×
02 ޖެނުއަރީ 2020 - 22:40
ފުރުގާން މިސްކިތަށް އެރުމަށް ޓަކައި އަމީނީ މަގުގެ ކަފިހި ހުރަހެއްގެ މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖައްސައި އެކްސިޑެންޓް ކޮށްލައިފި އެވެ.
ފުލުހުން ބުނީ މިރޭ 7:40 ހާކަންހާއިރު ހިނގި އެކްސިޑެންޓުގައި، ސައިކަލުން ޖެހުނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކަމަށާއި އޭނާގެ ބޯ ފަޅައިގެން ދިއުމުން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ އަށް ސީރިއަސް އަނިޔާއެއްވެފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުންގެ މީިޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓްކޮށްލި ސައިކަލް ދުއްވަން އިން މީހާ، ފިލާފައިވާ ކަމަށާއި އެހެން ނަމަވެސް، ސީސޓީވީ ފުޓޭޖް މެދުވެރިކޮށް، އެ ސައިކަލް ދެނެގަނެ، ޓޯކޮށްފައިވާ ކަމަށެވެ. ސައިކަލް ދުއްވި މީހާ ހޯދަން ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންފަގެއަލީ
04 January 2020
ދުއްވާމީހުންނާއި ހިގާމީހުންވެސް ސަމާލުވާންޖެހޭ. ބައެއްމީހުން ބުންކަނޑާ މީހަކަށް ނުބަލާ ހުރަސްމަތީ ހުންނަމީހާގެގައިގައި ކިރިޔާނުޖެހި ދާއިރު ހުރަސްކުރާމީހުން އަންނައެއްޗަކަށް ނުބަލާ ހިނގައިގަންނަތަން އެބަފެނޭ. ދެފަރާތުންވެސް ވިސްނާފިކުރުކުރަންޖެހޭ
އައިޝޫ
06 January 2020
ބަލަ ހުރަސް ކުރާ ތަނުގަ މީހުން ތިބިއްޔާ މަޑުކުރަން ޖެހެޔޭ ތީކީ އަދި މުޅިން ރަނގަޅު ވާހަކައެއް ނޫން
އޭސީޕީ ސުބްރަމާނިއަމް
03 January 2020
މަގު ހުރަސް ކުރާ މީހުންވެސް ޖޫރިމަނާ ކުރަންޖެހޭ ގަވާއިދު ތަކެއް ހަދަންޖެހޭ ސަބަބަކީ ހަމަ ހިނގަ ހިނގަ ހުރފަ ފުއްމައިގެން އަރާފާނެ ކަފިހުރަހައް ނޫނީ މަގު ހުރަސް ކޮއްލަފާނެ.. މިކަހަލަ މީހުންވެސް ފުޓޭޖް ބަލާފަނަމަވެސް ކަމެއް ދިމާވެއްޖެނަމަ 500ރ ޖޫރިމަނާ ކޮށްގެންވެސް އެބަޖެހޭ މަގުމަތީ އަޙްލާގައް ގެންނަން..
ސީ.އައި.ޑީ ކްރައިމް ޕެޓްރޯލް
03 January 2020
ތިކަން ތިހެން ވާންޖެހޭ އެންމެ ބޮޑު ކަމަކީ މަގުމަތީ އުޅޭ ޖަނާވަރަކަށް ވެސް އެބަ އެނގޭ ދާންވި ވަގުތާއި އޭނާގެ ބާރުމިން އެހެނަށް އަހަރެމެންގެ ތެރެއިންވާ ބައެއް ސަޅިބެ އިންނަންޖެހެނީ މަގުފުޅާ ކޮށްގެން ދުއްވަން. މީގެ ހައްލަކީ ހަމަ ޖޫރިމަނާ ކުރުން. ކަފިހުރަސް ތަކަށް މީހުން ހުރަސް ކުރަން ތަންނުދީ ދާމީހުން 1000ރ އިން ނުގަވައިދުން ދުން ވަންވޭފަޅާ މީހުން 1500ރ ލައިސަންންސް ނެތި ދުއްވާ މީހުން 3000ރ ޖަމަލެއް ކާރެއް ކިޔާނެ ކަމެއްނެއް. އަހްލާގެއް ނެތްމަވާގޮތް
އަލީ އަހުސަނު
03 January 2020
މަގު ހިގާމީހުން ވެސް ނުބަލަނީ، މަގުހުރަސް މައްޗައް އެބަފުއްމާލާ ކާރު މަގުހުރަހުގެ އެއްބަޔައް އަރާފައޮއްވާވެސް. އަދި މަގުން ހުރިދިމާލަކުން ތަނެއް ދޮރެއް ނުބަލާ ދުވާކުދިން އެބަ ޖެހޭ ހައްޔަރުކުރަން.
