ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލަން ބަޔަކު މުޒާހަރާ ކުރަނީ: ކޯޓުން ބޭރުގައި 15 އަހަރުގެ އަންހެން ކުއްޖަކަށް "ކައިވެނި" ކުރީ 39 އަހަރުގެ ފިރިހެނެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 ޖެނުއަރީ 2020 - 07:24
އުމުރުން 15 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުން ކައިވެނި ކޮށްގެން އުޅޭ ކަމަށް ބުނެ އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ ފިރިހެންމީހާ އާއި އެ ކުއްޖާގެ މަންމަ ފުވައްމުލަކުން ހައްޔަރުކޮށްފި އެވެ.
އެ ސިޓީގައި އުޅޭ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. ކުއްޖާގެ މަންމަ (35 އަހަރު) ހައްޔަރު ކުރީ ދަރިފުޅާ މެދު އިހުމާލުވުމުގެ މައްސަލައެއްގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ރޭ ބުނީ ހަރުކަށި ފިކުރު ގެންގުޅޭ އެ ފިރިހެން މީހާ އަކީ މީގެ ކުރިން ވެސް އުމުރުން 18 އަހަރުން ދަށުގެ އަންހެންކުދިންނާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ހަރުކަށި ފިކުރު ގެންގުޅޭ މީހުން ކޯޓުން ބޭރުން ކުޑަކުދިންނާ ކައިވެނި ކޮށް، އެ ކުދިންނާ އެކު ޖިންސީ ގުޅުން ހިންގަމުން ދާ ކަން މިދިޔަ އަހަރުގެ ފަހުކޮޅު ފެންމަތިވި އެވެ. މިފަދަ ކަންކަން އާންމުވެފައިވާ ރ. މަޑުއްވަރީގައި މިދިޔަ ޑިސެމްބަރު މަހު ފުލުހުން ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގައި ބައެއް މީހުން ހައްޔަރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
23 January 2020
މިކަމުގަ، ޔަޢުނީ 15 އަހަރު ނުވާ ކުއްޖަކާ ކައިވެނިކުރުން ހުއްދަތޯ ނޫންތޯ، ޝައިޚްއެއްގެ ބަހެއް މިކަމަށް ބޭނުން، ބުނާތީ އަޑު އިވެނީ ބަޔަކު ހަދައިގެން އުޅޭ ވަޟުއީ ޤާނޫނަކުން ހުއްދަނުކުރިއަސް އިސްލާމް ދީނުގަ ހުއްދައޭ.
ހުސެން ރ އަތޮޅު
22 January 2020
"ފުލުހުން ރޭ ބުނީ ހަރުކަށި ފިކުރު ގެންގުޅޭ އެ ފިރިހެން މީހާ އަކީ މީގެ ކުރިން ވެސް އުމުރުން 18 އަހަރުން ދަށުގެ އަންހެންކުދިންނާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ."
ބޯބުރާންތި
22 January 2020
އޭ މަށޭ ކިޔާތަ؟
ފާއްޓަ
22 January 2020
މަންމަ އަށް 35...ދަރިފުޅަށް 15...ދަރިފުޅު ރޭޕްކުރި މީހާއަށް 39...މިކަމަށް ހައްލު ލިބުނީސް މަންމަ އޭނާއާ އިންނަމަ...އޭރުން ކައިވެނި ސައްހަ ވެފަ ދަރިވެސް ސަލާމަތްވީ ދޯ...
