ޑރ. އަފްރާޝީމް: އޭނާ އަވަހާރަކޮށްލުމުގެ މޭސްތިރިން ކަމަށް ތުހުމަތުކޮށް ދައުވާކޮށްދޭން އެދުނު ދެ މީހަކަށް ދައުވާނުކޮށް ޕީޖީން ވަނީ ތަހުގީގު ފުރިހަމަ ކުރަން ފޮނުވާލާފައި.
31 ޑިސެމްބަރ 2019 - 12:18
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ފަހު، ދައުވާ ކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލަތައް، ތަހުގީގު ފުރިހަމަ ކުރަން އަނބުރާ ފޮނުވާލައިފި އެވެ.
މަރު ކޮމިޝަނުން ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ އަނިޔާވެރިކޮށް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރައިލުން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ. މިއީ، ތިން މަރުގެ ވެސް މޭސްތިރިން ކަމަށް މަރު ކޮމިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ.
މީގެ އިތުރުން، އަފްރާޝީމްގެ މަރާ ގުޅިގެން ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ކޮމިޝަނުން އެދިފައިވެ އެވެ. އެކަމަކު ތިން މައްސަލައިގައި ވެސް ދައުވާކޮށް ނުދީ ޕީޖީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރު އަހްމަދު ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ ކޮމިޝަނުން ހުށަހެޅި ތިން މައްސަލައިގައި ދައުވާ ކުރަން ބެލިއިރު، ތަހުގީގު ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފެނިފައިވާ ކަމަށެވެ.
"މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ފަހު އަލުން ހުށަހެޅުމަށްޓަކައި ވަނީ އަނބުރާ ފޮނުވާލާފައި،" ޝަފީއު ވިދާޅުވި އެވެ.
ތަހުގީގު ފުރިހަމަ ކުރަން ފޮނުވީ މަޒީދާއި ސާމިތުގެ މައްސަލަ އެވެ. ޝަހީމްގެ މައްޗަށް ދައުވާކޮށް ނުދިނީ، ޕީޖީން އެދުނީ، އެނގިފައިވާ ގޮތުގައި ފުލުސް އޮފީހަށް ހުށަހަޅައިގެން ޖިނާއީ ތަހުގީގެއް ހިންގުމަށެވެ.
ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާނާއި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަފްރާޝީމް، އަދި ބްލޮގާ ޔާމީން ރަޝީދު-- ފޮޓޯ: މިހާރު
މަރު ކޮމިޝަނުން ހުށަހެޅި މައްސަލަތައް ޕީޖީން އަނބުރާ ފޮނުވާލި އިރު އެ ކޮމިޝަންގެ ތަހުގީގުތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އަފްރާޝީމާއި އާއި ނޫސްވެރިޔާ ރިލްވާންގެ މަރުގެ ވެސް މުހިއްމު މައުލޫމާތުތަކެއް އާއްމުކުރި އިރު މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް ކޮމިޝަނުން އަޅައިފައެއް ނުވެ އެވެ. އެކަމަކު އެ މަރުތަކުގައި އެކި ގޮތްގޮތުން ބައިވެރިވި މީހުންނާއި އެ މީހުންގެ ދައުރު ވެސް ރިޕޯޓްތަކުގައި ހާމަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދި ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވިދާޅުވެފައި ވަނީ، މަރު ކޮމިޝަންގެ ރިޕޯޓްތަކާ ގުޅޭ ގޮތުން އެއްވެސް މީހަކާ މެދު ފިޔަވަޅެއް އެޅޭވަރުގެ ހެއްކެއް ނެތް ކަމަށެވެ. ދެ ބޭފުޅުން މި ވާހަކަ މިގޮތަށް ވިދާޅުވަނީ ރިޕޯޓްތަކާ ގުޅޭ ގޮތުން މަރު ކޮމިޝަންގެ މެމްބަރުންނާ އެކު ކަމާ ބެހޭ އިދާރާތަކުން ބޭއްވި ބައްދަލުވުމެއްގައި މެމްބަރަކު ދެއްކެވި ވާހަކައަކާ ހަވާލާ ދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީސަ
31 December 2019
ހެއްކެތް ނެތި މިވެނި މީހެކޭ ބުނީ ކީއްވެތޯ؟
މަސްތުރާ
31 December 2019
މަރު ކޮ މިޝަނޭ އެހެން އެއްޗެކޭ ކިޔައިގެން ރައްޔިތުން ލޮލުގަ އަނދުން އެޅުވީ.
ދޮންހަސަނު
31 December 2019
ތިޔަހެން ރަމަން ރަމަންފޯލި ކުޅެކުޅެ ހުރިހާ ކަމެއް ނިންމާލާނީ އެއްވެސް ކަމެއް ނުކުރެވޭނެ ހުރިހާ މުއައްސަސާތަކަށް އެމްޑީޕީގެ ބޮޑުން އައްޔަންކޮށް ކޮމިޝަންހަދައި އެތަނަށްވެސް ބޭނުން ބަޔަކު އައްޔަންކޮށް ބޭނުން ގޮތަކށް ގޭސްގަނޑު އަނބުރަނީ އެއްވެސް ކަމެއްގެ ހަޤީޤަތެއް ނުހޯދާނެ ހޯދައިފިނަމަ އަމިއްލަ ބަރަހަނާ ވެދާނެތީކަމަށް ބެލެވެނީ މުޅިންވެސް ހޮޅި ވާހަކަ ދައްކަނީ އެއްވެސް މަރަކަށް އިންސާފެއް ހޯދައި ނުދެވޭނެ މުޅި ޤައުމު ބަނޑުދަށުލާން މަސައްކަތްކުރަނީ
ޢަބުޅޯ
31 December 2019
ދެން އަންނައަހަރު އަލުންފެށީ މަރަނގަޅުވާނެކަ މަބެލެވެ.
މިންނު.
31 December 2019
ޝަހީމް ކިހިނެތް ތިހަދަނީ؟ އިތުބާރު ގެއްލޭގޮތްވޭ ..
ޝޮކްތެރަޕީ
31 December 2019
އެމްޑީޕީ އުޅެނީ މިމަސްސަލަ ފޮރުވައިގެން. ސަބަބަކީ މި ކަމުގެ ސާމިލްވަނީ އެމްޑީޕީ މީހުންކަމައްވާރީ.
ގަމަރު
31 December 2019
މިޖެހުނީ ކޮންތާކު؟
ރަދީފުއްދީނުލް އަކްބަރު
31 December 2019
ދެން ތިކަމެއް ނުވިއެއްނު. ދެން އެންމެން އެއްފަހަރާ އިސްތިއުފާދީފާ ބޮލިހިލަންދޭބަލަ.
ޢިބޫ
31 December 2019
އެގޭ އޭރުވެސް ތިހެންކަން ވާނީ. ރައްޔަތުން ހަރަދުކުރި ފައިސާ އެމީހުންއަތުން އަތުލުމަށް ދައުވާކޮއްދިނުމަށް އެދެން. މިކަހަލަ މީހުން ތަންތަނަށްލީމަ ރައްޔަތުންގެ ބައިތުލްމާލު ހުވަނީ ވާކަމެއް ހަރާން.
ޓަކަފިރޯށި
31 December 2019
އާނ މީކާއީލު ކީއެތި އެބަ ދި މާވޭ