ޓޫރިސްޓުންތަކެއް އެއާޕޯޓްގައި ފުރަން ގޮސް: އެއާޕޯޓްތަކުގައި މަޖަލަކަށް ނަމަވެސް އިންޒާރު ދިނުމަކީ މައްސަލައެއް
12 ޖެނުއަރީ 2020 - 16:15
ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީންނަށް އިންޒާރުދިން ދެ ޓޫރިސްޓެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ސްވިޒަލެންޑާއި ސެނެގޯލްގެ ފިރިހެން ދެ ޓޫރިސްޓުން އެގޮތަށް އިންޒާރު ދިން އިރު ތިބީ މަސްތުވެގެން ކަމަށެވެ. އެކަމަކު އެ މީހުން ފުރަން ގޮސް ތިބީ އިންޓަނޭޝަނަލް ޓާމިނަލްގައި ކަމެއް ނުވަތަ ޑޮމިސްޓިކް ޓާމިނަލްގައި ކަމެއް، ފުލުހުން ނުބުނެ އެވެ. އެހެންކަމުން އެ މީހުން އަދިވެސް ތިބީ ރާއްޖޭގައި ކަމެއް ނުވަތަ ޗުއްޓީ ނިންމާފައި ފުރައިގެން ދިޔައީ ކަމެއް ނޭނގެ އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުނުކުރާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ހެނދުނު އަށެއް ޖަހާކަންހާއިރު އެއާޕޯޓަށް ދިޔަ އެ ދެ ޓޫރިސްޓުންގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނީ އެ ޗެކްކުރަން ސެކިއުރިޓީން އުޅުމުން ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް، ފުލުހުން ބުންޏެވެ.
އެއާޕޯޓްތަކުގައި ސެކިއުރިޓީ ޗެކްކުރާ އިރު ބޮން ފަދަ އެއްޗެއް އޮތް ކަމަށް މަޖަލަކަށް ބުނުމަކީ ވެސް، މުޅި އެއާާޕޯޓް އެލާޓަށް އަންނަ ކަމެކެވެ. ދެ ޓޫރިސްޓުންގެ އިންޒާރާ އެކު ވީއައިއޭ ވެސް އެލާޓަށް އައި ކަމަށް، ބައެއް މީހުން ބުނެ އެވެ.
އެކަމަކު ފުލުހުންނާއި އެމްއޭސީއެލުން އެގޮތަށް ބުނެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަފުރާސިޔާބު
12 January 2020
އެއީ މަޖާޒީގޮތުން އެމީހުން ދެއްކި ވާހަކައެއް. އެމީހުން ނުބުނޭ ނުން ނިއުކްލިއަރ ބޮމެކޭ!
ސަމީ
12 January 2020
ތިވެސް މުސްލިމެއް ނަމަ ކަންތައް ހުރީސް
ލުބްލާ
12 January 2020
ދޮން މީހުން ވީމަ ދޫކޮއްލީދޯ؟ އަހަރެމެން ބްރައުން މީހަކު ދޮންމީހުންގެ އެއާޕޯޓެއްގައި ތިކަހަލަ ވާހަކައެއް ބުނެފިނަމަ އޮންނާނީ ޖަލުގަ. ނުވަތަ ޑީޕޯޓުކޮށްފަ ޔޫރަޕަށް ނޭރޭގޮތަށް ބްލެކްލިސްޓް ކޮށްފަ. އަރާފާނެ ޓެރަރިސްޓުންގެ ލިސްޓަށްވެސް. އެހާވެސް ސީރިއަސް ކަމެއްތީ.
މަސީހު
13 January 2020
ސެނެގޯލް މީހާއެއީ ބްލެކް މީހެކޭ
ހަކީމް
12 January 2020
މިއާޓިކަލް އިން ފުލުހުން ދޮގު ހަބަރު ފަތުރާހެންވެސް އެބަހީވެ. ވާނުވާއެއް ނުއެނގޭ. އަތުގަ ބޮމެއް އޮތްވާހަކަ ބުނުމަކީ ކުޑަކަމެއް ނޫން. އެމެރިކާގެ އެއާޕޯޓެއްގައި މިކަހަލަ ކަމެއް ކޮއްފިނަމަ ހިފާހަތްޔަރުކޮއް ވޯޓަރބޯޑިން ޖައްސާނެ.
ރިސާ
12 January 2020
ދޮން މީހުންނަށް އަދަބު ދެވޭތަޔ
ހޭޝްޓެގް
12 January 2020
ސީރިއަސް މައްސަލައެކެވެ. މިކަހަލަ މީހުންނަށް އަދަބުތަކެއް ކަނޑައެޅި، ތަންފީޒްވެސް ކުރެވެން ވާނެ. ދުނިޔޭގެ ހުރިހާ ގައުމެއްގަހެން މިކަން އޮންނަނީ މިގޮތަށް.
މުހައްމާފުތާ
12 January 2020
މިއީ ކޮންކަހަލަ ގައުމެއްތަ؟ ތިކަމަކީ އެހެން ގައުމެއްގަ ހިނގި ކަމެއްނަމަ ތިދެމީހުން ތިބޭނީ ބަންދުގަ. މިޢީ ކުޅޭ ކުޅޭ ގައުމެއް!
ކިމްޖޮންގް
12 January 2020
"ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުނުކުރާ ކަމަށެވެ." މިހާ ކަން ފަސޭހަ ގައުމެއް މިދުނިޔެއަކު އޮންނާނެހެން ހިޔެއް ނުވޭ.
ނަހޫ
13 January 2020
އަސްލުވެސް
އޮނަރަބްލް އަފީފު ދީދީ
12 January 2020
ތިކަންވެސް ރިކޯޑް ފޮތަށް އިތުރުކޮށްލާ. 2 މިލިޔަން މީހުން ތިތަނަށް ގެންނާން ހިފާފައިތިބޭއިރު ކަލޭމެން ތިހީކުރާގޮތަކަށް ތިކަންކަމެއް ނުހިގާނެ. # ހަނިމާދުއާއި ގޭންއެއަރޕޯޓް ތަރައްޤީވިޔަނުދީ ތިހެން ރެކޯޑް ހަދަހަދާ ތިއްބާ ސިލޯނު ފަތުއަޑުކިޔާފަ ކުރިއަރާ ރަނގަޅު ލަޑެއްދޭނެ.
އިސްމާލްކަލޭފާނު
12 January 2020
ގާނޫނީ އިމިގެތެރެއިން ދެވޭ އެންމެ ބޮޑުއަދަބެއް ދޭންޖެހޭނެ.