ރިހިރޭ
23 January 2020
ކައިވެނި ސައްޙަވާނެ. މިހާރުވެސް، ރާއްޖޭގައި މިހާރު ތިބި ގިނަ މީހުންނަކީ އެމީހުންގެ މައިންބަފައިންނަށް 18 އަހަރު ނުވަނީސް އިނދެފައިތިބި މީހުން. އެކަމަކު މިހާރު ރާއްޖޭގެ ޤާނޫނު ބުނާގޮތުން 18 އަހަރު ނުވަނީކައިވެނި ނުކުރެވޭނެ. އެހެންވީމާ އެއީ ޤާނޫނީ ކުށެއް. އެކަމަކު އެމީހާ ކުޑަކުއްޖަކާ ބަދުއަޚުލޤީ ގުޅުން ހިންގިކަމަށްނުވާނެ ކައިވެނި ކުރިނަމަ. މަވެސް އެހާ ޅައިރު މީހުންނާ އިންނަން ޤަބޫލީކީ ނޫން. ކަން އޮތްގޮތް ބުނެލީ
އާދަނު2
22 January 2020
އެފިކުރުމީހުން ދެން ގޮވަންފަށާނީ އެމްޑީއެން އުވާލާށޭކިޔާފަ..!
ރިހިރޭ
23 January 2020
އެމްޑީއްއެން އުވާލަންޖެހޭ. އަދި އެކަން ކުރިމީހުންނަށް އަދަބުވެސް ދޭންޖެހޭނެ. އެއާއި މިއާ މުޅިން ތަފާތު
ނަޝީދު.
22 January 2020
އަނެއްކާވެސް "އިލްމުވެރިން" ނިކުންނާނެ ތިމީހާގެ ދިފާއުގަ. ބަލަން ތިބޭ.
ރިހިރޭ
23 January 2020
ތިމާއަށް ކިޔޭނުކިޔޭ އެއްޗެއް ނޭނގޭނަމަ އަނގަނުބާނާ މަޑުން ހުރެބަލަ
އަހްމަދު
23 January 2020
އިލްމު ވެރިންނެތް ނު ނިކުންނާނެ. އިލްމު ނެތްމީހުން ތިޔަ ފަދަ އިބާރާތްތައް ބޭނުންކުރަނީ
ރަބަރު
22 January 2020
ދުނިޔޭގެ އެކި ތަންތާގައި ކުދިން ބާލިޣުވާ އުމުރު ތަފާތެވެ. ކައިވެންޏަށް ކުއްޖާގެ ހަށި ތައްޔާރުވާ އުމުރުވެސް ތަފާތެވެ. އަދި އެއް ގައުމަކުންވެސް މި ތަފާތު ފެނެއެވެ. މިސަބަބަށް ރިއާޔަތްކުރެވި އިސްލާމީ ޝަރީޢަތުގައި ކައިވެނިކުރަން ވަކި އުމުރެއް ކަނޑަ އެޅިފައިނެތީއެވެ. އުމުރު ކަނޑައެޅުމަކީ ހާކިމާގެ އަތްމައްޗަށް ދޫކުރެވިފައިވާ ކަމެއްގެ ގޮތުގައެވެ. އެކަމަކު ސުއްނަތޭ ކިޔައިގެން މިއުޅޭ ބޯބުރާންތިންނަށް މިކަން ނުވިސްނޭނެއެ.
ރޯނުއެދުރު 2020
22 January 2020
ރަނގަޅުވާހަކައެއް. ރާއްޖޭގައިވެސް 18 އަހަރު ނުވިޔަސް ކައިވެނިކޮށްދޭ އާއިލާގެ ހުއްދަޔާއެއްކޮށް. އެހެން ހަމަ ކުރީމަ ނިމުނީއެންނު.
