ޚަބަރު / އައްޑޫ ނޭޗާ ޕާކް

އައްޑޫ ނޭޗާ ޕާކަށް އަޅައި ނުލެވި، ބައެއް ތަންތަން ވީރާނާވަނީ!

އިކޯ-ޓޫރިޒަމަށް ހާއްސަ ކޮށްގެން އައްޑޫގައި ތަރައްގީ ކޮށްފައިވާ ނޭޗާ ޕާކްގެ ބައެއް ތަންތަނަށް އަޅާނުލެވި، ދޫކޮށްލާފައި ހުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވާން އެވެ

ހިމާޔަތް ކޮށްފައިވާ ހިތަދޫ އީދިގަލި ކިޅި އާއި ކޯއްޓޭއާ ދޭތެރޭގައި ހިމެނޭ ސަރައްދުތަކުގައި ތަރައްގީކޮށް، 2018 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ ނޭޗާ ޕާކްގައި ލަކުނޑިން ހަދާފައި ހުރި ގިނަ ތަންތަނުގެ ލަކުޑިތައް ފީވެ ބިންދައިގެން ބޮޑެތި ގެއްލުންތަކެއް މިހާރު ވަނީ ވެފަ އެވެ. އޭގެ ތެރޭގައި އެ ސަރައްދުގެ ރީތިކަން ބެލުމަށްޓަކައި ޒިޔާރަތް ކުރާ މީހުން މަޑުކުރަން ހަދާފައިވާ ފްލެޓްފޯމުތަކާއި ނޭޗާ ޕާކްގެ ތެރޭގައި ހިނގަން ހަދާފައިވާ ދިގު ލަކުޑި "ފާލަން" ގެ އެކި ތަންތަނާއި އެކި ސަރަހައްދުތަކުގައި ލަކުޑިން ހަދާފައިވާ ޕޯސްޓު ފަދަ އެއްޗެހި ހިމެނެ އެވެ.

މި ތަނަށް ލިބިފައިވާ ގެއްލުން ފޭސްބުކްގައި ބަޔަކު ހިއްސާ ކޮށްފައިވާ އިރު، ވަރަށް ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނޭޗާ ޕާކްގެ ހާލަތު ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސަމާލު ކަމަށް ގެންނަން ބައެއް މީހުން ވަނީ ފޭސްބުކްގައި ފޮޓޯތަކާ އެކު އެ މިނިސްޓްރީ ޓެގްކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫ ނޭޗާ ޕާކް ހުޅުވުމާ އެކު، ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައި ވިޔަސް އެ ތަން ބެލެހެއްޓުމުގެ ކަންކަން ވަރަށް ދޯދިޔާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެގޮތުން، ތަން ރަނގަޅަށް މެނޭޖް ކުރެވެމުން ނުދާ އިރު، ބައެއް ތަންތަނަށް އެއްވެސް ވަރަކަށް އަޅައި ނުލެވޭ ކަމަށް ބައެއް މީހުން ބުންޏެވެ.

ނޭޗާ ޕާކްގައި ހަދާފައި ހުރި ތަންތަނުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް މި ވަގުތު ދެވެމުން އަންނަނީ އެ ތަނުގެ މޫނުމަތި ކަމަށްވާ ވިޒިޓާޒް ސެންޓަރަށެވެ.

Haflaa thakah Addu nature park kuyyah dhookuranee

Haflaa thakah Addu nature park kuyyah dhookuranee

The most trusted news source in the Maldives

Mihaaru

ހަފްލާތަކަށް އައްޑޫ ނޭޗާ ޕާކް ކުއްޔަށް ދޫކުރަނީ

އައްޑޫ މީހުންގެ އިތުރުން، އައްޑު އަށް ޒިޔާރަތް ކުރާ އެކި ރަށްރަށުގެ މީހުންނާއި ޓޫރިސްޓުންނަށް ވެސް އިޝްތިހާރު ކުރާ އައްޑޫ ނޭޗާ ޕާކްގައި މި ފަހުން ވަނީ އެކިއެކި ހަފުލާތަކަށް ވެސް ދޫކުރަން ފަށައިފަ އެވެ އެކަމަކު، މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައްޑޫ ނޭޗާ ކްލަބްގެ ބައެއް ތަންތަން ފީވެ، ހަލާކުވެ، މަރާމާތުތައް ކުރުން ހުއްޓާލާފައި ވުމަކީ ވަރަށް ބޮޑު މައްސަލަ އެކެވެ. އައްޑޫ އިޝްތިހާރު ކުރުމަށް ލިބިފައިވާ މަދު ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ މިފަދަ ތަނަކަށް އަޅައިލައި، ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ބައްޓަން ކުރުމުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފަރުވާ ކުޑަކޮށްފައިވާ ކަން ކިތަންމެހާ ވެސް ސާފެވެ.

Addu Nature Park: Gudhurathee hiygaimukamu ge dhevana eh neiy!

Addu Nature Park: Gudhurathee hiygaimukamu ge dhevana eh neiy!

