ފާރިސް (ކ) އަދި ވައްޑެ: މަޝްވަރާތަކުގައި ޕީޕީއެމުން ބައިވެރިވާނީ މި ދެ ބޭފުޅުން -- ފޮޓޯ: މަޖިލިސް
03 އޮކްޓޯބަރ 2016 - 16:43
ސަރުކާރުން އިސްނަގައިގެން ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޕީޕީއެމް ތަމްސީލް ކުރައްވާނީ، އެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކަމަށް ޕީޕީއެމުން ނިންމައިފި އެވެ.
ފާރިސް އާއި ވައްޑެ އަކީ ވެސް ސަރުކާރުގެ ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ، ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ދެ ބޭފުޅުންނެވެ. އެންމެ ފަހުން ފާރިސް އާއި ވައްޑެ ރަތަށް އެރީ، މިއިން ދުވަހަކު ވެސް ކާޑުގެ އަގު ބޮޑުކުރާ މިންވަރަށް އެތަކެތީގެ އަގު ސަރުކާރުން ބޮޑުކުރި މައްސަލައިގަ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވީ މަޝްވަރާތަކުގައި އެ ޕާޓީން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް އާއި ވައްޑެ ބައިވެރިކުރުމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ނިންމަވާފައިވާ ކަމަށެވެ.
މައުމޫން މިހެން ނިންމެވި ނަމަވެސް ފާރިސް އަކީ ކައުންސިލްގެ މެމްބަރެއް ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ އެ ޕާޓީގެ މެމްބަރުން ގަބޫލެއް ނުކުރެ އެވެ.
މައުމޫނާއި ޔާމީނަށް ތާއީދު ކުރާ މެމްބަރުންގެ މެދުގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު، ތްރީ ލައިން ވިޕާ ހިލާފުވި މައްސަލައެއްގައި ފާރިސް ޕީޕީއެމުން ވަކިކުރުމަށް ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު އެކަން ޕާޓީގެ އޮފީހަކުން ގަބޫލެއް ނުކުރެ އެވެ.
މަޝްވަރާތަކުގައި މީގެ ކުރިން ޕީޕިއެމް ތަމްސީލް ކުރެއްވީ އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކެވެ.
ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން އަންގާފައިވާއިރު މި މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީންނާއި އަދާލަތު ޕާޓީންނާއި ޖުމްހޫރީ ޕާޓީން ވަނީ ބައިވެރިވާން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެދުރުބެ
04 October 2016
ފާރިޝް އަކީ ސަރުކާރުގެ ވިސްނުމާއި ދުރުވިސްނުމެއް ގެންގުޅުއްވާ ބޭފުޅެއް. އެހެންވީމާ ކަމަކު ނުދޭ.
ހަސަނު
04 October 2016
ހުނ.... މިޖެހުނީ ކޮންތާކު!!!
ހާމަދު
03 October 2016
މިޚަބަރު ފުރިހަމަ ވީސް ސަރުކާރުން މިމަޝްވަރާތައް ވިލަރެސް ކުރައްވާ ބޭފުޅެއްގެ ކުރެން އައްސަވާލައްވައިގެން، ވެރިކަން ކުރާ ޕާޓީން ފޮނުވާ 2 މެމްބަރުންނާ މެދު ޝައްކުތަކެއް އުފެދިފައިވޭތޯ...! އަދި ޕީޕީއެމް ގެ ޕީޖީ ގްރޫޕު ކުރެންވެއް އެއްޗެއް އައްސަވާލެއްވި ނަމަ ރަނގަޅުވީސް...
މަހޭ
03 October 2016
ޕޕމގެ ސަރުކާރަށް ނިސްބަތްނުވާ ދެމީހަކާ ވާހަކަ ދައްކާއިގެން ގެނެވޭނެ ހައްލެއް ނުފެނޭ. ޔާމީންގެ މަންދޫބަކާ ވާހަކަ ދެއްކުން މާ މުހިންމު.
