ގައުމީ ޔުނިވާސިޓީން މިދިޔަ އަހަރު ބޭއްވި ދަސްވެނިވުމުގައި ބައިވެރިވި ބައެއް ދަރިވަރުން.---ފޮޓޯތައް: ރައީސް އޮފީސް
15 ޖެނުއަރީ 2020 - 15:29
މަތީ ތައުލީމުގެ ލޯނަށް މި މަހުގެ ފަހުކޮޅު ހުޅުވާލާނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެކި ދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ މީހުންނަށް މި މަސް ނިމުމުގެ ކުރިން ލޯނުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އެއީ ކިތައް ޖާގަ ކަމެއް ނުބުނެ އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިދިޔަ ނޮވެމްބަރު މަހު ވިދާޅުވީ، މަތީ ތައުލީމަށް ކިޔެވުމަށް ސަރުކާރުން ލޯނު ދޭއިރު، ތަނަވަސްކަން ނެތް ދަރިވަރުންނަށް އިސްކަންދެވޭނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން އަތޮޅުތަކަށް އިސްކަންދެވޭނެ ގޮތަކާ ދޭތެރޭ މަޝްވަރާކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
އެކަމަކު އެކަންކަން ކުރާނެ ގޮތުގެ ތަފްސީލެއް ނުދެއްވަ އެވެ.
މަތީ ތައުލީމުގެ ލޯނު މީގެ ކުރިން ދޫކުރީ ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓުގަ އެވެ. މި ސަރުކާރުން ވަނީ އެ އަދަދު ތިން ޕަސެންޓަށް ކުޑަކޮށް، ލޯނު ދައްކަން ލިބޭ މުއްދަތު 25 ޕަސެންޓަށް އިތުރުކޮށްފަ އެވެ. އަންނަ އަހަރުގެ ކުރިން އިންޓްރެސްޓް ރޭޓް އަނެއްކާ އެއް ޕަސެންޓަށް ކުޑަކުރަން ސަރުކާރުގެ އެކްޝަން ޕްލޭނުގައި ހިމަނާފައި ވެ އެވެ.
މި ސަރުކާރަށް މި ވީ އެއް އަހަރުގެ ތެރޭގައި މަތީ ތައުލީމަށް ކިޔަވަން 567 ލޯނު ދޫކޮށްފައި ވެ އެވެ. އެކަމަށް 54 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެހި
15 January 2020
އިންޓަރެސްޓް ކިތަންމެ ދަށް ވިޔަސް އެއީ ހަމަ ރިބާ!
ދެރަވަރު
15 January 2020
މި ލިޔުން ލިޔުނު ބޭފުޅަކު އަދި އެއްފަހަރު މިސަރުކަަރުން ލޯނު ދިން އަދަދު ބައްލަވާލައްވާ! ސަރުކާށް ޘަނާ ކިޔަސް ތެދުމައުލޫމާތު މުހިއްމު
ހަވީރު
15 January 2020
ލިއުންތެރިން އަމިއްލަޔަށް ކަންކަން ބަލާފަ ޚަބަރު ލިޔާނެ ދުވަހެއް އަންނާނެބާ؟
ހިބަރު ވަދު
15 January 2020
ރަށްޓެހިންނާއި ޕާޓީ ކުދިންނަށް ބަހާލީމަ ރަނގަޅުވާނެ
މަހޭ
15 January 2020
ތި ލޯނު ނަގައިގެން ކިޔަވާނެކަމެއް ނެތް. ކިޔަވިޔަކަސް ރަނގަޅު މުސާރައެއް ނުލިބޭ...