09 ޖެނުއަރީ 2020 - 05:48
އޮސްޓްރޭލިއާ އަށް ކުރިމަތިވެފަވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން އެހީވުމުގެ ގޮތުން، ދުނިޔޭގެ އެންމެ ޒުވާން ބިލިއަނަރު އެމެރިކާގެ ކައިލީ ޖެނާ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
ކައިލީ، 22، އޮސްޓްރޭލި އަށް ފައިސާގެ ބޮޑު އެހީއެއް ދިން އިރު، އޮސްޓްރޭލިއާގެ އަލިފާނުގެ ހާދިސާތަކުގައި ބިލިއަނެއްހާ ޖަނަވާރު މަރުވެ، އެތައް ބައެއްގެ ފުރާނަ ގެއްލި އަދި އެތައް ބައެއްގެ ބޯހިޔާވަހިކަން ގެއްލިގެން ގޮސްފައިވާތީ އޭނާ އެކަމާ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 24 އަށް އަރައިފަ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކައިލީ މިލިއަން ޑޮލަރުގެ އެހީއެއް ދިނީ އޮސްޓްރޭލިއާގައި އަލިފާން ނިއްވުމުގެ މަސައްކަތްކުރާ މީހުންގެ މަސައްކަތަށެވެ.
އަލިފާނުގެ ހާދިސާތަކާ ގުޅިގެން އޮސްޓްރޭލީ އަށް މާލީ ގޮތުން އެހީވެފައިވާ އެމެރިކާގެ ފަންނާނުންގެ ތެރޭގައި ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒާއި ޕިންކް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޝް
09 January 2020
ގައުމުތަކުގަ އެތައްބަޔަކު ފަގީރު ހާލުގަ ބަނޑަށް މަރުވާއިރު މީން މީހެއްގެ ލޮލަށް ނުފެނޭނުން.
ކައިލީ
09 January 2020
ނާޝް ވެސް ތި ހުންނަނީނު ވާކަމެއް ނޫންކަމަށް ހަދާފަ ކޮމެންޓް ކުރަން. މަ ދޯ 1 މިލިއަންވެސް މި ހަދިޔާކުރީ. ނާޝް ހުރޭ ކޮމެންޓްކޮށް އަނގައިން ހިފަހައްޓަން.