ޚަބަރު / ވައްކަމާއި ފޭރުން

ރޭގެ ފޭރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އެ ކަންކަން ބަލަނީ

އޮޕަރޭޝަނެއްގައި ފުލުހަކު ހަރަކާތްތެރިވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލޭގައި ރޭ މީހެއްގެ ވޮލެޓް ފޭރިގަތުމަށް އޭނާ އަށް ހަމަލާދީ ޒަހަމްކޮށްލި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަ ކުރެވުމުން، އިތުރަށް އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފޭރުމުގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަ ކުރެވުނަސް އޭގެ ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ. ފުލުހުން ބުނީ ފޭރުމުގެ ތެރޭގައި އަނިޔާ ވީ ކުށުގެ ރެކޯޑް އޮންނަ މީހަކަށް ކަމަށެވެ.

"ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާ ކުރަމުން ދާނަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ފޭރުން ހިންގި މީހާ ހައްޔަރުކުރި ކަމެއް އަދި ފުލުހުން ނުބުނެ އެވެ.

ފުލުހުން ރޭ ބުނިގޮތުގައި ކާނިވާ ސަރަހައްދުގައި ހަމަލާދީފައި ވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންނެވެ.

އެ މީހާގެ އަތުގެ ކުޑަހުޅުން މަތިން 2-3 އިންޗިއެއްހާ ތަން ފުންކޮށް ކަފާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

17 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 64%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

faathuma

29 December 2019

ޕާޓޭންނަކީ ރައްޔިތުންނަށާ މިގައުމައްޖެހިފައޮތް ބަލާވެރިކަމެއް. މިބައިގަނޑުގެކިބައިން ރައްޔިތުން ސަލާމަތްކޮށްދޭން ކޮންމެވެރިކަމެއވެސްވަނީ ނުކުޅެދިފަ، ފުލުހުންނަށްވާބެހޭކަމެއްވެސްނޫން. ރައޔިތުންގެ ފައިސާއިން ބޮޑުމުސާރަނަގައިގެން ތިބެނި، ދައުލަތަކާވާބެހޭވެސްކަމެއްނޫން.

The name is already taken The name is available. Register?

ބޮޑުމީހާ

29 December 2019

ނަންވާނީ ހަރުކަށި ފިކުރުގެ މީހުންނަށް. ސިފައިން ނެރެގެން އޮޕަރޭޝަންތައް ހިންގާ މުޅި ދުނިޔެއަށްއަށް އާއްމުކުރާއިރު މި ޕާޓޭންގެ އުދަގުލުން މިގައުމު ސަލާމަތްކުރަން ނުކުންނަން ވެއްޖެނުން.

The name is already taken The name is available. Register?

ދީމާހު

29 December 2019

ހަރުކަށި މީހުން ހައްޔަރު ކުރެވޭ ރަނގަޅު ކަމެއް. ހަމަ ތިޔަ ގޮތައް ޕޭޓޭންތައްވެސް ހައްޔަރުކޮއް މަގުމަތި އަމާންކޮއްބަލަ

The name is already taken The name is available. Register?

ކަނބިލި

29 December 2019

ލާދީނީ ބައިގަނޑާއި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައި ތިބޭ ބައިގަނޑަކީ ޕާޓީގެ ވާގިވެރިން. ޕާޓޭންނަކީ ޕާޓީގެ އެސެޓެއް. ވެރިކަން ލިބޭއިރައް މިބައިގަޑު މަގު މައްޗައް ދޫކޮށްލާނެ. އާން މު ރައްޔިތުން ދެން އުޅެން ޖެހޭނީ ބިރުވެރި ނާ މާން ކަ މެއްގައި

The name is already taken The name is available. Register?

