ގެއަކުން ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ބުނީ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ތިޖޫރީއެއް ވަަގަށް ނަގާފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ރ. އަލިފުށި، ހަބީބީހެޕް، އިސްމާއީލް ސާއިފް، 39 އެވެ.
މާލޭގެ ގެއަކުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި މީހާ.-- ފޮޓޯ: ޕޮލިސް
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެގެން ކަމަށެވެ. ތިޖޫރި ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ އެ މީހާ ހައްޔަރުކުރީ މިއަދު ހެނދުނު 11:05 ހާއިރު މާވެޔޮ މަގުން ކަމަށް ފުލުހުން ބުންޏެވެ.
ސާއިފް ހައްޔަރުކޮށް ބަލައި ފާސްކުރި އިރު، ތިޖޫރީން އޭނާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ފައިސާ އާއި އެ އިން ބައެއް ފައިސާއިން ގަނެފައިވާ ކަމަށް ބެލެވޭ މޯބައިލް ފޯނެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނޑުން
02 July 2025
ގުޑް ޖޮބް، ޕޮލިސް
ޕިކަޕީ
02 July 2025
މިޒާތު ކުނިބުނި ލައްގާނެ އެހެން ރަށްރަށަށްވެސް، އާރުޓީއެލް ފުޅާވިވަރަކުން.
އަހައްމަދޫ
02 July 2025
ހަބީބީ އައި ކޮޅަކަށް ޓެގް އަޅުވާފަ ފޮނުވާލަބަލަ. މިކަހަލަ މީހުނަށް ވެސް ޓެގް އަޅުވައިފަ ރަނގަޅަށް ފާރަވެރިވާންޖެހޭނެ
ދައިގަންނަގުރާ
02 July 2025
މާގިނަ ރުފިޔާ! ހައްޔަރު ކުރާވަރެއް ނުވޭ! ދޫކޮށްލާ.
އަހަންމާ.
01 July 2025
ރައްޔިތުންގެ ފައިސާއިން މިލިޔަނުން ވައްކަން ކުރި މީހުންނާއި، ކުރަމުންދާ މީހުން އެތިބީ މިނިވަން ކަންމަތީގަ، ވަގުލާރިން ލަގުޒަރީ އެޕާރޓް ރާއްޖެއިންނާއި، ރާއްޖޭން ބޭރުން ގަނެލައިގެން އަރާމުގަ އެހެރަގެން އުދުހެނީއެވެ. ހިލަމެއްވާ ތަންފީޒީ މުޢައްސަސާއެއް ނެތް ކަމީ ކޮޅުނެތް ކޮޅަށް ހިތާމަހުރި ކަމެކެވެ.
ދޯރި-
01 July 2025
ގޭގަ ތިޖޫރީ ބަހައްޓައިގެން ނަގުދު ފައިސާ މިހާ ގިނައިން ގެންގުޅޭ ސަބަބެއްވެސް ބަލަންޖެހެއެވެ. އިންޓެލް ފުލުހުން މިފައިސާ ގެންގުޅޭ މީހާއަށް ފާރަވެރިވާންވާނެއެވެ.
އާއެކޭ
02 July 2025
ބޭންކް ތަކަށް އިތުބާރު ނުކުރެވޭތީ!
ަސަމްސިއްޔާ
01 July 2025
މާދަމާ ގޮސް އެެހެންތިޖޫރިއެއް ފަޅާލާނެ.
ގައުމިއްޔަތު
01 July 2025
ފެންވަރުގެ އިއްޒަތްތެރި ބޭފުޅެއް
މިއައު
01 July 2025
ކޯޓުން އަނެއްކާ ހުކުމް ކޮށްފާނެ ތި އަނބުރާ އެސޮރަށް ދޭން. ކޮންމސް މޮޅު ވާހަކަ އެއް ކިޔާފަ
ލޯޔަރު
01 July 2025
ގޭގައި ތިޖޫރި ބަހައްޓައިގެން ކޮން ކަހަލަ ވިޔަފާރިއެއްބާ ކުރަނީ؟ ސޯސް އޮފް އިންކަމް ބުނެ ނުދެވޭ ކަހަލަ ވިޔަފާރިއަކީ ބާ؟ އެގޭގައި ތިޖޫރީގައި ފައިސާ ބަހައްޓާކަން، އެ ތިޖޫރި ވަގަށް ނެގި މީހާއަށް އެނގެނީ ކިހިނެއްބާ؟