The most trusted news source in the Maldives

Mihaaru

އައްޑޫ ނޭޗާ ޕްކް: ގުދުރަތީ ހިތްގައިމު ކަމުގައި ދެވަނައެއް ނެތް

އައްޑޫ ނޭޗަ ޕާކަކީ އައްޑޫގެ އިކޯ-ޓޫރިޒަމް ޕްރޮޖެކްޓްގެ ދަށުން އެންވަޔަރުމެންޓް މިނިސްޓްރީ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިތުރުން ވޯލްޑް ބޭންކުން މެނޭޖްކޮށްގެން ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

އައްޑޫ ނޭޗާ ޕާކްގެ ތެރޭގައި ހިމެނެނީ އީދިގަލި ކިޅި އާއި ކޯއްޓޭގެ އިތުރުން ފަޅުރަށްރަށް ކަމަށްވާ މާހެރަ އާއި ކުޑަމާހެރަ އާއި ދީރޮނޑި، ކޯހެރަ އަދި ކައްބޯހެރަ އެވެ. މީގެ އިތުރުން ރޯޔަލް ޝިޕްރެކް ޑައިވިން ޕޮއިންޓެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ހިމާޔަތް ކޮށްފައިވާ މި ސަރަހައްދުގެ ބޮޑުމިން ގާތްގަނޑަކަށް 1،145 ހެކްޓަރަށް އަރަ އެވެ.

29 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 21%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަބޭސް ޕްރޮޖެކްޓް

19 January 2020

މި ރާއްޖޭގަ ކަންހިންގާ މަގު ތިފެންނަނީ ބަޔަކަށް ކޮންޓްރެކްޓްދީގެން ލާރިކޮޅެއް ހޯދަން ވަރަށް ފޯރީގަ ކުރިޔަށް ގެންދާނެ ހެސްކިޔާފަ ޚަރަދުކޮށް ޕްރޮޖެކްޓް ނިމުމުން ތަން ވީރާނާ ވާން ދޫކޮށް ލާނެ މަރާމާތު ކުރާކަށް ހިތް ވަރެއް ނުހުންނާނެ ލިބޭ ޢަދަދު މަދުވާނެތީ މިރާއްޖޭގައި މަމިއުޅޭ އުޅުމުގައި މަށަށް ފާހަގަ ވަނީ ދެމެހެއްޓެނިވި ތަރައްޤީ އަކަށް މަގު ފަހި ނުކުރެވެޭކަން އަވިން ހަކަތަ އުފައްދާ ސާމާނުތައް ފޯރީގަ ބަހައްޓާނެ މައްސަލަ ޖެހުނީމަ ހުންނާނީ ވީރާނަވާން

The name is already taken The name is available. Register?

ޔާސިރު

18 January 2020

ރަގަޅު!

The name is already taken The name is available. Register?

އެއްކަލަ މީހާ ދޯ

18 January 2020

މައްސަލަ އެއް ނެތްތާ . . . ތިޔަ ތަނާއި ހަވާލުވެގެން ފާއިތުވި 15 އަހަރު ހުރި މީހާ އަނެއްކާވެސް އެހެރީ މޭޔަރުކަމަށް އަންނަން ފައި ވިއްދާފަ ވިއްޔާ !!!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 January 2020

ތަންތަންވީރާނާވެ ސަލާމަތުންހުރިތަނެއްވީއްޔާ ލޫޓުވައިގެން މާލެގެންދިއުމަކީ އިޤިރޭސިސިފައިން ފޭބުމަށްފަހު އައްޑޫގެމާހައުލުން މެދުކެޑުމެއްނެތި ފެންނަމަންޒަރެއް. # އެމްޑީޕީއާއި ސޯލިޙްގެ ވައުދުނާމާގައި "އައްޑޫއާއިބެހޭގޮތުން ކިތަންމެ އުއްމީދީވާހަކަތަކެއްހުއްޓަސް އެއީހަމައެކަނި ކަޅާއިހުދުން ލިޔެފައިވާ އަކުރުތަކެއް" ކަންއިގެނީ ވެރިކަމަށްއަހަރުވެގެންދިޔައިރުވެސް އައްޑޫގައި އިޤްތިސޯދީއެއްވެސްމަސައްކަތެއް ނުވަތަ ތަރައްޤީގެ ޕްރޮޖެކްޓެއް ފައްޓާފައިނުވާތީ.

The name is already taken The name is available. Register?

ވަށަފަރު މުޙައްމަދު

18 January 2020

ބަރާބަރު ވާހަކައެއް. އައްޑޫގައި ތަރައްޤީގެ ކަމެއް ކުރާން އުޅޭނަމަ 100 ސުރުޙީ އަޅާފައި 5 އަހަރުން ޕްލޭން ކުރަހާފައި 3 އަހަރުން ބަޖޭޓް ގައި ހިމަނާފައި ނޫނީ ކަމެއް ނުކުރާނެ. އަދި މަޝްރޫއު ހިންގާން ރިޔާސީ 2 ދައުރު ބޭނުންވާނެ. ދެން ތަންތަން ވީރާނާ ވީމަ އެވާހަކަ ދއްކަނީ ކީއްކުރަން ؟

The name is already taken The name is available. Register?