ދީނީ ޕީއެޗްޑީ
22 January 2020
މިޤައުމުގަ ތިބި ދީނީ އިލްމް ވެރިން ހަރުކަށިވެގެން މިކަހަލަ ކަންކަން ކުރަނީ. ރެކޯޑު އޮތީމަ މިމީހުން ދޫކުރަންޖެހޭނެ އްދި މިފަހަރުވެސް ދޫކޮށްލާ. ކައިވެނި ރުޖޫކުރެވޭ ގަދަކަމުން އެދުދާންކޮށްގެން ނުންތޯ އިޔާޒު
ނިރު
22 January 2020
ކޮބާތަ މިޤައުމުގަ ތިބި ދީނީ އިލްމް ވެރިން..... ކާކުދެކެ ބިރުން ތިތިބެނީ ހަނު ނިކަން ބުނެދީބަލަ ދީނުގަ އޮންނަގޮތް 15 އަހަރު ވުމަށްފަހު ނޫނީ އަންހެން ކުއްޖާ ބާލިޤް ވުމަށްފަހު ކުރާ ކާވެނި ތަކަކީ ސައްޙަ ކާވެންޔެއްތޯ ނޫނީ ބާތިލްކާވެބްޔެއްތޯ
ކުރުނބާ
22 January 2020
ގައުމުތަކުގައި ހެދިފައިހުންނަ ޤާނޫނުތަކަށާއި އަދި ޤަވާޢިދުތަކަށް ޝަރީޢާގެ ނަޒަރުގައިވެސް ހުރުމަތްތެރިކޮށް ހިތަންޖެހޭ. އެއަށް ޢަމަލުކުރަންޖެހޭ. އަދި އެެޤައުމެއްގައި އޮތް ޤާނޫނެއް ނުވަތަ ޤަވާޢިދެއް ޝަރީޢާޔާ ޚިލާފުވުމަކީ އާންމުރައްޔިތުންގެ މައްސަލައެއްނޫން. ދެންފަހެ، އިސްލާމީ ޝަރީޢާއަކީ ޤާނޫނުފޮތެއްހެން ޕޮއިންޓުން ޕޮއިންޓަށް އޮތް އެއްޗެއްނޫން، އޭގައި އެކިކަންކަމުގައި އެކިފިޤުހު ޢިލްމުވެރިންގެ އެކި ރަޢުޔު ހިމެނިގެންވޭ. ޝުކުރިއްޔާ
ކުފުރު
22 January 2020
18 އަހަރު ނުފުރޭ ކުއްޖަކާއެކު ރުހުމުގަވެސް ނުރުހުމަގަވެސް ކުރެވޭ ޖިންސީ ގޯނާއަކީ ކުށެއް. އަދި އެނގިތިބެ މިކަމަށް ފިޔަވަޅުނާޅާ ބެލެނިވެރިންވެސް އެކުރަނީ ކުށެއް. މިފަދަ ފަރާތްތައް ހޯދާ، ރައްޔިތުންނަށް ހާމަކޮށް ގާނޫނުގައިވާގޮތުގެ މަތިން ޙައްގުއަދަބު ދިނުމަށް ގޮވާލަން.
ސޮރު1
22 January 2020
ފިރިހެން ކުދިންނަށްވުރެ ބޮޑަށް މިކަމުގެ ގެއްލުން ބޮޑީ އަންހެންކުދިންނަށް. މައިން ބަފައިން އަދި ބެލެނިވެރިން އެމީހުނާ ހަވާލުވެފައިވާ މިބޮޑު އަމާނާތަށް ހިޔާނާތްތެރިނުވެ، ތިމާގެ އަމިއްލަ ދަރިން ހެދިބޮޑުވަމުންދާއިރު ހަލާކުކޮށްނުލާ އެކުދިންގެ މުސްތަގްބަލް ރޯޝަން ކުރުމަށްޓަކާ އެކުދިންނަށް ހިމާޔާތާ ރައްކާތެރިކަށް ފަހިކޮށްދެއްވަމާ! ކުޑައިރުއެކުދިންނަށް ސަމާލުވެގެންނޫނީ އެކުދިންނަށް ރަނގަޅު މުސްތަގްބަލެއް ނުލިބޭނެ.
މުރުތައްދު
22 January 2020
ދީނީގޮތުން ހަރާމްކަމެއްބާ...؟؟؟
ޢަބްދުﷲނާފިޒް
23 January 2020
18 އަހަރު ފުރުނު މީހަކާއެކު ރުހުމުގަވެސް ނުރުހުމަގަވެސް ކުރެވޭ ޖިންސީ ގޯނާއަކީ ކުށެއް ނޫންތޯ!؟