މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރައްވާ ކެމްޕޭން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. މިހާރު ފޮޓޯ: ނިޝާން އަލީ
06 ޖެނުއަރީ 2020 - 11:24
މާލޭގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި އާދަމް މަނިކު "މިހާރު" އަށް މިއަދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި މޭޔަރު ކަމުގެ ޓިކެޓު ހޯއްދަވާނެ ކަމަށެވެ.
އޭނާގެ ބޭނުމަކީ މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށް ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވި ގޮތުގައި، މޭޔަރުކަމަށް ހޮވިވަޑައިގެންފި ނަމަ މަސައްކަތް ކުރައްވާނީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެޖެންޑާގައި ހުރި ކަންކަން ތަންފީޒު ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް "އެޖެންޑާ 19" ގައި ހިމަނާފައި ވިޔަސް އެކަން ކުރެވޭނީ ގާބިލް މީހަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ، މާލެ އަށް، އޭނާ އަށް ވުރެ ރަނގަޅު މޭޔަރެއް ނުލިބޭނެ ކަމަށެވެ.
"މޭޔަރު ކަމަށް ކެޕޭސިޓީއެއް ހުރި މީހަކު ކުރިމަތިލާ ތަނެއް ނުފެނޭ. ކުޑަކުދިންނަށް، ތަޖުރިބާ ނެތް މީހުންނަށް ކުރެވޭނެ ކަން ކަމެއް ނޫން މިއީ،" އޭނާ ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ކަމަށް ކުރިން އިންތިޚާބުވެވަޑައިގެންނެވިތާ ފަސް ވަރަކަށް މަސް ފަހުން އާދަމް މަނިކު ވަނީ އެ މަގާމުން 2011 ވަނަ އަހަރު އިސްތިއުފާ ދެއްވައިފަ އެވެ. ނަމަވެސް ދައުރު ހަމަވުމާ ހަމައަށް ސިޓީ ކައުންސިލްގެ މެމްބަރުކަން ކުރެއްވި އެވެ. އޭރު އޭނާ ތަމްސީލް ކުރެއްވީ މައްޗަންގޮޅި ދެކުނު ދާއިރާ އަށެވެ.
އާދަމް މަނިކު ވިދާޅުވި ގޮތުގައި، މިދިޔަ 10 އަހަރުގެ ތެރޭގައި މާލެ އަށް ކަމެއް ކޮށްދެވިފައި ވަނީ އޭނާ އަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. އެގޮތުން، މާލޭގެ މޭޔަރުކަން ކުރެއްވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް މާލޭގެ ބޯހިޔާވަހިކަމާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވި ގޮތުގައި، މި މަހުގެ 31 ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެ ނަމަ މޭޔަރަކަށް އޭނާ ވާނީ އެހެން ޕާޓީތަކުގެ ވެސް ތާއީދާ އެކު އެވެ.
މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓު ހޯދަން ހުށަހަޅުއްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ މިހާރުގެ ވެސް މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ސިޓީ ކައުންސިލްގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ އަހުމަދު ނިޔާޒް (ނިޔާ) އާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި އިބްރާހިމް ރަޝީދު (ބްރޯ ރަޝީދު) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރިޝް
07 January 2020
ކިހެނެއްހަދާން ތީ އެއްވެސްކަމެއްވާނެ މީހެއްނޫން ފީކަޅާމީހެއް
ބިގްނޯ
07 January 2020
އަސްތަޣުފިރުﷲ! އަނެއްކާ! އަނެއްކާ ކޮންފަދަ މަކަރުވެރިކަމަކައިގެންބާ؟ އަނގައިން ވަރަށްމޮޅުވާނެ. އަބަދުވެސް މަސައްކަތްކުރާނީ މީހުންގެޚިޔާލު ކޮޕީކޮށް މޮޅުވާހަކައިން އޭނަގެއަމިއްލަޚިޔާލަކަށް ހަދައިގެން! ވަރަށް ކަމުނުދާ....
އައިޖޭ
07 January 2020
ސޮރީ ސަރަނގޭ.... ތިޔައީ ފެބްރުއަރީ 7 ގެ ބަޢާވަތުން ސަރުކާރު ވައްްޓާލީމަ، އައި ގޭންގް އަށް ބައިއަތު ހިފައިގެން ދީލާލި މީހެއް .. ބޮޑުކޮށް ނޯ ބުނާނީ
ހޭޖެހޭ
07 January 2020
މީނާ ކުރީގަ މުނިސިޕަލްޓީ ގަ އުޅުނު އިރު ވިލިގިލިން ދެގޯތި އެބައޮތް ގަނެފަ އިމާރާތް ވެސް ކޮށްފަ
ހަސަންކަލޯ 2
07 January 2020
ސަރަނގޭ މަގުތައް ސަރުކާރުގެ ޚަރަދުގައި ސާފުކޮށް ބަލަހައްޓަން ފެށީމަވެސް ޝުކުރު ކުރަން ނުދަންނަ ބަޔަކު މަގުމަތީގައި ގޭގޭގެ ކުނި ބަހައްޓާ ހަމަ މަސާޖް ޕާލާތަކުގެ ނާޖާއިޒު ފައިދާ ނެގިގޮތަށް ފައިދާ ނެގީ. ވެމްކޯ ވުޖޫދައް އައުމާއި ބަންގާޅީންގެ ގެ ބައިސްކަލް ޕިކަޕް އުވުމުގެ އިންސްޕިރޭޝަން އަކީ ސަރަނގު އާދަން މަނިކް . ވީމާ ސަރނގޭ އަކީ މިފަހަރު ކުރިމަތިލި މީހުންގެ ތެރެއިން މޭޔަރުކަމަށް އެންމެ ގާބިލް މީހާ. ހޮވުމާއި ނުހޮވުން އަދި އެއީ އެހެންކަމެއް.
ުފުރެންޑު
06 January 2020
ކުރިމަތިލީ އެންމެނާ ބަލާފަ އެންމެ ކޭޕަބަލްއީ އާދަން މަނިކް.
ބުޅާއާދަނު
07 January 2020
އެންމެ އަމިއްލަގޮތް ބޮޑު އެންމެ އާދައިގެމީހުންނާ ދޭތެރޭ ދަށްކޮށް ދެކޭވެސް މީހާ...
ސެންޑީ
06 January 2020
މޭޔަރަކަށް އެންމެރަނގަޅީ އަދިވެސް އަލިބެ.
ވޯލް
06 January 2020
މޭޔަރުކަން ކުރެވޭ ވަރުގެ މީހެއް ތިއީ އެކަމަކަު މައްސަލައަކީ ވިޔަފާރިވެރިއެއް ވީމަ، އަބަދުވެސް މަސްލަހަތި ފިށުއަރާގެން އުޅެންޖެހޭނީ. މިހާރުވެސް ކައުންސިލްގައި ގިނައީ އެފަދަ މީހުން.
Solah
06 January 2020
ކުކުޅޭ. އިށީނދެގެން ހުންނާނީކީ ނޫން. އިށީނދެގެން އިންނާނީ. ފުރަތަމަ އަމިއްލަ މާދަރީ ބަހުން ރަނގަޅަށް ވާހަކަދައްކަން ދަސްކޮށްބަލަ. ކޮމެންޓް ކުރާނީ އޭގެފަހުން.
އަސްތާ
06 January 2020
ކއބްތަކާ ޖެހުނީ