ރައީސް އޮފީހުުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
11 ޖެނުއަރީ 2020 - 20:51
މާދަމާ ފަށާ ދިރާސީ އާ އަހަރުގެ ކިޔެވުމަށް މަރުހަބާ ވިދާލުވެ، ދަރިވަރުންނަށް ހިތްވަރުު ދެއްވުމުގެ މެސެޖަކާ އެކު، މިނިސްޓަރުން 19 އަތޮޅަކަށް ވަޑައިގަންނަވަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ ކުދިންނަށް ހިތްވަރު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާ އެކު، ފައްޓަވާ މި ހަރަކާތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މާދަމާ ބާއްވާ އެސެމްބްލީތަކުގައި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން، 19 އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން ވެސް އެއް ސްކޫލެއްގައި ބާއްވާ އެސެމްބްލީގައި މިނިސްޓަރުން ވާހަކަ ދައްކަވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.
އެ ހަަރަކާތުގައި، ރާއްޖޭގެ 19 އަތޮޅުގެ ސްކޫލުތަކަށް މިނިސްޓަރުން ޒިޔާރަތް ކުރައްވައި، މަދްރަސީ ދައުރަކީ މަސައްކަތުގެ މާހައުލަށް ނުކުތުމުގެ ކުރިން މުސްތަގުބަލަށް އެޅޭ މުހިއްމު ބިންގަލެއް ކަމުން، ކުރިއަށް ދާނެ ދާއިރާއެއް އިހުތިޔާރު ކުރުމުގައި ވިސްނުންތެރިކަމާ އެކު، މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާނެ އެވެ.
"ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ މުހިއްމު އެއްބައި ކަމަށްވާ ހުރިހާ ކުދިން ޝާމިލް ކުރުމުގެ ސިޔާސަތުގެ ތެރެއިން ހުރިހާ ދަރިވަރުންނަށް ވެސް ތައުލީމު ހާސިލް ކުރުމުގައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގެ މުހިއްމު ކަމުގެ އިތުރުން ތައުލީމީ މަންހަޖުގެ ތެރޭގައި އިސްލާމީ އަގީދާ ކުރިއެރުވުމާއި މަދަރުސީ ދައުރު ނިމޭ ކޮންމެ ކުއްޖަކީ، އެ ކުއްޖަކު ކުރިއަރަން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ މަގުފަހި ކޮށްދީ، ސްކޫލު ނިންމާއިރު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމުގެ އިތުރުން މުޖުތަމައުގެ ތެރޭގައި ބައިވެރިވުން އޮތް ޒުވާނަކަށް ހެދުމުގެ މުހިއްމު ކަމުގެ މައްޗަށް ވަޒީރުންގެ ވާހަަކަފުޅުގައި އަލިއަޅުއްވާ ލައްވާނެ އެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުުރުމަށްޓަކައި ސަރުކާރުން މިިދިޔަ އަހަރު ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މި އަހަރު ހޯދުނު ކާމިޔާބީތަކުގެ ތެރޭގައި، ސްކޫލުތަކަށް ގާބިލް ޓީޗަރުން ހޯދުމާއި ތައުލީމީ މަންހަޖު މުރާޖައާ ކުރުމުގެ އިތުރުން ފޮތްތައް ފޮނުވުން ހިމެނެ އެވެ.
މިނިސްޓްރީން ބުނިގޮތުގައި، ކުދިންގެ ކިބައިގައި ރީތި ސިފަތައް އަށަގަންނުވައި، އެ ކުދިންނަކީ މުޖުތަމައުގެ ލާބަ އާއި މަންފާ ހޯދައިދޭނެ ހަރުދަނާ ބަޔަކަށް ހެދުމަކީ ވެސް ސަރުކާރުގެ ތައުލީމީ ސިޔާސަތުގައި ހާއްސަ އިސްކަމެއް ދީފައިވާ މުހިއްމު ކަމެކެވެ.
ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު މާދަމާ ކިޔެވުން ފަށަނީ، އިންޓަނޭޝަނަލް ސްކޫލުތައް ވެސް ހިމަނައިގެން 83،000 އެއްހާ ދަރިވަރުންނާ އެކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްޅަބޭ
12 January 2020
ކޮބާތަ އޮސްޓްރޭލިޔާއިން ހިލޭ އެ މްޑީޕީ އަށް ދިން 300 ޓީޗަރުން؟
ާއުނިމާ
12 January 2020
ހެހެ! ޓީޗަރުން ހަމައެއް ނުވެޔޭ! ޓީޗަރުން ނުއުފެއްދެނީ ކީއްވެހޭ، ބޭރުޓީޗަރުންނޭ ގޮވި މީހުން މިއަދު ނާސްތާގަ ޖެހި ކަރިކިޔުލަމާ އަޅާ ނުލެވި! ތިޔަބޭފުޅުން ގެޒެޓް ބައްލަވާލައްވާ ޓީޗަރުންގެ ވަޒީފާތަކަށް އިޢްލާން ކޮށްފައޮތް މިންވަރު...ނަމަވެސް ޓީޗަރުން ގާތަކަށްވެސް ނުިލބޭ! މިއީ ވަރަށް ބޮޑު ޤައުމީ މައްސަލައެއް! ތަމުރީން ލިބިފަނެތް އޯލެވެލް ފެންވަރުގެ ޓީޗަރުން ލައިގެންވެސް ރައްރަށުގެ އެތައް ސްކޫލަކުން މިދިޔައަރު ކިޔަވައިދިން ކަންއެގޭތޯ؟
ބުއްޅަބޭ
12 January 2020
ބޭކާރު ހުރިހާކަ މެއްގައި މިސަރުކާރު މޮޅުވާނެ. ސެލްފީރައީސް.
ބޮލި މުލައް
12 January 2020
ތިޔަ ބޭކާރު ޚަރަދު ނުކޮށް އަތޮޅުތަކުގެ ސްކޫލުތަކަށް ހޭދަކުރިނަމަ މާރަނގަޅުވީސް
ާއުނިމާ
12 January 2020
ޓީޗަރުން ގާތަކަށްވެސް ހަމަނުވޭ! ޓީޗަރުން ނު އުފެއްދޭ! ޕްރަިމަރީ ޓީޗަރުން، ސްޕެޝަލް އެޑިޔުކޭޝަން ޓީޗަރުން ނުލިބޭ
ފަރާ
12 January 2020
ތިޔާ ތިބި މިނިސްޓަރުން ކުދިންނާ ދައްކާނީ ކޮންވާހަކައެއްބާ
ރާއްޖެ
12 January 2020
ނުކިޔެވިޔަސް ވަޒީރު ކަން ރައީސް ކަން ލިބި ދާނެ ކަމާއި ކިޔެވުމަކީ އެހާ މުހިއްމު ކަމެއް ނޫން ކަން.
މަރުހަބާ ކޮރަޕްޝަން!!
12 January 2020
ހަނދާންވަނީ "މިނިވަން ފަންސާސް" !! އެއްޔެ މިނިވަންކަމަށްޓަކާ... މިއަދު ތައުލީމަށްޓާކާ...
ބިގަރުބެ
12 January 2020
މި ސަރުކާރަކަށް ވެސް މީ ކެމްޕެއިނެއް ނޫން..! ލޯކަލް އިންތިޚާބު ނެތްނަމަ މިއިން މިނިސްޓަރެއް އިންސްޕެކްޓަރެއް ވެސް ތިމާގެ އަމިއްލަ ދަރިފުޅުގެ ނޫން ތައުލީމީ އެކްޝަނެއް ނެތީސް! އެއްވެސް ސަރުކާރަކުން ކޮރޮޕްޓްވާ އެކަކުވެސް ނުބުނާނެ މިވަނީ ކޮރޮޕްޓެކޭ އެއް. ކިތަންމެ ރީތިނަމެއް ދިނަސް ނުފޫޒާ ބާރުން ހޯދާގަތް މަންފާއަކީ ފޭރުން! ސިއްރުންވިއްޔާ ވައްކަން!
މުށި
12 January 2020
އަހަރެން މީ ރައީސްސޯލިހު ނަމަ ފޮނުވާނީ ކައިރި ރިސޯޓުތަކުގެ މެނޭޖަރުންނާ ހާފިޒުން.
ދީމާހު
12 January 2020
ދޯދިޔާ ސިޔާސަތުތަކެއްގެ ވެރި ދޯދިޔާ ސަރުކާރެއް. ހިންގުންތެރިކަމެއް ނެތް. އޮތީ ކަންދެއްކުން. ގަދަބަސްބުނެ އަޗާތެޅުން
އެންޑީޕީ ކެންޕޭން ޓީމް
12 January 2020
މިދަތުރުގެ ހަރަދު ޕާޓީން ކުރާގޮތަށް ބަދަލުކުރޭ