ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. -- ފޮޓޯ: ރައީސް އޮފީސް
22 ޖެނުއަރީ 2020 - 13:37
ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން ބަދަލުކުރައްވައި، އެ މައްސަލަ ރިވިއުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ރައީސް އަންގަވައިފި އެވެ.
އޭޖީ އޮފީހުން ބުނީ ރައީސްގެ ނިންމެވުމާ އެއްގޮތަށް މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން މިހާރު ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ނިންމާފައި މި ވަނީ ދީބާޖާ އަށް ފައިސާ ދޭން ކޮށްފައިވާ ހުކުމާ އެއްގޮތަށް ދައުލަތުން ފައިސާ ދީފައި ނުވާތީ އެ ކުންފުނިން ހުކުމް ތަންފީޒުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ތާވަލްކޮށްފައި އޮއްވަ އެވެ.
އުތުރު ޕްރޮޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މިއަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމެޓީން ވަނީ އެ ހުކުމާ ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން އެ ކުންފުންޏަށް ދޭން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ، ޢާންމު މަޞްލަޙަތަަށް ރިއާޔަތްކޮށް، އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭޖީ ނިންމައިފި
— AG Office Maldives (@AGOmv) January 22, 2020
ދީބާޖާ އިން މީގެ ކުރިން ވަނީ އެ ކުންފުންޏަށް ފައިސާ ދޭން ސަރުކާރުން އެއްބަސްވުމަށް ފަހު އެގޮތަށް އަމަލު ނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކުންފުނީގެ ޗެއާމަން ޝާހީން މުހައްމަދު "މިހާރު" އަަށް ވިދާޅުވެފައިވާ ގޮތުގައި، ދީބާޖާ އަށް ބަދަލު ދޭން ސުޕްރީމް ކޯޓުގެ ހުކުމެއް އޮއްވައި ސެޓްލްމެންޓް ކޮމިޓިއާ އެކު މަޝްވަރާކޮށް، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، އެއްބަސްވުމަކަށް ދިޔައީ ސަރުކާރުން ބޭނުންވެގެންނެވެ. ބޮޑު އަދަދެއް ސަރުކާރުން ދައްކަން ޖެހުމަކީ މާލީ ބުރައަކަށް ވާނެތީ، 348 މިލިއަންގެ ދެބައިކުޅަ އެއްބަޔަށް ދީބާޖާގެ ބޯޑުން ސެޓްލްމެންޓް ކޮމިޓީއާ އެކު އެއްބަސްވީ ސަރުކާރުން ދިން ޔަގީން ކަމެއްގެ މައްޗަށް ކަމަށް ޝާހީން ވިދާޅުވި އެވެ.
ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރިން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢޭގެއަސްލު
24 January 2020
ލޯކަލް ކައުންސިލް އިންތިހާބަށް ޖެހި ރޮކެޓެއް. އިންތިހާބު ނިމެންދެން މައްސަލަ ކޯޓުގައި ޕާކްވީ. ޢިންތިހާބު ނިމުމުން ފައިސާ ދޭނެ ކޯޓުން މައްސަލަ ނެގުމަށްފަހު
Dhaadhey
23 January 2020
ރައީސް ތިޔަހެން ނުހައްދަވާ! ވިދާޅުވާ ވިދާޅުވުންތަކުގައި ކޮންމެވެސްއަގެއް ހުންނަންވާނެ. ދެދުވަހު ދެގޮތަށް އެއްކަމެއްކުރީމާ އިތުބާރުގެއްލޭގޮތްވާނެ. ލަފާދާރު ނުވަތަ ނުލަފާދާރު ކޮމިޓީއަކުންނިންމިޔަސް ރައްޔިތުންގެ މާލިއްޔަތާގުޅޭކަމެއްގައި މަނިކުފާނުހުންނަންވާނީ ރައްޔިތުންގެ ފަޅީގައި. ހޯދައި ދެއްވަން މަސައްކަތްކުރަންވާނީ އެންމެންގެ ހައްގު. ވަކިމީހަކަށް ނުވަތަ ވަކިކުންފުންޏަކަށް އެމީހުންގެ ހައްގެއް ގެއްލިފައިވާކަމަށް ފެނިއްޖެނަމަ ކޯޓަށް ވަޑައިގަންނަވާ.
