ސިނަމާލެ ބްރިޖް: ރެއިލިން ތަކުގައި ލަނީ ހާއްސަކޮށް މި ބްރިޖަށް އުފެއްދި ކޯޓިންއެއް. --މިހާރު ފައިލް ފޮޓޯ
05 ޖެނުއަރީ 2020 - 19:42
ސިނަމާލެ ބްރިޖުގެ ރެއިލިންތަކުގައި ދަބަރުޖެހުން ހުއްޓުވަންޓަކައި މިހާރު ލަމުން އަންްނަ އާ ކޯޓިން އަކީ ސީދާ އެކަމަށް ޚާއްސަކޮށް ޗައިނާގެ ޔުނިވާސިޓީއަކުން އުފެއްދި ކޯޓިންއެއް ކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ.
ސަފީރު ޒާން ލިއޮން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ ގާޑް ރެއިލްްތަކުގައި ދަބަރު ޖެހިޔަ ނުދޭ ޓްރީޓްމެންޓާއި ކޯޓިން އުފެއްދުމަށް ތިން މަސް ދުވަސް ހޭދަވި ކަމަށެވެ. އަދި އެއަށް ފަހު 24 ގަޑިއިރު ލޮނު ޖަހާ ގޮތަށް ސާމްޕަލް ބަހައްޓައިގެން ނުވަ މަސް ދުވަސްވަންދެން ޗެކް ކުރުމަށް ފަހު ލެބޯޓްރީ އަށް ގެންގޮސް ޓެސްޓް ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތް ކުރީ ޗައިނާގެ ޝިއޭމަން ޔުނިވާސިޓީ އާއި ބްރިޖު ހެދި ސީސީސީސީ އިންޖިނިއަރިންގެ ޓީމުން ގުޅިގެންނެވެ. ސަފީރު ވިދާޅުވީ ބްރިޖުގެ ރެއިލިންގައި ދަބަރު ނުޖަހާ ގޮތް ހެދުމަށް އަހަރު ދުވަސް ހޭދަވީ ދިރާސާކޮށް ޓެސްޓް ކުރަން ވަގުތު ހޭދަވުމުން ކަމަށެވެ.
Pro. Lin Changjian is visiting Maldives from Xiamen Uni., specializes in corrosion and protection for 40 yrs. As a member of EU Academy, he leads the team to develop passivation treatment and anticorrosion coating of guardrails in the Bridge. Here are his answers to some Qs. pic.twitter.com/PL4R5B9Shn
— Amb. Zhang Lizhong (@AmbassadorZhang) January 5, 2020
ބްރިޖްގެ ގާޑް ރެއިލްގައި ދަބަރު ޖެހިޔަ ނުދޭން ލަމުން އަންނަ ޓްރީޓްމެންޓާއި ކޯޓިން އުފެއްދުމުގައި އިސްކޮށް އުޅުއްވި ޕްރޮފެސަރު ލިން ޗާންޖިއާން މިހާރު ހުންނެވީ ރާއްޖޭގަ އެވެ. ސަފީރު ޒާން ކުރެއްވި ޓްވީޓެއްގައި ޕްރޮފެސަރުުގެ ވީޑިއޯ މެސެޖެއް ހިމެނުއްވި އެވެ.
"މި ދާއިރާގައި އަޅުގަނޑު ގިިނަ އަހަރުތަކެއް ވަންދެން މަަސައްކަތް ކޮށްފިން. އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑުގެ ޓެކްނޮލޮޖީ އާއި އުފެއްދުމުން ބްރިޖަށް ފައިދާ ކުރާނެ ކަމަށް،" މެސެޖްގައި އޭނާ ވިދާޅުވި އެވެ.
ބްރިޖްގެ ދަނގަނޑު ރެއިލިންތަކަށް ޓްރީޓްމެންޓް ދިނުމާއި ކޯޓިން ލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ކޯޓިިން ލުމަށް ފަހު ހިކެންދެން ބަހައްޓަނީ ހިޔާ ކޮށްފަ އެވެ.
ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ޚަރަދުވި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމްޒު
06 January 2020
ޗައިނާއަށް ޝުކުރިއްޔާ.
ނީނޯ
06 January 2020
ހަމައެކަނި ރާއްޖެ ކަނޑުގެ ލޮނު ބޭނުންކޮށްގެން ދިރާސާ ކުރިޔަކަސް ނުވާނެ. ރާއްޖޭގެ ޓެމްޕަރޭޗަރ އަށް ވެސް ބަލަންޖެހޭނެ ތިކަހަލަ ރިސާޗްގަ. ބްރިޖް މަށްޗަށްވާ ގަދަ ހޫނުގަ ހިފާއްޓާލެވޭނީ ވަރަށް މަދު ކޯޓިންގ އަކަށް. ދުވަސްކޮޅެއް ތެރޭގަ ތި ފޮޅިގެންދާނެ. މެއިންޓަނަސް ޕީރިއަޑް ހަމަވާ ފަހުން ދެން އަހަރުމެންވީ ކަލޭމެން އަތުން ބޮޑު އަގުގަ ތިކޯޓިންގ ގަންނަން. ހައްލަކީ އެސް އެސް ދަގަނޑު ޖެހުން.