މަޝާރު

29 December 2019

ވިސްނާފިކުރުކޮއްލައްވާ. މީން އެންމެ ކަމެއްވެސް ބޮޑުވެގެން ހަގީގަތުގައި ރައްޔިތުން އެހީވާން ނުކުތް ސިޔާސީ މީހެއް ދައްކަބަލަ. އަހަރުމެން އަމިއްލަ ނަފްސާއި ހަމައަށް ނުވަތަ އާއިލާއާއި ހަމައަށް މައްސަލައެއް ނާންނަ ކަމައްވަންޏާ އެއީ ނޯމަލް. އޯކޭ. ކަމެއްކުރާކަށް ނުޖެހޭ މާބޮޑަކަށް. އޮފީހައް ވަޑައިންފަ ބޮޑުމުސާރަ ނަގަންވީ. އެކަމު އާންމުފަރުދުން ކޮންމެ ދުވަހަކު ހަނގުރަާމައެއްގަ. ކޮބާ ވަތަން ދެކެލޯބިވާ ވެރިޔެއް؟ ދައްކަބަލަ. އެމީހަކާ އެމީހަކަ. ފައިސާ!

The name is already taken The name is available. Register?

28 December 2019

ޕާޓޭން މާލެ ހިސޯރުކޮށްގެން ރައްޔިތުންނަށް އަނިޔާދޭއިރު އެމްޑީޕީ ސަރުކާރުން ހެވިދިއްލިފަ..... އެމްޑީޕީ އަށް ވޯޓް ދިނީ ތިހެން އުޅޭކަށް ނޫން! ނުވަންޔާ އިސްތިއުފާ ދީފަ އަލުން އެމްޑީޕީ ތެރެއިން އާ ރައިސެއް ހޯވަންވީ!!!!!

The name is already taken The name is available. Register?

މާސްޓަރު

28 December 2019

މަބުނީ، ހައްދުފާހާނާ އެޅި ބައެކާއި ގުޅުވާލެވޭނެގޮތެއް ހޯދަނީތަ.

The name is already taken The name is available. Register?

ކިބޫ

28 December 2019

ޜޭގަޑު ރަންކޮޅެއް ދަންގަޑީޣަ ރަސްފަންނުގަ ތިއްބަ ދެރެއަކު ޕާޓު ކުދިން ފަންޑު ފަންޑުފޮށި ހިފައިގެން ސަލާންޖަހަން އައި . .ބޮޑެތި ސިންގާ ފިރިހެނުން ލަދެއް ނުގަނޭ އަންހެނުން ފަހަތުން ފައިސާ ހޯދަން އުޅެންވެސް . ދަރިގޮވައިގެން ގުރުވާން ކްލާހުން ނުކުންނަނިކޮށްވެސް ދައްތާ ދިހަރުފިޔާ ދީބަލަ އެކަނިދާ އަންހެނުން ފަހަތުންވެސް މިކަހަލަ ސޮރުން ދުވޭ

The name is already taken The name is available. Register?

ީޖހޖ

28 December 2019

ބޮޑު އުދަގުލެއް...މިއުޅެނީ ދަރިން ގެ ކަންކަން ކޮއްފަ އަމިއްލަ ނަފްސަށް ހަރަދު ކުރާނެ އެއްޗެއް ނެތިގެން.ދެން އަދި ވީ ތިޔަ ބަޔަކަށް ރުފިޔާ ބަހަން

The name is already taken The name is available. Register?

ލާމުއޮންލައިން ޑޮޓްކޮމް

28 December 2019

އަންހެނުން ފަސޭހައިން ތިޔަފާޑުމީހުނަށް ފައިސާދޭތީ ތިޔަހެން ތިޔަދިިމާވަނީ، ނުދޭނަމޭ ބުނަން ލަދުން ނުވަތަ ސިންޕަތީވެގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ ފިރިހެނުންނަށްވުރެން މާ ފަސޭހައިން އަންހެން ކަނބަލުން މިފަދަމީހުނަށް ފައިސާދޭ!

The name is already taken The name is available. Register?

ކުށަން

28 December 2019

ތިޔަވާނީ މާނައޮޅުނީކަމަށް

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

28 December 2019

ސުވާލުނޫފެދޭ ކަމެއް އޮވޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454