ލައިފްސްޓައިލް / މީހުން

ޖެފް، ބެޒޯސް އަނެއްކާ ވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް އަށް އަލުން ލިބުނާތާ ދެ މަހެއްހާ ދުވަސް ވެސް ނުވަނީސް އެ މަގާމު އޭނާ އަށް ގެއްލި، އަލުން އަނެއްކާ ވެސް އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އަށް އެންމެ މުއްސަނދި މީހާގެ މަގާމު ލިބިއްޖެ އެވެ.

އެ މަގާމު ޖެފް 55، އަށް މިދިޔަ އަހަރު ގެއްލުނީ އުމުރުން 25 އަހަރުވީ ކައިވެނި ވެސް ރޫލައިލަން ޖެހުމާއި ކުންފުނީގެ އާމްދަނީ ވެސް ދަށްވުމުންނެވެ. ޖެފްގެ ކުންފުންޏަށް މިދިޔަ އަހަރު 10 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވި އެވެ. ނަމަވެސް އަލުން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އޭނާ ރުޖޫއަވީ އިރު، މިލްކިއްޔާތު މިހާރު 115 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބްލޫބާގް ބިލިއަނާޒް އިންޑެކްސް އިން ދައްކަ އެވެ.

ގޭޓްސް 64، ގެ މިލްކިއްޔާތަކީ މިހާރު 113 ބިލިއަން ޑޮލަރެވެ.

އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ތިން ވަނަގައި އަދިވެސް އޮތީ މިދިޔަ އަހަރު އެ މަގާމު ލިބުނު ފްރާންސްގެ މަޝްހޫރު ވިޔަފާވެރިޔާ ބާނާޑް އާނޯލްޓް 70، އެވެ. ލުއީ ވިޓޯންގެ ވެރިޔާގެ މިލްކިއްޔާތު 108 ބިލިއަން ޑޮލަރަށް އަރަ އެވެ.

ބްލޫމްބާގުން ބުނިގޮތުގައި ޖެފާއި ގޭޓްސް އާއި ބާނާޑް އަކީ އެންމެ މުއްސަނދި މީހުންގެ ލިސްޓްގައި މިލްކިއްޔާތު 100 ބިލިއަނަަށް އަރާ ހަމައެކަނި ތިން މަހުޖަނުންނެވެ.

އެންމެ މުއްސަނދި 10 މީހުންނަށް ބަލާ އިރު ހަތަރު ވަނައިގައި އުޅެނީ ބާކްޝަޔާ ހެތަވޭގެ ވެރެން ބުފެޓް (89.9 ބިލިއަން ޑޮލަރު) އެވެ. ފަސް ވަނައިގައި ފޭސްބުކްގެ ބާނީ މާކް ޒަކަބާގް (74.9 ބިލިއަން ޑޮލަރު)، ހަ ވަނައިގައި އޮރޭކަލްގެ ވެރިޔާ ލެރީ އެލިޒަން (69.2 ބިލިއަން ޑޮލަރު)، ހަތް ވަނައިގައި ޒާރާގެ ބާނީ އަމެންޝިއޯ އޯޓެގާ، އަށް ވަނައިގައި ގޫގުލްގެ ލެރީ ޕޭޖް (61.2 ބިލިއަން ޑޮލަރު). ނުވަ ވަނައިގައި އެމެރިކާ މޯވިލްގެ ކާލޯސް ސްލިމް (60.4 ބިލިއަން ޑޮލަރު) އަދި 10 ވަނައިގައި އުޅެނީ ރިލައިންސް ލިމިޓެޑްގެ ވެރިޔާ މުކޭޝް އަމްބާނީ (60 ބިލިއަން ޑޮލަރު) އެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 44%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިއުޅި

03 January 2020

އަޅެ މިދިވެހި ޤައުމުންވެމިކަހަލަ މުއްސަނދިން އިއުލާނުކޮށްދޭންވީނު. ޗަންޕާމެން މިލިސްޓުގައިވަނީ ކިތައްވަނާގައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454