ހަސަންބޭބެ
06 January 2020
ޗައިނާގެ ޕޮރޮފެސަރަކައްވެސް ނީނޯ ތިވިސްނާ ލެވެލްއާ ގާތައްވެސް ވިސްނާނުލެވެނޭނެ. ނީނޯމެން ޖައްވައްސެޓެލައިޓް އެއްޗިހި ފޮނުވާއުޅުނަސް މިޗައިނާމީހުނައް ކޮންރިސާޗެއްތަހެދޭނީ. ހިޔާލައްވެސްނާންނާނެ އެތަނައްއަވިދޭނެ ކަމާ ވާރޭވެހޭނެ ކަމާ އަދި ހަމަހިޔާލައްނައިސްފާނެ ވެހިކަލްދުއްވާނެކަންވެސް. ޗައިނާމީހުންގެ ރިސާޗްފެސިލިޓީތަކުގަ ކަންކުރަނީ ކުޑަބުރިޖެއްއަޅާފަ ބާލިދީއަކުން ފެންޖަހަނީ، ނުހުންނާނެ އެކި ސިނޭރިޔޯތައްކުރިއޭޓުކުރެވޭވަރުގެ ލެބެއް. ބޯހަލާކު. ??♂️
ގޯލްޑަން ގޭޓް ބްރިޖް
06 January 2020
މީގެ ހައްލު އެތައް އަހަރެއް ކުރިން ވަނީ ދުނިޔޭގެ އެހެނިހެން ބްރިޖް ތަކުގައި ހޯދާފަ. ކޮންމެ ހެން ދިރާސާ ކުރަން އެތައް އަހަރެއް ހޭދަ ކުރާކަށް ނުޖެހޭ،
ޔާގޫތު
06 January 2020
ކޮން ބުރިޖެއްބާ މެއިންޓެނަންސް ކުރަންނުޖެހެނީ.
އަލިފުތު
06 January 2020
ދިވެހިން އަމިއްލައަށް ހަދާ ޖެޓީތަކުގައި ހުންނަ ގާޑްރެއިލިންގް ތަކުގައި ދަބަރެއް ނުޖެހާނެ. ހުންނާނީ މެރިން ގްރޭޑް އެސްއެސް. ކަލޭމެން ތިޔަހާ މޮޅު ކުޅަދާނެ ބަޔަކަށް ތިތަން އެހާ އަގު ބޮޑުކޮށް ހެދިއިރު ދަބަރު ނުޖަހާ ގޮތަށް ހަދަން ނޭގުނީމާ މަ މިހިރީ ހަމަ އަޖައިބުވެފައި.
ހަސަންޓޭ
06 January 2020
އެހެންވީމަ މަބުނީދިވެހިންނައް ބުރިޖުހަދަން ދިންނަމަ މާރަނގަޅުވީހޭ. ޒަމާނުއްސުރެ ފާލަން އަޅާއުޅުނުބައެއް. މެރިންގުރޭޑް އެސްއެސް ހަމައެކަނި ދިވެހިރާއްޖޭގެ އުފެއްދުން. ހާހާ. ބުރިޖެއްގެ ގާޑް ރެއިލް އަކީބުރިޖްގެ ސަޕޯޓްގެ ބޮޑުބައެއްކުޅޭ އެއްޗެއް. ބުރިޖުންހިނގާފަ ދާއިރު އަތްއަޅުވާކައްނޫން އެހުންނަނީ. ބޭނުންކުރާނީ ވަރުގަދަ ދަގަނޑު. ދުނިޔޭގެ ގިނަ ބުރިޖުތަޖުގެ މެއިންޓެނެސް އަބަދުވެސް ކުރާނެ. އެސް އެސް ގެ މާނަ ސުޓެއިން ލެސް ސްޓީލް. ސްޓެއިންފްރީއެއްނޫން.
އަލީރާޖާ
06 January 2020
ބްރިޖުގައި ހުރިކުރީ ދަބަރުޖަހާނެކަން ޔަގީންވާ ދަގަޑު؟
އަހްމަދު 55
06 January 2020
ތެންކް ޔޫ ޗައިނާ!