މޮޑްރިޗް

18 January 2020

އައްޑޫސިޓީ ކައުންސިލްގެ އިހުމާލު ތިއީ....ކައުންސިލަރުން ބޮލަކުނެތް ތަނެއް ދެމެހެއްޓެނިވި ގޮތަކަށް ހިންގާނެ ގޮތުގެ ވިސްނުމެއް...ކައުންސިލް ފެއިލްވެފަ އޮތްކަން ތިކަމުން ދައްކައިދެނީ....ސޯބެ ބަދަލުކުރަންޖެހިފަ މިއޮތީ

The name is already taken The name is available. Register?

2Dhivesseh

18 January 2020

މިއީ އަޅެ އަރެތެއްތަ؟ - ނުފޯރާ ފޮތިން ފޫގަޅަންޏާ ވާނީ އޮރިޔާން! ވަރަށް ހިތާމަ ހުރިކަމެއް. ވާރްލްޑް ބޭންކުން ބޮޑެތި އެހީ ނުވަތަ ލޯނު ނަގައިގެން ކުރެވޭ މުހިއްމު މަސައްކަތް މީހަމަ ފޫނެއް ފަޔަށް ފުރާ ފެން. ތިމާވެރި ވުޒާރާގައި އުޅޭ ވެރިން މަހަކު ދެދަތުރުކޮށް ފޫގަލާފައި ތިމާވެއްޓޭ ކިޔަނީ - ތީ ކީއްކުރާކަމެއްތަަ އަޅަފަހެ!

The name is already taken The name is available. Register?

ހައްގުބަސް

18 January 2020

ތިހެން ހެދިފަ އޮންނަ ފެންގަނޑެއް ހުރަސްކޮއް ލަކުޑިފާލަންގަނޑެއް އަޅާފަ ލަކުޑިފީވީމަ ދެއަހަރުން ދެއަހަރުން ލަކުޑިއާކުރުމަކީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން އެފަދަ ބޭކާރު ކަންކަން ނުކުރުން އެދެން އެއީ އަޅާނުލުމެއްނޫން އެއައްވުރެ މުހިންމު ކަންކަން އެބަހުރި ހދ އަތޮޅަކީ މަސްވެރި ފަތުރުވެރި ހިސާބެއްނޫން އާމްދަނީއައް 70 ރުފިޔާ ނުލިބޭ މީހުން ގިނައީ ވީމާ ވަޒީފާގެ ބާޒާރެއް އުފެއްދުން މާރަނގަޅުވާނެ

The name is already taken The name is available. Register?

މޫސާބޭބެ

18 January 2020

ސަލްޓަންޕާކް ރާނާ، އައްޑޫ ނޭޗާ ޕާކް ވީރާނާ، ސަލްޓަން ޕާކް ގެ އައިސް ރޫމް ވީރާނާ، ބަޖެޓް 37 ބިލިއަން ހުސް، މި ކިހިނެތް ހިނގާ ދައުލަތެއްތޯ!

The name is already taken The name is available. Register?

ޖާބިރު

18 January 2020

ސޯބެ އަދިވެސް ދުވޭ އައްޑޫ ރައްޔިތުން ފަހަތުން ވޯޓު ހޯދާން. ވަރިހަމަތާ ސޯބެއަށް އެނގޭވިއްޔާ އައްޑޫ މީހުން ތިމަންނަޔަށް ނޫނީ އެހެން މީހަކަށް ވޯޓު ނުދޭނެކަން. ބަލާބަލަ މިހާރުވެސް ކުރާ ބޮޑެތި ބޭކާރު ޚަރަދު ސިޓީ ޕާކެކޭ ކިޔާ. ކިހިނެއް ވާނީ އެ ލާރިގަނޑަށް އައްޑޫގެ މަގުތައް ހެދިއްޔާ؟ އަދިވެސް ވޯޓު ދޭތި! މިއުޅެނީ ޕާކު ނެހެދިގެން ވިއްޔާ...

The name is already taken The name is available. Register?

ހަބީބު

18 January 2020

ޒާތީވިޔަސް ބޮޑުވަރު ސޯބެ ވަރު މިހަކުނެތް

The name is already taken The name is available. Register?

އޭބިރު

18 January 2020

ޔާމީން މާލޭގަ ޕާކް ހެދީމަ އިސްރާފަކަށްވެފަ އައްޑޫގަ އެމްޑީޕީ ކައުންސިލަރުން ޕާކް ހެދީމަ ލާރި ވަންނަ ކަމަކަށް އެވަނީ.

The name is already taken The name is available. Register?

ޙާލިދު

18 January 2020

ލަކުޑި ޓުރީޓް މަންޓް ދިފާ ހަދާލީ މަ ގިނަ ދުވަހަށް ހުންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454