ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތާ ގުޅިގެން މަޝްވަރާކުރައްވަން ކެބިނެޓް ބައްދަލުވުމެއް މިއަދު ބޭއްވެވި
21 ޖެނުއަރީ 2020 - 22:35
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުުގައި އަނިޔާ ލިބިފައިވާ ކުދިންނަށް އަވަހަށް އިންސާފު ހޯދައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
ތުއްތު އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ރައީސް ވަނީ އަނިޔާ ލިބޭ ކުދިންނަށް އިންސާފު ހޯދައިދީ، ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ކުޑަކުދިންނާ ގުޅުން ހުރި މިފަދަ މައްސަލަތައް މުޖުތަމައުގައި އޮތީ ކިހާ މިންވަރަކަށް ކަން ދެނެގަންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކާ މެދު ސަރުކާރުން ގެންގުޅޭނީ "ޒީރޯ ޓޮލަރެންސް" ގެ އުސޫލް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާ މެދު މި ބައްދަލުވުމުގައި މިނިސްޓަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި މިފަދަ ހުރިހާ މައްސަލައެއްގައި އިންސާފު ހޯދަން ހުރިހާ މުއާސަސާތައް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މިނިސްޓަރުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކު އެ ކުއްޖާގެ 62 އަހަރުގެ ކާފަ އާއި 82 އަހަރުގެ މުނި ކާފަގެ ޖިންސީ ޝިކާރައަކަށްވި މައްސަލާގައި އެކި އިދާރާތަކުގެ އިހުމާލު އޮތް ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އަދި އަނިޔާ ލިބޭ ކުދިންނަށް އިންސާފު ހޯދައިދިނުން އަވަސްކުރުމަށް އަންނަނީ ގޮވާލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަރީއަހުމަދު
22 January 2020
އިއްޒަތްތެރި ރައީސް. މަނިކުފާނުގެ ކެބިނެޓުގެ ޖާހާއި، މި ޤައުމުގެ ބައިތުލްމާލު ބަންޑުކޮށްލިއަސް، އެ ކުދިންނަށް އިންސާފެއް ނުލިބޭނެ. އެ އަނިޔާގެ ބަދަލެއް ނުދެވޭނެ، އެކަން ކުރިމީހުން ކަތިލިޔަސް. މަނިކުފާނު ތިހެން ވިދާޅުވުމުން އެ އަނިޔާގެ ބުރަދަން ލުއިކުރެވެނީ އެ. ކަމެއް ކޮށްދެއްވެންޏާމު، އެފަދަ ދެން އިތުރު ދިވެހި ދަރިޔަކަށް އެފަދަ ކަމެއް ވިޔެނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާ. އެ ޒާތުގެ މީހުން މި ޤައުމުގަ ސިއްރެއްނުވާނެ.
ބޮލި މުލައް
22 January 2020
ހޯރަ އިއްބެއަށް އިންސާފުލިބުނީ އެގޮތުން ދޯ؟
ބީތާވެދާނެ
22 January 2020
"މީގެ 14 އަހަރު ކުރިން ފެންމަތިވެ ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން، ސާބިތުނުވާ ކަމަށް ހުކުމް ކުރި ޖިންސީ ގޯނާގެ މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިސްތިއުނާފްކޮށް، ހައި ކޯޓުގައި މި ހަފުތާގައި އަޑުއެހުންތައް..." މިވާހަކަ ރައީސް ވިދާޅު އެވަނީ ކޯޓުތަކައް އަމުރެއް ނުކުރެވޭނެކަންވެސް ނުވިސްނޭނެ ޔާމިނުގެ ސަޕޯޓަރުނަކައް. މައްސަލަޔެއް ނޫން ތީ
ނުރަބޯ
22 January 2020
އަޅެފަހެ މީހަކު ހައިރާނެއް ނުވާނެތަ. މިނިސްޓްރީތަކަކީ މަނިކުފާނުގެ ދަށުން ހިނގާ ތަންތަން. އެކަން އަވަސްކުރުވުމަކީ މަނިކުފާނުގެ ޒިންމާއެއް ނޫންތޯ.
ރިހިރޭ
22 January 2020
ކުއްޖެއް ރޭޕްކޮށްލީމާ ދެން އޭނާއަށް އިންސާފު ލިބޭނެ އެއްވެސް ގޮތެއް އޮވޭތޯ. ރޭޕް އެނޫނަސް އަނިޔާކުރާ މީހުންނަށް ޙައްޤު އަދަބު އަވަހަށް ދޭންޖެހޭނެ. އެއީ، މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަމަށްޓަައި. މަރާލާ މީހަކަށް މިދުނިޔޭގަ އިންސާފު ނުލިބޭނެ. ރޭޕް ކޭހަކަށްވެސް ޝިކާރައަކަށްވީ މީހަކަށް އިންސާފު ނުލިބޭނެ. ދައުލަތުގެ ޒިންމާއަކީ، އެފަދަ އަނިޔާތައް ލިބުމުގެ ކުރިން ކުދިން ސަލާމަތް ކުރުމަށް ކުރެވެން ހުރިކަމެއް ކުރުން. ކުރެވެން އޮތް ގޮތަކަށް.
ދަވާލި19
22 January 2020
ކިހިނެއް އެކަންކުރާނީ އަނިޔާދޭމީހާޔައް އަދަބުދޭންފަށައިރައް ކަލޯ އެތަނައްވަދެ އެނީހާ ސަލާމަތްކޮށްލާ ދެންބުނާނެ އެއީ އިންސާނިއްޔަތައްޓަކައޭ އެންބުނެ އެކަންކުރާއިރު ހީވަނީ އަނިޔާލިބުނީ ވަލުކުކުޅަކަށްހެން
ބޮޑުމީހާ
22 January 2020
މިމީހުން އިދިކޮޅުގަ ތިބޭ އިރުވެސް ގޮވަނީ މިގޮވެލި ފަތި. ހުރިހާ އާރާއި ބާރެެއް ދިނީމަވެސް ޖެހުނުތާ މިޖެހެނީ
ހަފީޒާ
21 January 2020
ކުޑަކުއްޖަކަށް ޖިންސީގޯނާކުރިކަން ކޯޓަށް ސާބިތުވެ ހުކުމް އިއްވާފަ ހުރި މީހާ ދޫކޮށްލީ..ތުހުމަތު ކުރެވޭ މީހެއްވެސްނޫން..ސާބިތުވެ ޖަލުގައި ހުއްޓައި ދޫކުރީ..ދެން ކޮން ހިމާޔަތެއް ދެވޭނީ...
ހަލީގް
21 January 2020
ރައީސްއަށް މާފް ނުދެވޭ ކުށެއް ކަމަށް ވަނީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރުން..އެކަމު ގާތްމީހެއްވީމަ ހޯރަ ދޫކުރީ..ޖިންސީއަނިޔާ ލިބޭ ކުދިންގެ ހިމާޔަތުގައި އިޚްލާސްތެރިކަމެއްނެތްކަން ސާބިތުވޭ..
ނަޝީދު.
21 January 2020
މަޑުކުރިނަމަ ދައުރު ނިމެންދެން ތިހެން ބުނަން.