ޚަބަރު

ޑްރަގާ އެކު ޕްރިންސިޕަލަކު ހައްޔަރުކޮށްފި

ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ.-- ފޮޓޯ: ޕޮލިސް

މަސްތުވާތަކެތިި ގެންގުޅުނު ކަމުގެ ތުހުމަތަށް ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ހައްޔަރުކޮށްފި އެވެ.

މާޅެންދޫ ކައުންސިލްގެ މެމްބަރު މުހައްްމަދު ޝާހް މޫސާ "މިހާރަ"ށް މިއަދު ވިދާޅުވީ އެރަށު ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމަކު އެއީ ކޮން މައްސަލައަކާ ގުޅިގެން ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެކަމަކު ޕްރިންސިޕަލް ހައްޔަރު ކުރީ މަސްތުވާތަކެތި ގެންޅުނު ކަމުގެ ތުހުމަތަަށް ކަން ވަނީ އެނގިފަ އެވެ.

ފުލުހުން ބުނީ ނ. މާޅެންދޫގައި ހިންގި އޮޕަރޭޝަނެއްގައި ފަސް ގްރާމް މަސްތުވާތަކެއްޗާ އެކު އުމުރުން 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހާއަކީ ޒިންމާދާރު މަގާމެއްގައި ހުރި މީހަކަށް ވާތީ ކަމާ ގުޅޭ އިދާރާއާ މައުލޫތު ހިއްސާކޮށްފައި ވާނެ ކަމަށް ވެސް ބުންޏެވެ.

ބެލެވޭ ގޮތުގައި ޕްރިންސިޕަލް ހައްުޔަރު ކުރި ކަމުގެ މައުލޫމާތު ފުލުހުން ދޭނީ އެޑިއުކޭޝަން މިނިސްޓްރީ އަށެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

22 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 14%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހްމަދު007

14 January 2020

ގައުގެ ހާލަތު.

The name is already taken The name is available. Register?

ނޫމާ

14 January 2020

އަޖައިބު ވަނެ، ބޮޔެގެން ހަތަރީސްފައި ޖަހައިގެން ދުވާތަން ފެނުނަސް، އެންގިޔަސް ހައްޔަތު ނުކުރޭ ބައެއް މީހުންނެއް. އެ ކީއްވެތަ؟

The name is already taken The name is available. Register?

ވަތުބަތާނަ

14 January 2020

ނިކަން އަވަ ހަށް ހައްޔަރުކުރާނެތޭ! ނިކަން އަވަ ހަށް ދޫކޮށްލާނެތޭ! ނިކަން އަވަ ހަށް ޕާޓީ ބަދަލުކުރާނެތޭ! މިކަން މިދަނީ މިނިވަންކަންއޮތީމައޭ!

The name is already taken The name is available. Register?

ރުޅި

14 January 2020

މުޅިގައުމަށް ފެންކިޔަވާފަ އަޅަންވީ. އެކަމަކު ތިޔައީ މާ ބޮޑުކަމެއްނޫން. އެއީ މިނިވަންކަން. މިހާރުވެސް އެއުޅެނީ މިނިވަންކަން ނެތިގެން. ގައުމެއްނެތް. ޖީލެއްވަނީ ހަލާކުވެފަ.

The name is already taken The name is available. Register?

އަލިފުތާ

14 January 2020

ނަޝީދު ވެރިކަމުގައި އުތުރު ޕްރޮވިންސެއް ހަދައަިގެން ޅ.ފެލިވަރުގައި ބެހެއްޓި އެޑިޔުކޭޝަން ޑެސްކުގައި ވެލިދޫ ފަތުޙުﷲ ކިޔާ މީހަކާ ތިޔަ ޔޫސޭއާ މަސައްކަތްކުރި. ފަތުޙުﷲ އާ އެއްގޮތަށް ތިޔައީވެސް ވަރަށް ކޮރަޕްޓް މީހެއް. ކަނޑާލާފާ ގޮޅިއަށް ފޮނުވާލާ.