މުޙައްމަދު ޢަލީ ނަސީމް
23 January 2020
ތިޔަ މައްސަލައަކީ ސްޕްރީމްކޯޓުންވެސް ނިންމާފައިވާ މައްސަލައެއް... މައްސަލަ ނިމުނުގޮތާމެދު އަހަރެންވެސް ހިތްހަމައެއް ނުޖެހޭ... އެކަމަކު ސްޕްރީމް ކޯޓުން ނިންމާ މައްސަލަތައް އަލުން ސްޕްރީމްކޯޓުން ބެލޭނެ ޕްރެސީޑެންޓެއް ޤާއިމްވެއްޖެއްޔާ ކޮބައިތީ ނިހާއީ ހުކުމަކީ....؟ ސަރުކާރު ހިތްހަމަޖެހޭ ހުކުން އަންނަންދެން އަލުން އެޕީލްކޮށްލަކޮށްލަ ބާއްވަންވީތޯ؟ ޓީތި ހަމަ އަސްލުވެސް ރަނގަޅެއް ނޫން
ޒިން މާ ކުރުވަމ މާ
23 January 2020
ބަލަ ދީބާޖާއަށް ކޯޓު މަރުހަލާތަ ނުނިން މާ ބަދަލުދޭން ދައުލަތުން ނިން މިއިރު ވެރިކަ މުގަހުރީ މިރައީސެނޫންދޯ.ކެބިނެޓްގަ މަޝްރާކޮށް ނިން މާއިގެންނޯ ބަދަލުދޭން ނިން މީ...ރައީސަށް އަދިކިރިޔާތަ އެގުނީ މިރާއްޖޭގަ ސްޕުރީ މް ކޯޓެހުރިކަން...
މެމްބަރު
22 January 2020
ކޮބާ މަރާލިމީހުންގެ މައްސަލަ ކޮބާ ބޮޑުހިޔާނާތުގެ މައްސަލަ ކޮބާ ޕާކިންމައްސަލަ ކޮބާ އެމްޑީއެން މައްސަލަ ކޮބާ ނަސަންދުރަ މައްސަލަ އަދި ކޮބާ ނުހައްގުން ރާއްޖޭގެ ރައްތަކާއި ފަޅުތައް ހޯދި މީހުންގެ މައްސަލަ. ހުސްއަނގަތަޅާ ރައީސް އެއް.ފޭލްވެއްޖެ. ލޯނުނަގައިގެން ފޫނެއްފަޔަޢްފެންތި ފުރަނީ.
ރޮނގުދޯ
22 January 2020
ތިޔާއީ ކަނޑުގައި އަޅާލާ ރޮނގުދޯ...
އަބުލްބަރކާ
22 January 2020
އިންވެސްޓަރ ފައިނޭންސް އުސޫލުން ރިސޯޓަކާއި އެއަރޕޯޓް ސިޓީ ހޮޓެލް ވެސް ހިމެނޭ ގޮތައް ، ގދ މާވާރުލާ އެއަޕޯޓެއް ތަރައްގީ ކުރުމަށް 2011 ވަނަ އަހަރު ސޮއި ކުރެވުނު 2016 ރައީސް ޔާމިން ވެރިކަމުގައި ޕްރޮޖެކްޓް ހުއްޓުވާލި . ބަދަލު ގޮތުގައި މޫވިން އިންޓަނޭޝަނަލް އަށް 60 މިލިއަން ޑޮލަރު ދޭން ރައީސް އިބުރާހިމް ސޯލިހު ވަނީ ވައުދު ވެފަ. .ރައީސް ވައުދު ފުއްދަން ޖެހޭނެ.
މަންމަންސޮރު
22 January 2020
އަޅުގަނޑުމެން މިތިބީ ތި ފައިސާއިން ލޯކަލް އިންތިޚާބު ކެމްޕެއިނަށް ޚަރަދުކުރާތަން ބަލާށެވެ. މިހާރު ކަންތައްތައް ވަމުންދާ ގޮތުން ގަބޫލު ކުރެވެނީ ތިއީ ރޯމާދުވާލު ފޭރުން ކަމުގައެވެ. ސެޓްލްމެންޓް ހެދިފަހުންހެން ހީވަނީ އަދި އިންތިޚާބަށް ޚަރަދުކުރަން ފައިސާ ބޭނުންވާކަން މި އެގުނީ.. އަދި ދީބާޖާއިން 174 މިލިއަނުން އެޚަރަދު ކުރެވެން ނެތީހެން ހީވަނީ. އަދި އަލްހާނަށްދޭންޖެހޭ ބައިވެސް އޮންނާނެދޯ..
ކަޑަ
22 January 2020
ރައީސް ބަހާއި އަމަލު ދިމާނުވޭ.
ދަތްނެތްކުއްޖާ
22 January 2020
ކޮން ދިބާޖާއެއް. ކިހާބޮޑުވެއްޖެކަ މެއް. ރައްޔިތުންގެ ޓެކްސް ފައިސާ އިން ނުޖެހޭނެ ބޭނުންހާ ބަޔަކަށް ބަހާކަށް. ތި ދިބާޖާއެއް ރައްޔިތުން ނުކު މެ ސައިޒު ކުރަން ވެއްޖެއެންނު.