އިއްޒުއްދީން ސްކޫލު ހުޅުވަން އެ ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
12 ޖެނުއަރީ 2020 - 10:41
މާލޭގައި މިއަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފި އެވެ.
އެއްދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލުން 200 އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ޖާގަ ދީފަ އެވެ. ސްކޫލުގައި ފުރަތަމަ ކިޔެވުން ފަށާނީ ގްރޭޑު 1-6 އަށެވެ. ނަމަވެސް ކޮންމެ އަހަރަކު އާ ގްރޭޑެއް ތައާރަފް ކުރަމުން ގޮސް ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޒުއްދީން ސްކޫލު ހުޅުވައިދެއްވާއިރު، ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެމަނިކުފާނުގެ އަރިހުގައި މަޑުކޮށްލައްވައިގެން-.- ފޮޓޯ: ރައީސް އޮފީސް
އެ ސްކޫލު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި ގޮތުގައި އިއްޒުއްދީން ސްކޫލުގެ ނަން ނިސްބަތްވަނީ ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި އައްސުލްތާނުލް ޣާޒީ ހަސަން އިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.
ކުރީގެ އެމްއީއެސް އިމާރާތުގައި ހެދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިއްޒުއްދީން ސްކޫލަކީ، ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި މި ސަރަހައްދުގައި ވަރުގަދަ ސްކޫލަކަށް ވެގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޑުކަށިި
13 January 2020
ނާސްތާ ޕްރޮގްރާމަކީ ސަރުކާރުން ކުރާ ބޮޑު އިސްރާފެއް، މިއީ ސިސްޓަމް ތެރޭން ކަރަޕްޝަނުގެ ނަފާ ހޯދުމަށް ހިންގާ ބޮޑު ޖަރީމާއެއް. އަދި ހަމަ މި ނާސްތާ ޕްރޮގުރާމަކީ ސަރުކާރަށް ސަނާކިއާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ބައި އެޅުމަށް ތައްޔާރުކޮށްގެން އުޅޭ ސްލޯގަންއެއް، ސަރުކާރަށް ސަނާ ނުކިޔާ ބަޔަކު ސްކޫލްތަކަށް ނާސްތާ ފޯރުކޮށްދިނުމުގަ ހަރަކާތްތެރިވަނިކޮށް ފެނޭތަ؟
މުހައްމަދު އަހްމަދު
13 January 2020
އަހްމަދުބޭ! ރާއްޖެ ޓީވީއާއި، މިހާރު ނޫހުން ތިޔަ ޚަބަރު ގެނެސްދިންއިރު ހީވަނީ މި ސަރުކާރުން 1 އަހަރު ތެރޭ އާ ސްކޫލެއް ބިނާކޮށް ހުޅުވީ ހެން.. ތިޔަ ސްކޫލު ހުރީ މާލޭގެ ކަން ވެސް އެނގުނީ އެތައް ޚަބަރެއް ކިޔައި، އެންމެ ފަހުން ރައްޓެއްސަކަށް ގުޅައިގެން..
އޮނަރަބްލް އަފީފު ދީދީ
13 January 2020
ތައުލީމީގޮތުން ރާއްޖޭގެ އެންމެ ފަޙުރުވެރިރަށް އައްޑޫ މީދޫގެ ތާރީޙީ ސުކޫލް އުވާލާފާއި އަދިވެސް މާލޭގައި ސުކޫލް އިތުރުކުރެވޭތޯ ސޯލިޙްވެސް މަސައްކަތް ކުރަމުންދަނީ؟! # މިއީ ލާމަރުކަޒުކޮށް ޖަޒީރާ ރާއްޖެ ވައުދު ނާމާ ހިފައިގެން އައިމީހުންގެ ކަންތައް ހުރިގޮތް. # އެމީހުންގެ ގައިގަ ހުރިކަމެއް އަބަދުވެސް ހުންނާނެ. މާލޭގެ ތާރީޙް އިގޭބަޔަކު މިކަމާއި ކަންބޮޑު ނުވާނެ. މާލެއާއި މާލޭ މީހުންނަކީ ކޮންބައެއްކަން ތާރީޙުން އިގެން އެބައޮތް.
ބޮޑުފެންވަޅުގޭ ސީދީ
13 January 2020
ތައުލީމީ ގޮތުން ކޮން ފަޚުރުވެރިކަމެއް ލިބިގެންތޯ ތިއުޅެނީ؟ތިޔަބުނާ ފަޚުރުވެރި ދަރިން އެންމެ ގިނައީ ރާއްޖޭގެ ޖަލުތަކުގަކަން އެއީ ދެބަސްވެވެން ނެތް ހަޤީގަތެއް، ދައުލަތުގެ ހަރުމުދަލާއި އާންމު ފަރުދުންގެ މުދަލާ ފުރާނައަށް ނުރައްކާވާގޮތަށް ތަންތާ ހުޅުޖަހާ ރޯކުރީ އޮނަރަބްލް އަފީފު ދީދީ ތިޔަ ވިދާޅުވާ ފަޚުރުވެރި ތައުލީމީ ބޭފުޅުންތޯ؟ ތިޔަބުނާ ފަޚުރުވެރި ތައުލީމީ އައްޑޫގަ ކުށުގެ ރިކޯޑެއް ނެތް މީހެއް ވަރަށް މަދުވާނެ ލަދުން ބޯހަލާކު
ބޮޑުމީހާ
12 January 2020
ރާއްޖޭގެ ކޮންމެ ރަށެއްގައި ސްކޫލާއި ހަސްފަތާލް ފެން ކަރަންޓް ދިނުމަކީ ކުރެވޭނެ ކަމެއްނޫން. ސަރުކާރުތަކުންވެސް އެބަޖެހޭ ކުދި އާބާދީތަކުގެ މީހުން ބޮޑެތި ރަށްތަކަށް ބަދަލުކޮށް އެތަންތާގައި ހިދުމަތްތައް ގާއިމްކުރަން. މާލެއަކީ ހައްލެއްނޫން، ހަމައެގޮތަށް ކޮންމެ ރަށެއް ތަރައްގީއެއް ނުވާނެ
ކަންނަންނޫރު
12 January 2020
ފީލް ލައިކް ކްރައިން. މައި އެމްއީއެސް
ާއުނިމާ
12 January 2020
ޓީޗަރުން ހަމައެއް ނުވެޔޭ! ޓީޗަރުން ނުއުފެއްދެނީ ކީއްވެހޭ، ބޭރުޓީޗަރުންނޭ ގޮވި މީހުން މިއަދު ކިއްމިކުރަނީ؟! ތިޔަބޭފުޅުން ގެޒެޓް ބައްލަވާލައްވާ ޓީޗަރުންގެ ވަޒީފާތަކަށް އިޢްލާން ކޮށްފައޮތް މިންވަރު...ނަމަވެސް ޓީޗަރުން ގާތަކަށްވެސް ނުިލބޭ! މިއީ ވަރަށް ބޮޑު ޤައުމީ މައްސަލައެއް! ތަމުރީން ލިބިފަނެތް އޯލެވެލް ފެންވަރުގެ ޓީޗަރުން ލައިގެންވެސް ރައްރަށުގެ އެތައް ސްކޫލަކުން މިދިޔައަރު ކިޔަވައިދިން ކަންއެގޭތޯ؟
އިއްޒުއްދީން
12 January 2020
އެމްއެންޑީއެފް ފާރުގައި ހުރި ލޯގޯތަ؟؟
ސައީދުސައީދު
12 January 2020
އާދެ! އެމްއެންޑީއެފް ފާރުގައި ހުރި ޝަހީދުންގެ ބިނާގައި އެހެރީ ދޮންބަންޑާރައިންގެ އައްޑަނަކޮޅު އަސްލަކަށް ބަލައިގެން ހަދާފައިވާ ފަރުމާއެއް. އެހެންވީމާ ދޮންބަންޑާރައިންނަށް ނިސްބަތްވާ ސްކޫލެއްގެ ލޯގޯއަށް އެ އައްޑަނަކޮޅުގެ ފަރުމާ ނެގުމަކީ މައްސަލައެއްނޫން ކަމަށް އަޅުގަނޑު ދެކެން.
ރުޅި
12 January 2020
އަސުލުގަވެސް އަހަރެމެން ރަށު ސްކޫލަކީ 300 ކުދިންގެ އާބާދީ އެއް އޮތް ސުކޫލެއް އެކަމަކު މިހާރު 30 ކުދިން ހަމަނުވޭ. ދެރަ. މިއީ ހަމަ އަތޮޅުތައް ފަނާވާ ސަބަބު. ޖާގަ ނެތޭކިޔާފަ ޖާގަނުދެނީކީނޫން މީހުން ނިދާނެ ޖާގަނެތްއިރުވެސް ސްކޫލްތައް އެބަގިނަކުރޭ.
މާލެ މީހާ
12 January 2020
ރަށް ރަށަށް ނިސްބަތްވާ އެންމެ އެމީހުންގެ ރަށް އަނބުރާ ދާން ބޭނުންވަނީ އެތަންތަނުގައި ހުރިހާ ޚިދުމަތެއް އެންމެ މަތީ ދަރަޖައަށް ފުރިހަމަ ވީމަ، ބަލަ ތަން ތަރައްޤީ ކުރެވޭނީ އާބާދީ އެތަނަށް ގޮސްގެން، އަދި އެކަމަށް ވަގުތުވެސް ނަގާނެ، އެހެން ނަމަވެސް އެއީ އެރަށް ނިސްބަތްވާ ކުދިންގެ މުސްދަޤުބަލަށް ލިބޭ ބޮޑު މަންފާއެއް. މާލޭގެ ކުލި ބޮޑު ވާހަކަ ނުދައްކާ، ރަށްރަށް ނިސްބަތްވާ އެންމެ ވިސްނަންވީ ރަށަށް ގޮސްތިބެ ވަސީލަތްތަކަށް ޑީމާންޑް ކުރަން.
މައުރޫފް
12 January 2020
ހާދަ ކަޓޭ. އައުސްކޫލެއް ހުޅުވާފަވެސް ކުރީގެ ޔުނީފޯމް.