އަބްދު
03 October 2016
މިކިޔާ "މަޝްވަރާ ބައްދަލުވުމަކީ" އިދިކޮޅި ޕާޓީ ތަކާއި ސީދާ ސަރުކާރާއި ދެމެދު އޮންނަންޖެހޭ ބައްދަލުވުމެއް! އެހެންވީމަ ސަރުކާރުގެ ފަރާތުން ރަގަޅުވާނީ ސީދާ ރައީސް ޔާމީން އަދި ނާއިބު! އެހެން ނޫންނަމަ ޔާމީން ބުނެފާނެ ތިޔަ ބައްދަލުވުމަކަށް ތިމަންނަ ނުދަމޭ، ޒިންމާ ވާކަށް ނުޖެހޭނެއޭ...
ހަތާ / މެދު ޕްރޮވިންސް
04 October 2016
އަބުދުއަށް ސަލާމް" މަޝްވަރާ ބައްދަލުވުމުގައި ބައިވެރި ވުމަށް ރައީސްވަނީ ޓީމެއް ފޮނުވާފައި އެހެންވީމައި ރައީސްގެ ނިންމުމާއި ބަސް އެތާގައި އިއްވާނެ ބަޔަކު އެތިބީ ހިމެނިފައި ދެން އޮތީ ޕާޓީތަކުެ ފަރާތުން ބައިވެރިވާ މީހުންގެ ވާހަކަ އެހެންވީމާ ޕީޕީެމް އިން ރައީސްގެ މަޝްވަރާއާއިއެކު އެޕާޓީގެ ވިސްނުން ޙިއްސާކުރުމަށް އެހެން ޓީމެއް އޮތުމަކީ އެއްވެސް މައްސަލައެއްނޫން
ދެކުނު ފަޑިޔާރު
03 October 2016
ޕާރޓީން ހޮވުނު ރައީސް އެކަހެރިކޮށް ޕާރޓީން ކަންކަން ނިންމުމަކީ އެބުނާ ޑިމޮކޮރަސީއެއް ނޫން. އަދި ކޮށްގެންވާނެ ކަމެއްނޫން. އެނިންމުން ޕާރޓީގެ މެމްބަރުންގެ މެދުގައި މަގްބޫލް ނުވާނެ.. ކުރުކޮށް ބުނާ ނަމަ އެއީ ރައީސް އެކަހެރިކޮށް ކުރެވިގެންވާނެ ކަމެއްނޫން. އަދި ފާރިސް މައުމޫނަކީ ދިވެހީންގެ މެދުގައި އަދި ޕާރޓީގެ ތެރޭގައި މަގްބޫލު ޝަޚުސިއްޔަތެއްނޫން. ޕީޕީއެމްގެ އެކަހެރި ސިޔާސަތުގެ ތިނިންމުމަކީ އަމިއްލަ އަށް ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރުމާ އެއްފަދަ ސިޔާސަތެއް. ވަރަށްސަލާމް.
މޫސަ
04 October 2016
އެހެންވެއްޖެއްޔާ ނެރެންވީނު ޕީއޭ.
ފަސްމަންޒަރު
03 October 2016
ރައީސް އަލްއުސްތާޒް މައްމޫން އަބުދުލްގައްޔޫމް ޕީޕީއެމް ސަރުކާރެއްގައި ކާޑުގެ އަގުބޮޑު ނުކުރައްވާނޭ ވިދާޅުވެލެއްހި ހިސާބުން އެނގެނީ މިސަރުކާރަށް ރައީސް މައްމޫންގެ ތާއީދު ނެތްކަން އެހެންގޮތެއް ހޯއްދަވަން އުޅުއްވާކަން ޔަޤީން މިވީ،
މަރޭމިތުރާ
03 October 2016
ސަރުކާރާއި ޕީޕީއެމް ދެބަޔަކަށް ބެހިފައިވަނީ! މަރުހާލަތައް ވެއްޓި ސަރުކާރު ބައިބައިވަނީ!
ޕޯޓަބަލް
03 October 2016
ދިސް އިޒް ގެޓިންގް އިންޓަރެސްޓިންގް.....
ހަސްތީ
03 October 2016
ފާރިޝްގެ މެމްބަރުކަމާމެދު އިލެކްޝަނުން ބުނާނެއެއްޗެއް ނެތްކަމަށް ބެލެވެނީ.