\ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި ހޯދާފައިވާ ބަނގުރާތަކެއް ނައްތާލަނީ. މާލޭގެ ރެސްޓޯރެންޓެއްގައި ބަނގުރާ ވިއްކި ކަމުގެ ތުހުމަތަށް މިއަދު ތިން މީހަކު ހައްޔަރުކުރި-- ފޮޓޯ/ޕޮލިސް
12 ޖެނުއަރީ 2020 - 22:07
މާލޭގެ ރެސްޓޯރެންޓެއްގައި ބަނގުރާ ބޮއެ، ވިއްކާ ހެދި ކަމުގެ ތުހުމަތަށް ތިން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި ރަލުގެ ވިޔަފާރި ކުރަމުންދާ ކަމުގެ ރިޕޯޓެއް މިއަދު ހެނދުނު ލިބުނު ކަމަށާއި ފުލުހުން އެ ރެސްޓޯރެންޓަށް ގޮސް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އެ މީހުން ގެންގުޅުނު ތިން ދަބަސް ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ ގިނަ އަދަދެއްގެ ފުޅިތައް އެ ދަބަސްތަކުގައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 34 އަހަރާއި 50 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 38 އަހަރުގެ ސްރީ ލަންކާގެ ފިރިހެނެކެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސަރުކާރު
13 January 2020
ތިކަހަލަ އެއްޗެހި ވަރަށް ތިޔާގިކޮށް ލިބޭނެ މިހާރު
ހިމާރު
13 January 2020
މުޅިންވެސް ހައްދުފާހާނާއެޅި މީހަކު މިވެނި ރަށަކުން ފެނިއްޖެއޭ ކިޔައިގެން މިހެން ރޯމާދުވާލު އެނންމެން ލޯކުރިމަތީގަ ހިންގާ ހުރިހާ ޖަރީމާއެއް އޮއްބާލަނީ. މިހެން ހަދަމުންގޮސް މިހާރު ތިއެއްޗިހި ފެންނަނީ 200 ގުޅިން 400 ފުޅިން، ރެސްޓޯރަންޓުތަކުގަ ހެދިކާއަކަށް އޯޑަރުކޮށްލާހެން ތިޔަލިބެނީ.
މުހުސިން ހަމީދު
13 January 2020
ހުރިހާކަމެއް ގޯހުން ގޯހަށް މިދަނީ! ވަރަށްދެރަ. ގާނޫނުގެ ދަށުން އެޅެން ހުރި އެއްމެ ހަރުކަށި ފިޔަވަޅު އަޅާ މިނުބައި އަމަލުތަށް މިގައުމުން ފޮހެލަން ޖެހޭ.
ސިރިސޭނާ
13 January 2020
ސްރީލަންކާ މީހެއްކަމަށް ތުހުމަތުކުރެވޭމީހެއްތަ ނޫނީ ހަމަ އަސްލުވެސް ސްރީލަންކާ މީހެއްތަ!؟
ހަކީމް
13 January 2020
މާދަމާ ހުއްދަ ދޭނެ. ދެން ފެންނާނީ ރިޕޯޓް ކުރި މީހާ ހަންދަމާފަ އެއްލާލާފަ އޮއްވާ.
ބައޯކަލޯ
13 January 2020
ތިޔައީ ކޮން ރެސްޓޯރަންޓެއްތޯ؟....ވަގުތުން ބަންދުކޮށް ވިޔާފާރި އުވާލަންވީ.....
ކަރީމުއްދީން ބާޝާ
12 January 2020
ކިތޭވަރަކަށްވެސް ރެޑުކޮށް އެބަ ހިފޭ. ދެން ވާގޮތެއް ނޭންގޭ.