ފަނޑިޔާރުންތަކެއް ހުވާ ކުރަނީ: ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދަން ވަނީ އިއުލާން ކޮށްފައި -- ފޮޓޯ/މިހާރު
23 ޖެނުއަރީ 2020 - 14:21
ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް އިތުރު ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައިވާ ގޮތުން ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް ހޯދަނީ ކޮންމެ ކޯޓަކަށް އެއް ފަނޑިޔާރެވެ. އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ ދެ މަގާމުގެ ޝަރުތަކީ އުމުރުން 25 އަހަރުވުމާ އެކު، ގާނޫނު ނުވަތަ އިސްލާމީ ޝަރީއާއިން ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައި ވުމެވެ. އަދި ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖްރިބާ ހުރުމަކީ ވެސް ޝަރުތެކެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭއިރު، ފެމިލީ ކޯޓުގެ ފަނޑިޔާރުންނަށް ލިބޭނީ މަހަކު 46،000ރ. އެވެ.
ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކުރިއިރު، އިއްޔެ ވެސް ކްރިމިނަލް ކޯޓަށް ވަނީ އިތުރު ފަނޑިޔާރަކު އައްޔަން ކުރައްވައިފަ އެވެ. ކްރިމިނަލް ކޯޓުގައި މިވަގުތު 10 ފަނޑިޔާރުން ތިއްބެވިއިރު، ފެމިލީ ކޯޓުގައި ތިއްބެވީ ހަތް ފަނޑިޔާރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Juhaa
23 January 2020
ކީއްކުރަން އިޢުލާންކުރަނީ. ފެންނަ މީހަކު ލާންވީނު. އިހަށްދުވަހު ހަމަޖެއްސި މީހުން ހަމަޖައްސަން ކަނޑައެޅީވެސް، އިންޓަވިއު ނިމުނުތާ ގަޑިއެއްގެ އިރުވެސް ނުވަނީސް. ހަމަޖެއްސި މީހުންނަށްވުރެ މާޤާބިލު މީހުން ކުރިމަތިލާފައި ތިއްބާ ޕާޓީއަށް ސަޕޯޓްކުރާ މީހުންނާއި ރައީސްމީހާގެ ރަށުމީހަކާ ހަމަޖެއްސީ.