އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގޯތިތެރޭގައި އެސުކޫލުގެ ނަމާއި ސްލޯގަން ރަމްޒުކުރުމަށް ހެދިފައިވާ ބިނާ..-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
07 ޖެނުއަރީ 2020 - 16:14
އެހެން ދީންތަކުގެ މައުލޫމާތު ހިމެނޭ ދެ ފޮތެއް ދޫކުރެވުނީ އޮޅުމަކުން ކަމަށާއި އެ ފޮތްތައް ހަވާލުކުރަން އަންގާފައިވާ ކަމަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މިއަދު ބުނެފި އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވީ މައްސަލަ ޖެހިގެން އުޅެނީ ޔޫކޭޖީގެ އިނގިރޭސި މާއްދާގެ ދެ ފޮތެއްގައި، ކްރިސްމަސް ލަވަ އަދި އިންޑިއާގެ ދީނާއި ސަގާފަތާ ގުޅޭ ކުރެހުންތައް ހުރެގެން ކަމަށެވެ.
އެ ފޮތްތައް ގެނައީ އިންޑިއާގައި ހުންނަ ކެމްބްރިޖް ޕްރެސް ޔުނިވާސިޓިންނެވެ. މީގެ ކުރިން ވެސް އަހުމަދިއްޔާ އަށް ފޮތްތައް ގެނެސްފައިވަނީ އެ ޔުނިވާސިޓިން ކަމަށް ވިއަސް ކުރިން ފޮތްތައް ދޫކުރަނީ، ރަޝީދު ވިދާޅުވިގޮތުގައި، އެހެން ދީންތަކާ ގުޅޭ ކުރެހުންތަކުގެ ބަދަލުގައި ރާއްޖޭގެ ދިދަ އާއި ތާރީހާ ގުޅޭ މައުލޫމާތު ހިމެނޭ ގަނޑެއް ތަތްކުރުމަށް ފަހުގައި ކަމަށެވެ.
"ދެ ފޮތުގައި މައްސަލައެއް ޖެހިގެން އުޅުނީ. މިފަހަރު ފޮތްތައް ލިބުން ލަސްވެގެން، ރަނގަޅަށް ޗެކްނުކޮށްލައި ފޮތްތައް މި ބެހުނީ،" ރަޝީދު ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ޔޫކޭޖިން 300 ދަރިވަރުންނަށް ޖާގަދީފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ގެންގޮސްފައިވަނީ 60 ފޮތް ބައި ކަމަށެވެ.
މައްސަލަ ދިމާވި ފޮތް ސްކޫލާ ހަވާލުކުރަން މިހާރު ވަނީ އަންގައިފަ އެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުވާނާ.
08 January 2020
އަބަދުވެސް ތިކަހަލަ ހޮޅިހަދާ ސަރުކާރެއް މީ ފަތުރުވެރިކަ މާބެހޭ މާސްޓަރ ޕުލެންގަ ހދ އަތޮޅު ނުހި މަނާ ބާކީ ކޮއްލީ ކޮންކަ މެއް އަވަސްކުރަން އެރި އޮޅު މަކުން އެދައިތާގެ ބެޑުސީޓު މައްސަލައިގަ ފިލައިގެން ދިޔަކުޑަކުއްޖާ ހޯދުނީ އެތައްދުވަހަކުން ބާގީ ލުތުފީ ދިދަޖެހިކާރުގަ ގަތްވަޅައް ޖެހުނީ އޮޅު މަކުން އެ މްޑީއެން ގެ އޮޅުން ހުސްއޮޅުން އަރާފަ ތިތިބީ
ދަތްނެތްކުއްޖާ
08 January 2020
ކޮބާ ދީނަށްޓަކައި ޤައު މަށްޓަކައި ޤުރުބާންވާން ތިއްބެވި ދީނީ އިލް މްވެރިން. ކޮބާ ސަލަފު. ކީއްވެގެންބާ އަހު މަދިއްޔާ ސްކޫލް އޮވާލަން ސަރުކާރަށް ގޮވާނުލީ! ކީއްވެގެންބާ އެތާ އިސްކޮއް ތިއްބެވި ވެރިން ހައްޔަރު ކުރަން ގޮވާނުލެއްވީ. ކީއްވެގެންތޯ ސްކޫލް ދޮށައް އެއްނުވީ. ކީއްވެގެންތޯ މިކަ މުގައި ރާއްޖޭގެ އެކި ކަންކޮލުތަކުގައި މުޒާހިރާ ނުކުރީ. އިދިކޮލޭ މެން ކީއްވެގެންތޯ ހި މޭނުން ތިބެނީ. ތަ މެންގެ އަތެއް މިކަ މުގައި ވަނީތޯ!
ޢަލީބެ
08 January 2020
ޤާނޫނުނަންބަރު 4/75 "ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު" ގެ 4 ވަނަ މާއްދާގައި، ރާއްޖެގެނައުން މުޅިން މަނާތަކެތީގެ ތެރޭގައި ތިޔަފަދަ ފޮތްތައް ހިމެނޭ. ފުރަތަމަކަމަކީ އެފަދަ ފޮތް އެތެރެކުރުން އެއީ ކުށެއް. މިހާރު ތިއުޅެނީ އެފޮތްތައް ކުދިންނަށް ދޫކޮށްގެން. ތިބުނަނީ ދޫކުރެވުނީ އޮޅިގެންނޭ. އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް މިކަން އަންނާނީ ކޮންއިރަކުންބާ؟
ހާމަ
08 January 2020
އިިންޓަނޭޝަނަލް ވީމަ ބައެއް ބެލެނިވެރިންނަށް ވެސް ހަމަ އޯކޭ
ހާފިޒު
08 January 2020
އެކަމަކު ސްކްރީން ކުރަންވާނީ ހާފިޒުން އެކަނި
ހނ
08 January 2020
މީދެންމާމޮޅުގޮތެއް! ކޮންމެފަދަ ކަމެއް ކޮށްފައިވެސް އޮޅުމަކުންނޭ ބުނީމާ ނިމުނީދޯ!
ދެރަ
08 January 2020
ސަރުކާރު ސްކޫލްތަކުގަ އެޑިއުކޭޝަނުން ޖާގ ދޭއިރުވެސް އެއްބަޑު އެއްބަފާ ކުއްޖަކު ހުންނަ ސްކޫލުން ޖާގަ ދޭ. މިސްކޫލުން މިހާރު ޖާގަ ދެނީ މުއްސަދިންގެ ދަރިންނަށް. ޖާގަ ފުލް އޭ ކިޔާފަ ބައެއް މީހުންނަށް ޑިސެ މްބަރު ފަހު ހަފްތާވެސް ޖާގަ ދިން.
ނަން
07 January 2020
ކޭމްބްރިޖް ޕްރެސް ޔުނިވަރސިޓީތަ ނޫނީ ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސްތަ؟
ލޭންސޭކް
07 January 2020
އެހެން ދީނުގެ ވާހަކައާއި، ކުރިސްމަސް ވާހަކަ ނޭގޭ 7 އަހަރުން މަތީ ކުއްޖަކު މި މާލޭގައި ދިރިނޫޅޭނެ. ދުނިޔޭގެ ފެކްޓުތަކަކީ ނުވާ އެއްޗެއް ކަމަށް ހެދުމަކީ ހަމަޖެހޭ ކަމެއް ކަމަކަށް ނުދެކެން.
ހާމަ
08 January 2020
އެކަމު އެކިޔެވުމާ ތަފާތު ދޯ..އަދި އެވެސް ޕްރީސްކޫލް ކުދިންނަށް
ޖޯކަރ
08 January 2020
އެހެން ދީން ތަކުގެ ކުދިންނަށް އުނގަންނައިދުނުމަށް ތައްޔާރުކުރާ ފޮޮތް ފޮތުގައި އިސްލާމްދީނުގެ ވާހަކައާއި، ފިޠުރު ޢީދާއި އަޟްހާ އީދާއި ހައްޖުދުވަހުގެ ވާހަކަ ނުހިމަނަނީ ކީއްވެބާ؟
ގައުމީ ލޯބީގާ
08 January 2020
ވޭނެއްނުން ކޮންމެހެން އެހެންދީންތަކެކޭކިޔާބާތިލް އަސްލެއް ނެތް ކަންކަމުގެ ވާހަކަ މީހުންގެ ޅަދަރިންނަށް ކިޔަވައިދޭން ޖެހޭތަ ؟ކުރިސްމަސް ޅަވަކިޔައިގެން ވާހަކަ ކިޔައިގެން ޅަދަރިންނަށް ދަސްވާނެ އެއްޗެއް ވެސް ކިޔައިދީބަލަ .
ސަންފައްތަ
08 January 2020
އިސްލާީމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކައާއި ފޮޓޯ ހުންނަ ފޮތް ރާއްޖެ އެތެރެކުރުމަކީ ޤާނޫނަކުން މަނާކޮށްފަ އޮންނަ ކަމެއް. އެފަދަ ތަކެތި އެތެރެކޮށް ބެހީމަ މައްސަލައަކީ.
ބައިރޯ
07 January 2020
މީހަކު ބޭނުމިއްޔާ އިންޓާނެޓުންވެސް އެހެން ދީންތަކުގެ މައުލޫމާތު ހޯދިދާނެދޯ، މިކަމައް ފިއަވަޅެއް އަޅައިފިތަ
މަ އަޅު ދިވެހިން
07 January 2020
ދިފާއީ ވަކީލުން އިންޓަނެޓުން އެހެންދީންތަ ތިބޭފުޅުންގެ ދަރިންނަ ކިޔަވަދީ މިގައު މުގެ ގިނަރައްޔިތުން ބޭނު މެނުވޭ އެހެންދީންތަ ކިޔަވާކަށް..ހުރިހާ ގެއެއްގަ އިންޓަނެޓް އެބަހުރި ލެޕްޓޮޕާ އައިޕެޑާ ނޯޓްބްކާ ސް މާރޓްފޯނުވެސް އެބަހުރި ބަޔަކު ނޫޅޭ އެހެންބަޔަކު ދީންކިޔަވާތީ ކަންބޮޑުވެގެން ކަންބޮޑުވަނީ ދިވެހިރާއްޖޭގަތިބި މުސްލި މު ދިވެހި ދަރިންނަ އިސްލާ މްދީންނޫން ދީންތަ ކިޔަވަދޭން މިސަރުކާރުން އޮޅުވާލު މެއްގަތެރޭގަ ކަންކުރާތީ..ﷲހަޒުރަތުގަވެސް ތިބަހަނާ