ޭފަސް ރަށެއްގައި އީއައިއޭ ހަދަން ވެވުނު އެއްބަސްވުމުގައި ނެޝަނަލް ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ (ކ.2) އާއި ހަބްޝީ އިންޖިނިއަރިންގެ ކަންޓްރީ ޑިރެކްޓަރު ރައްޒާގު (ވ.2) ސޮއިކުރައްވަނީ -- ފޮޓޯ: މިހާރު
31 ޑިސެމްބަރ 2019 - 16:30
ފަސް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދަން ކުވެއިތުގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ނޭޝަނަލް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގައި އެ މަސައްކަތް ހަވާލުކުރީ އެ ގައުމުގެ އަލް ހަބީޝް އިންޖިނިއަރިން ކޮންސަލްޓެންޓްސް އޮފީހާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ ހއ. ކެލާ އާއި ރ. އަލިފުއްޓާއި ރ. ހުޅުދުއްފާރާއި މ. މުލީގެ އިިތުރުން ލ. ގަން އަދި ތ. ގުރައިދޫގައި މަގު ހެދުމަށްޓަކައި ބޭނުންވާ އީއައިއޭ ހެދުމުގެ މަސައްކަތެވެ.
މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ކުވެއިތު ކުންފުނިން ސޮއި ކުރެއްވީ ކަންޓްރީ ޑިރެކްޓަރު އަބްދުލް ރައްޒާގު އިދްރީސް އެވެ.
މި ފަސް ރަށުގެ އީއައިއޭ ހެދުމަށް ކަނޑައަޅާފައި ވަނީ 3.1 މިލިއަން ރުފިޔާ އެވެ. އެ މަސައްކަތް ނިންމަން ޖެހެނީ ހަތަރު މަސް ދުވަހުންނެވެ.
އަލް ހަބީޝް ކުންފުންޏާ ހަވާލު ކޮށްފައިވާ މަސައްކަތުގެ ތެރޭގައި މަގު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާވޭ އާއި ޑީޓެއިލް ޑިޒައިން އަދި އީއައިއޭ ހެދުން ހިމެނެ އެވެ.
މި ސަރުކާރުން ބުނެފައި ވަނީ، ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހިންގީ މި ސަރުކާރުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
01 January 2020
މިވެސް އަޖާއިބު އަންތަރީސް ވާވަރުގެ ކަމެއް. ޤުދުރަތީގޮތުން އުފެދުމުގައިވެސް މުޅިރާއްޖޭގެ އެހެން ހުރިހާރަށަކާއި ތަފާތުގޮތަކަށް މާމަތިވެރި މުޤައްދަސް ރަތްކާތެރި ރަށެއްގެ ގޮތުގައި އުފައްދަވާފައިވާ ރަށެއްތޯ މާލެއަކީ ؟! # މިހެންމިދެންނެވީ މާލޭގައިއެހެރަބޮޑެތިއިމާރާތްތަކާއި މަގުތަކާއި ހަދަމުންދާއިރު ތިކަންކަން ވަގުތުވަގުތަށްނިންމާއިރު ރަށެއްގެ ސަހަރާ ފާރުގައި ކުލަލާން ޖެހުނަސް އަތިރި މަތީގައި ހޮޅުއަށްޓެއް ހަދަންވެސް އީއައިއޭ ހަދަން 5 އަހަރު ނަގާތީ.