The name is already taken The name is available. Register?

އެޑްމުންޑޯ

14 January 2020

ބުނާނެ އެއްޗެއްނޭގުނު ، ޑްރަގާއި އެކު ޕްރިންސިޕަލަކު ހައްޔަރުކުރި އިރު އޭގެ ހައެއްކަ ގަޑިއިރުކުރިން އިވުނީ ޕޮލިހަކު ފޭރަން އުޅެނިކޮށް ހައްޔަރުކުރިވާހަކަ ، ދެން އިވޭނީ ހަމަ މިފަދަ ޒިންމާދާރުމީހަކު ކުޑަކުއްޖަކު ރޭޕްކޮއްލިވާހަކަ ، މިގައުމަށް ވަމުންމިދާގޮތުން ދެރަވެ ލޮލުން ކަރުނައާދޭ

The name is already taken The name is available. Register?

ނޫރާއަލީ

14 January 2020

މަވެސް ހަމަ އައިރާން .. ގަވްމުގެ ހާލަތު ދޯ

The name is already taken The name is available. Register?

ޢަހު

14 January 2020

ދެންވެސް މުސާރަ ބޮޑުކުރޭ

The name is already taken The name is available. Register?

މަލް

14 January 2020

ޓީޗަރުންގެ މުސާރަ ބޮޑުކުރުން އެެއީ ރިޔާސީ ވައުދެއް

The name is already taken The name is available. Register?

ދީވާނާ

14 January 2020

ޕާޓޭންވެސް ޕޮލިހުންވެސް ޕުރިންސިޕަލުންވެސް ބަންގާޅީންވެސް މަސްތުވެ މަސްތުވާ އެއްޗެއްސައް ޟައްކުވެ މަގުމަތިން ދާމީހުން ފޭރެމުން ވައްކަން ކުރަމުން ލޫޓުވަމުންދާ އަޑު އެބަ ހަބަރުތަކުގެ ސުރުހީތަކުން ފެނޭ މިއިން އެއްވެސްކަމެއް މިގައުމުގެ ވެރިޔަކަށް އެނގޭބާ ؟ ރައްޔަތުންނަށް ހަމަ ޔަގީނުންވެސް އެނގޭ މަންޒަރު ފެނޭ

The name is already taken The name is available. Register?

އަލީން

14 January 2020

ތިޔައީ ގައުމުގެ ވެރިންނަށް އެއްވެސް މައްސަލައެއް ނޫން... އެ ވެރިން ބުނަނީ ގައުމަށް އޮތް އެންމެ ބިރަކީ ދީނީ ޢިލްމުވެރިންނާއި ޙާފިޡުން ...

The name is already taken The name is available. Register?

ސާހިބ

14 January 2020

ޕުރިންސިޕަލެއް އެދުރުބެއެއް ބައްޕައެއް މަންމައެއް ކިޔާނެކަމެއްނެތް މިދިވެހި ރާއްޖެއައް އަލަށް އުފަންވި ޖީލުގެ 75 ޕަސެންޓް މީހުން އެވެރިން ދެކޭ ގޮތުގައި އެއީ މޯޑަންވޯލްޑުމީހުން އުޅެންޖެހޭ ގޮތް އެ ސާންޕަލް ނެގީ ކަސޯޓީ ފަދަ ހިންދީ ޑުރަމާތަކުން މަންމަޔަކަށް ބައްޕަޔަކަށް އެދުރުބެޔަކަށް ގަދަރެއް އިޙުތިރާމެއް ނުކުރާނެ އަންހެނެއް ފިރިހެނެއް ވައްކެއް ނުވާނެ ފެނެއް ނުވަރާނެ ލޯޟަނާއި އެކިވައްތަރުގެ މޭކަޕުން ރީތިވާނީ ... ހަރުދަނާ ވެރިޔެއް ބޭނުންވަނީ

The name is already taken The name is available. Register?

ޙހހހހހހ

14 January 2020

ޢެޖެންޑާ19

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454