ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަމަނުޖެހުން ހިންގި މައްސަލާގައި ނަސޭހަތް ދިނުމަށްފަހު ދޫކޮށްލި ސްރީލަންކާގެ ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރީ ސްރީލަންކާގެ ދެ ފިރިހެނުން ކަމަށެވެ. އެއީ؛
- ތިލަކް ސޯމަޗަންދުރަ މަޑެތަލަވޭ ކަންކަނަމަލަގޭ، 43
- ޕްރިޔަންތަ ސިލްވާ ދެވަނިއްތިގެ، 46
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
އެއާޕޯޓުގެ ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު 12:15 ހާއިރެވެ. ނަމަވެސް އޭރު އެ މީހުން ފުލުހަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށް، ނަސޭހަތް ދިނުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ.