ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރި ފްލެޓް. މިތަންތަން ވަރަށް އަވަހަށް ހަވާލުކުރެވޭނެ. - ފޮޓޯ: ނިޝާން އަލީ/މިހާރު
05 އޮކްޓޯބަރ 2016 - 11:23
ޓާޓާ ހައުސިންއާ ހަވާލުކޮށްގެން ހެދި ފްލެޓްތައް ލިބުނު މީހުންނަށް ފަސް އަހަރު ތެރޭގައި ދެ މިލިއަން ރުފިޔާ ދައްކާ ގޮތަށް ކުރިން އޮތަސް ބޭންކުތައް މެދުވެރިކޮށް 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.
ކުރިން އަރަބިއްޔާ ހުރި ބިމުގަ އާއި ގާކޮށީގައި އެޅި ފްލެޓްތަކަށް ސަރުކާރުން އެއް ފަހަރާ 278 މިލިއަން ރުފިޔާ ދައްކަން ޖެހުމުން، ހައުސިން މިނިސްޓްރީން ކުރިން އެންގީ އެ ފްލެޓްތައް ދޭނީ ފަސް އަހަރުގެ ތެރޭގައި ފްލެޓްގެ އަގު ކަމަށްވާ ދެ މިލިއަން ރުފިޔާ ދެއްކޭނެ މީހުންނަށް ކަމަށެވެ. އެއީ މަހަކު 33،000ރ ޖެހޭ އަަދަދެކެވެ. އެކަމަކު ފްލެޓްތައް ލިބޭ މީހުންނަށް އެމްޑީޕީ ސަރުކާރުގައި އަންގާފައި އޮތީ މަހަކު ދައްކަން ޖެހޭ އަދަދު އުޅޭނީ ގާތްގަނޑަކަށް 9،000ރ ގައި ކަމަށެވެ. އެ މައްސަލާގައި ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވި އެވެ.
ސަރުކާރުން ފަހުން ވަނީ އެ ފްލެޓްތައް އެޗުޑީސީއާ ހަވާލުކޮށް، ސަރުކާރުން ނެގި ލޯނެއްގެ ދަށުން އެޕެކްސް ރިއަލިޓީ އަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދީފަ އެވެ. ދެ އިމާރާތް ތަރައްގީކުރި އެޕެކްސް ރިއަލިޓީ އަކީ ޓާޓާ ހައުސިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އެޗުޑީސީގެ ޑިރެކްޓަ ފައިނޭންސް އަލީ ޝަރީފް މިއަދު ވިދާޅުވީ 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ބޭންކްތަކުން ހަދައިދޭނެ ކަމަށެވެ.
"އަންނަ ހަފުތާގެ ތެރޭގައި އަޅުގަނޑުމެން ބޭންކުތަކާ އެކު މައުލޫމާތު ދިނުމަށް ސެޝަނެއް ބާއްވަން ވަނީ ހަމަޖެހިފައި. އަދި ފްލެޓް ލިބުނު ފަރާތްތަކަށް ވެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އޮފަ ލެޓާ ހަވާލުކުރުމަށް މަސައްކަތްކުރަމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.
އަމީނީމަގުގައި ހަދާފައިވާ މާލޭ ސްކެއާ ފްލެޓްތައް: މިތަނުގައި 190 ފްލެޓް ހަދާފައިވޭ. ފޮޓޯ: ނިޝާން އަލީ /މިހާރު
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފްލެޓްތަކުގެ އަގު ދެ މިލިއަނަށް ވުރެ ބޮޑުނުވާ ގޮތަށް އަގު ކަނޑައަޅަން ވެސް އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. ތިން ކޮޓަރީގެ ފްލެޓެއް މާލޭގައި ދެ މިލިއަން ރުފިޔާއަށް ވުރެ ކުޑަވުމަކީ، މާކެޓްގެ އަގަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ދަށް ވުމެކެވެ.
އަަރަބިއްޔާ ހުރި ބިމުގައި ހެދި މާލޭ ގްރޭންޑްގައި 90 ފްލެޓް، ގާކޮށީގައި ތަރައްގީކުރި މާލޭ ސްކެއާގައި 190 ފްލެޓް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީމް
03 August 2017
ހަގީގަތުގައިވެސް އަގައް ނުވަތަ މުއްދަތައް ބަދަލެއް ގެންނަނަމަ އަލުން ފްލެޓަށް ކުރިމަތި ލެވޭނެގޮތް ހެދުމަށް ގޮވާލަން. ހިތައްއެރިހާ ގޮތެއް ހެދިގެން ނުވާނެ. ނިކަމެތިން ކުރިމަތިނުލީ 5 އަހަރުން ލާރި ނުދެއްކޭނެތީ، އެކަމުގެ ފައިދާވެސް މުއްސަނދިންނަށް ލިބިގެންނުވާނެ. މިކަމާ ވިސްނާ އަދި އަޑު އުފުލާ
ދިވެއްސެއް
05 October 2016
އަގު ނުވަތަ މުއްދަތު ބަދަލުވާނަމަ އަލުން ފްލެޓަށް ކުރިމަތި ލެވޭނެގޮތް ހެދުމަށް ގޮވާލަން. ހިތައްއެރިހާ ގޮތެއް ހެދިގެން ނުވާނެ. ނިކަމެތިން ކުރިމަތިނުލީ 5 އަހަރުން ލާރި ނުދެއްކޭނެތީ، އެކަމުގެ ފައިދާވެސް މުއްސަނދިންނަށް ލިބިގެންނުވާނެ. މިކަމާ ވިސްނާ އަދި އަޑު އުފުލާ. ސަލާމް
އައި
05 October 2016
ބޭންކް މޯގޭޖަކަށް އޮޓޯއިން ދާނީ 20 އަހަރަށް، އޭރުން 12 ވަރަކަށް ޕަސެންޓް އިންޓައެސްޓް އާއެކު ދައްކަމުން ގޮސް 20 އަހަރު ނިމޭއިރު ތީގެ 4 ގުނަ އިންނާނީ ދެއްކިފަ، އެޗްޑީސީ ދަށަށް ތި ބަދަލް ކުރީ އެހެންވެ، ބޭންކުން އެޗްޑިސީ އަށް ވަގުތުން ތި ފައިސާ ދޭނެ، އަމިއްލަ މީހާ ހުރިހާ ޒިންމާއެއް ވާނީ. 21 ވަނަ ގަރުނުގަ މަޅި އެޖައްސަނީ ، ސަރުކާރުން ތިކަން ކުރިނަމަ އިތުރު އެއްޗެއް ޗާރޖް ނުކުރެވޭނެ.
ލިޔާޒާ ޢަބުދުﷲ
05 October 2016
ޢަބުދުﷲ ޖަމީލުގެ މިއާޓިކަލް ކިޔާލުމުން ލިޔާޒާ ހިތަށް އަރަނީ ހައުސިންގެ ކަންތަކާ ސަރުކާރުން ސީރިއަސްކޮށް އެބައުޅެއޭ... އެކަމަކު އަދިވެސް މުޅިން ޔަޤީނެއް ނުވޭ... ލިޔާޒާގެ ނަޒަރުގައި މީޑިއަމް ކެޓަގަރީގެ ސޯޝަލް ހައުސިންގ ހުޅުމާލޭގައި އަޅަންޖެހޭ
ޜެފިޔުޖީ
05 October 2016
އަޅުގަނޑަކީ ދިވެއްސަކީން ހދ އަތޮޅު ކުޅުދުއްފުށި މިރަށައް އެއްފަޅި މާލެ ޔައް އަނެއްފަޅި ނިސްބަތްވާ މީހަކީން ވަޒީފާއަދާކުރަނީ މާލެ ކައިރި ރިސޯޓެއްގަ މުސާރަޔަކީ 10000 ރުފިޔާ ހުރިހާއެއްޗެއް އެކީ ދެކުދިންނާ އަނބިމީހަޔާ މައިންބަފައިން އެބަތިބި އަޅުގަނޑައް ތިތަނުން ފުލެޓެއް ލިބޭނީ ކިހިނަކުންބކޮންގޮތަކައް މަސަތްކަތް ކޮއްގެން ފޯމުވެސް ލައިފިން 50 ހަކައް ޕޮއިންޓް ލިބުނީ
ކަދުރުފާތުމަ
05 October 2016
މޑޕ ސަރުކާރުން ކުޑައަގަކައް ރައްޔިތުންނައް ފައްޓަވައި ދެއްވި ފުލެޓުތައް ބަހަމުން ދަނީ އިންސާފުން ކަމަކައް ގަބޫލެއް ނުކުރަން ރެހެންދި ފުލެޓުތައްވެސް ދިޔައީއެމަގުން ޕިންކު ކުލަ ހާކައިގެން ކާކައް ކޯޗެއް ތިޔަ އޮޅުވާލަނީ ގެދޮރުވެރިކަމައް ފޯމުލީ ފުލެޓުބޭނުން ވެފަތިބިމީހުން ހާސަރު ނުދަމަ އެންމެންވެސް އޭގަ ބައިވެރިކުރާނެ އިހުލާސްތެރި ބަޔަކުނަމަ
ހަނދުމަ
05 October 2016
މި ފުލެޓު ދިންމީހުނަ ދިނީ މޑޕ ވެރިކަމުގައި، އެ ވެރިކަމުގައި ވެސް މި ވެރިކަމުގަައިވެސް ކަން ހިނގީ ވެސް ހިނގަނީ ވެސް ހަމަ އެ ބީދައިން. ކުލަ ކުލަޔައް ބަލައިގެން. ވާ ގޮތަކީ ދިވެހިންގެ ހަނދާން ބަލީ މާބޮޑައްވެސް.
އަހުމަދު
05 October 2016
ހައްދާބާ ބޮޑުކުރެއްވި ރަސްކަލާކޮ، މިއަޅާއަށް ވެސް ފްލެޓެއް މިންވަރު ކުރަށްވާން ދޭ. ދެން ތިބި ބޯހިޔާވަހިކަމެއްނެތިވާ މީހުންނަށްވެސް މެއެވެ. އަދި މިކަމުން ބިންތަކުގެ ވެރިން ދުރު ކުރަށްވާ ނިކަމެތިންނަށް ނަސްރު ދެއްވާދޭ. އަދި ބިންތަކުގެ ވެރިން އެނަގާ ކުލި ކޮންޓްރޯލް ކޮށް، ބޮޑުވެގެން ވާ ޓެކްސް އެމީހުން އަތުން ނަގާނެ ނިޒާމެއް ޤާއިމް ކުރުމަށް ، މިރައްޔިތުން ހޮވާފައި މަޖިލިސްގައި ބައިތިއްބާއިފައި ތިބި ނިދިފައިވާ ވެރިން ގެ ލޯތަށް ހުޅުއްވާ، ސިކުނޑިއަށް ވިސްނުން ދެއްވާ ދޭ. އާމީން
ހާސަރު
05 October 2016
ކަރަންޓް އަގުބޮޑުކޮށްފަ ކާޑު ޑަބަލް އަގުބޮޑުކޮށްފަ ފްލެޓަށް 33 ހާސް ދައްކަން އެންގީމަ އެބަޔަކުތިބޭނީ ރަގަޅަށް ހަނާވެފަ! ހެޔޮނުވާނެ ނޫންތޯ މިވަރުއަނިޔާވެރިވާން!
ޖިމީ
05 October 2016
ހުޅުމާލޭގައި ފްލެޓްތައް އަޅަން ބިން ދޫކުރާއިރުވެސް އެބަޖެހޭ ރައްޔިތުންނަށް އަތްފޯރާ އަގެއްގައި އެތަންތަން ލިބޭނެ ގޮތެއް ހަދައިދެން. މިހާރު ކޮންމެ ތަނެއްގެ އަގު ފަށަނީވެސް 3 މިލިއަނުން. މިއީ އަޅެ ކޮނެގެން ނަގާ އެއްޗެއް ތަ؟ ރައްޔިތުންގެ ބޯހިޔާވަހި ކަމޭ ނަމެއްގައި ކިޔަނީ...
އަބްދުﷲ ނާފިޒް
05 October 2016
މީހުން ފްލެޓް އަޅައޭ ކިޔާއަޑު އިވޭތީ ނަޝީދު ތިކަން ވޭތޯ ބަލަން އުޅުނީ. އެންމެ ފަހުން ނަޝީދުގެ އެހެން ހުރިހާ ކަމެކޭ އެތްގޮތަށް ތިކަން ވެސް އަތައް ގޮވީ.