މައިކް
03 January 2020
އެއްމެ މުހިއްމުކަމަކީ މަޑުކުރުމާއިއެކު އެއްކޮއް މަޑުކުރުން. ބާރަށް ދުއްވަން އެގޭފަދައިން. އެއްލަކިން ދީފައިވާ ލައިސަންސް ބާތިލްކުރުން.
ރަބަރު
03 January 2020
ކަފިހިހުރަހުން ހުރަސްކުރާ ދުއްވާމީހުންނާ ހިނގާފަދާ މީހުންވެސް އިތުރަށް ހޭލުންތެރިވާންޖެހޭ. ދުއްވާމީހާމަޑުކުރީމަ އޭނައަށް ތަންދީގެން ހުރަސްނުކޮށްތިބޭމީހުންތިބޭ. ހިނގާފަދާމީހާ އެއްކޮށް ހުރަސްނުކުރަނީސް ދުއްވަންފަށާ މީހުންތިބޭ.
ތިކި
03 January 2020
ކަލެއަށް ކޮން ކަމެއް ކޮންމެ ތާކަށް ދިޔައަސް ނުބަލާ ދުއްވީމަ ދޯ ޖެހުނީ މަގުހުރަސް މަތިން ދުއްވަން ވާނީ ހިނގާ މީހުންނަށް ބަލާގެން
ކަކުނިބޯ
02 January 2020
މަގުމަތީ ދެފަރާތުގެ ހައްޤު އޮވޭ. ބައެއްމީހުންނަށް ހީވާކަހަލަ ކަފިހުރަހަކަށް ފުން މާލިޔަސް ތި މަންނަ މިހުރީ ބާބަލާރިންގަށް އެރިފައޭ ހުއްދަދިނީ މައޭވަދެވޭނީ. ދެކޮޅުން އެއްޗެހިދުއްވަ ދުއްވާއޮށްވާ ފުން މާލަނީ ކިތަން މެބަޔަކު އަދި މިހާރު ބަންގާޅިން މިކަމުގައި ވަރަށްކުރީގައި
ހިގާ މީހުން
03 January 2020
ދުނިޔޭގެ މަގު މަތީ ސަލާ މަތް އެއް މެ ބޮޑު އެއްގައު މުކަ މުގައިވާ އިގިރޭސި ވިލާތުގެ ގާނޫނު އޮންނަގޮތުގައި، މަގު މަތީގައި އެއް މެ ފުރަތަ މަ ހައްގު ލިބެނީ ހިގާ މީހުންނަށް. މީގެ އެއް މެ ބޮޑު ސަބަބަކީ، ދުއްވާ އެއްޗެހީގެ ސްޕީޑް ހިގާ މީހުންނަށް ވުރެ ބާރުވެފައި، ދުއްވާ އެއްޗިއްސަކީ، އޭގެ ޒާތުގައި، ނުރައްކާ އެއްޗެހީގެ ގޮތުގައި ބެލެވިފައިވުން.
ހުސްނުވާ
03 January 2020
ކަފިހި ހުރަސް މައްޗަށް އެއްވެސް ވެހިކަލެއް ނާރަނީސް އެ ހުރަސް މައްޗަށް އަރައިގެން ހުރަސްކުރަން މަޑުކުރަންވެއްޖެއްޔާ އިރުއޮއްސިދާނެ. އަބަދު ކޮންމެވެސް ވެހިކަލެއް އައިސް އައިސް އޮންނަނީ. ކަފިހި ހުރަހަށް އަރަން މަޑުކޮށްގެން ހުއްޓާ މަދު ވެހިކަލެއް މަޑުކޮށްފާނެ. އަނެއްބަޔަކު އަޅާނުލާ ހުރަހަށް އަރައިގެން ދާނެ. ކަފިހިހުރަސް އެއްކޮށް ހުސްވާ ތަނެއް ނާދޭ އެހެން ކިތަންމެ އިރަކު ހުއްޓަސް.
ވީނަސް
02 January 2020
ނޫނޭ. އޭނާ ކަފިހުރަސް ކުރީ ސައިކަލު އަންނަކަން އެނގި ހުރެ ސައިކަލުން ޖައްސާތޯ.
ކަކަކަކަ
02 January 2020
އޭނަ ކަފިހި ހުރަސްކުރީ ހަމަ މިސްކިތަށް ދާންވެގެންތަ؟
ބޮކަރުމާ
02 January 2020
އޭނާ ނާޗަރަންގީ ކުޅެން ދިޔައަސް ނުޖެހޭ ދޯ އޭނަ ގައިގަ ސައިކަލުން ޖައްސާކަށް!
އާދަނުު
03 January 2020
ތިއީ ހަމަ އިބުލީސްތަ؟