ސުޖާ
06 January 2020
މާލޭ މީހުނައް ގެޔާބަދިގެ ޔާދޭތެވަރު ތަންކޮޅެއްގަ ސައިކަލު ދުއްމައް 400 މިލިޔަން ޑޮލަރު ހަރަދުކޮއްގެން ބުރިޖުއަޅާފަ ބުރިޖު ބަލަހައްޓައް އަހަރަކު ދެމިލިޔައް ޑޮލަރު ހޭދަކުރިޔަސް އޯކޭވާނެ މާލޭބޭޅުނަކީ ގައުމުގެ އެއްވަނަ ދަރަޖައިގެ ބޭފުޅުންވީމަ! ރާޖެތެރޭ ކަމެއްކުރަން އެއްލައްކަ ރުފިޔާ ހަރަދު ކުރަންޖެހުނަސް މާލޭމީހުން ހާސަރުދަމާނެ
ހަސަނު
05 January 2020
އަހަރެމެން ލަނީ ރެޑް އޮކްސައިޑު. ބޯ ކޮށް 2 ކޯޓު،، އޭގެ މަތިން ލަނީ މެރިން ދަވާދު...
ބުޅާ
05 January 2020
ސްޓެއިންލެސް ސްޓީލުގަ ރެޑޮކްސައިޑުލާފަ މެރިން ދަވާދުލާތަ.... ލޮލް.
ޗަކް
06 January 2020
މާލޭގައިހުރި ކުދި ޖެޓީތަކުގައި ހުންނާނެ އެސް އެސް ޗެންޗޭނު ޖަހާފަ. ކިތަންމެޒަމާނެއް ނުޖަހާ ދަބަރެއް. ބުރިޖުގަތިހުރި އެސްއެސްގެ ހަގީގަތް އެގޭނީ މުއިއްޒުއަށް. ލޮލް × 2
ދަގަނޑު
06 January 2020
ބްރިޖްގައި ބޭނުންކޮށްފައި ހުރީ ތިޔަ ބުނާ ސްޓެއިންލެސް ސްޓީލް އެއްނޫން.
ލާމިގެ
05 January 2020
ވަރަށް ދެރަ ދަގަނޑުން ހަދާފަ ހުރީ އެހެންވީމަ ލޯކޮލިޓީވީމަ އަވަހަށް ދަބަރަށް ވާނެ
އަލްޖިބްރާ
05 January 2020
ޗައިނާ މީހުން ދުނިޔޭގެ އެތަން މިތަނުގައި ބްރިޖް އަޅާކަމަށް އޮތީ ވަރަށް މަޝްހޫރުވެފަ ! ސުވާލަކީ ރާއްޖޭގެ ބްރިޖަށް ވަކިން ޚާއްސަކޮށް ދަބަރު ނުޖަހާ ކޯޓިންގ އެއް އުފައްދަން ޖެހުނީ ކީއްވެ ހެއްޔެވެ ؟ ކަލޭމެން އަޅާފަ ހުރި އެހެން ބްރިޖް ތަށް އަޅާފަހުރީ އެއަރކޮންޑިޝަން ކޮޓަރި ތަކުގެ ތެރޭގަތަ ؟
ކައްކާ
05 January 2020
އެކޮއެ، ދުނިޔޭގެ ހުރިހާތާކުވެސް ބުރިޖާއި ބޮޑެތި އިމާރާތްފަދަ ތަންތަނަކީ ދުވާލުދާ ހަތަރުދަމު އެތައްބަޔަކު މަސައްކަތްކޮށްގެންނޫނީ މެއިންޓެއިން ކުރެވޭއެއްޗެއްނޫން. އެއީ އަހަރަކު އެތައްމިލިއަން ޑޮލަރު ހަރަދުވެސް ހިނގާކަމެއް. ދުނިޔޭގެ ހުރިހާ ބުރިޖެއްގަވެސް ދަބަރުޖަހާނެ، އެޖެހޭނީ ފިލުވަން، ދަބަރު ނުޖަހާ ދަގަނޑަކަށް ދުނިޔޭގަ ހުރީ ތިނަދޫ ލާޓުދަގަނޑު އެކަނި.
އަހްމަދު 55
06 January 2020
އެންވައިރަމެންޓަލް ކޮންޑިށަން ތަފާތުވާނެ. ފެނުގެ ކެމިސްޓްރީވެސް ކޮންމެސް ވަރަކަށް ތަފާތުވާނެ މިނޫނަސް އަދިވެސް އެބަހުރި ބައެއްކަންތައްތައް . މިހުންނަނީ ވޭރިއަބަލް ފެކްޓާސް. ދޮންކަލޯ ކޮންޔުނިވާސިޓީ އަކުންތޯ ކިޔެވީ؟