ޑިސެމްބަރު 15، 2019: ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭ ގޮތުން ކްރޮސް ރޯޑްސްގައި ދެ ދުވަހަށް ފެށި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ބައިވެރިވި ބައެއް ކައުންސިލަރުން--. ފޮޓޯ: ނިޝާން އަލީ/މިހާރު
23 ޖެނުއަރީ 2020 - 19:53
ދައުލަތުގެ މި އަހަރުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދިނުމަށް ކަނޑައެޅި 1.6 ބިލިއަން ރުފިޔާގެ ތެރެއިން 134 މިލިއަން ރުފިޔާ ކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްދީފި އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކައުންސިލްތަކަށް މި ފަހަރު ޖަމާކުރި 134 މިލިއަން ރުފިޔާ އަކީ އަކީ އާއްމު ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ދޭ އެހީގެ ފުރަތަމަ ޕޭމަންޓް ކަމަށެވެ.
#BaaruveriRayyitheh #Laamarukazukurun #lgamaldives #Maaleebaaruverikan #Maldives pic.twitter.com/WdF0ELFHXo
— Local Government Authority (@lgaMaldives) January 23, 2020
މި އަހަރުގެ ބަޖެޓުގައި 1.6 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ކަނޑައެޅުމުން، ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 148 ޕަސެންޓަށް އިތުރުވާނެ އެވެ. އަދި އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 155 ޕަސެންޓަށް އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 433 ޕަސެންޓަށް އިތުރުވާނެ ކަމަށް ބަޖެޓުގައިވެ އެވެ.
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެހީގެ ގޮތުގައި ކަނޑައެޅި 1.6 ބިލިއަން ރުފިޔާ ހާއްސަ ކޮށްފައި ވަނީ، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓާއި ބިމު ކުލީގެ 40 ޕަސެންޓާއި އެ ރަށެއްގެ އިހްތިސާސްގައިވާ ހުރިހާ ތަނަކުން ލިބޭ ކުއްޔާއި އިތުރު ފީތަކުގެ 100 ޕަސެންޓް ކައުންސިލްތަކަށް ދިނުމާ އެކުގަ އެވެ.
- 500 އަށް ވުރެ އާބާދީ މަދު ރަށްތަކުގެ ކައުންސިލްތަކަށް 3.8 މިލިއަން ރުފިޔާ.
- 1000-500އާ ދެމެދު އާބާދީ ހިމެނޭ ރަށްތަކުގެ ކައުންސިލްތަކަށް 5.4 މިލިއަން ރުފިޔާ.
- 2000-1000އާ ދެމެދުގެ އާބާދީގެ ރަށަކަށް 7.9 މިލިއަން ރުފިޔާ.
- 5000-2000 ދެމެދެ އާބާދީގެ ރަށަކަށް 13.3 މިލިއަން ރުފިޔާ.
- 5000 އިން މަތީގެ އާބާދީތަކަށް 33 މިލިއަން ރުފިޔާ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ބަލާމީހާ
25 January 2020
ދައުލަތުގެ ބަޖެޓުގައި ރަށްރަށުގެ ކަންކަމަަށް ޚަރަދުކުރަން ކަނޑައަޅާ ބަޖެޓުން ހަދިޔާއެއް ނޫނީ ހިލޭއެހީ ދިނޭނުބުނެވޭނެ. ތީރައްޔިތުންނަށް ހެޔޮަކަންހެޔޮަކަން ދައްކަން ދައްކާ އޮޅުވާލޫމުގެ ވާހަކައެއް. ޓެކްސް ފައިސާއަކީ ރައްޔިތުންގެ ކަންކަން ކޮށްދިނުމަށް ސައުލަތަށް ނަގާ ފައިސާއެއް. ދައުލަތް ހިންގަން ހަވާލުކުރީމާ ތިމާމެން ބަހަން ދޭފައިސާއެއްނޫން. ޥިސްނާބަލަ.
ބޮޑުމީހާ
24 January 2020
ކައުންސިލްތަކަށް ހިލޭއެހީ ރީއްޗެއްނުން. ކަންއޮތީ ކިހިނެއް. ކުރިން މުވައްޒަފުންގެ މުސާރަ، ކަރަނޓް، ފެން، އެހެނިހެން ހުރިހާ ހަރަދެއް ދައުލަތުގެ ބަޖެޓުން. މިހާރު ހިލޭ އެހީ. މުވައްޒަފުންގެ މުސާރަ، ކަރަންޓް، ފެން، ޕްރޮޖެކްޓްތައް، މިސްކިތްތައް ބެލެހެއްޓުން، ހުރިހާ ކަމެއް، ހިލޭ އެހީން. ކޮންތާކު މިޖެހުނީ
ކަޑަބައި
24 January 2020
މިފަހަރު ކައުންސިލް އިންތިހާބަށް ހިލޭ ކެމްޕެއިން ކޮށްދޭން މަވެސް ބޭނުމެވެ.
އެކަތަ
23 January 2020
ސަރުކާރުން ފައިސާ ދިނީމަ ރަނގަޅު ގޮތުގަ އެފައިސާ ބޭނުންކޮށް، ރަށުގެ އިގްތިސާދު ހަރުދަނާކޮށް، ވިޔަފާރިއާއި މަސައްކަތްތަކާ ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަކީ ކައުންސިލްތަކުގެ ޒިންމާއެއް. ޢެހެންވީމަ، ޖެހެނީ ޤާބިލް މީހުން ހޮވަން. ކިޔަވައިގެން ތިބި މީހުން މިކަމާ އުޅެންވީ. ސިޔާސީ މައިދާނަށް ނުކުންނަންވީ. ލަޓޯފަޓޯ މީހުންނަށް ފުރުޞަތު ލިބެނީ މިކަމާ ޤާބިލް މީހުން ނޫޅޭތީ. ފެންނަ ފެނުމުގައި ސަރުކާރާ މަޖިލިހުން މިކަމަށް ރަނގަޅު މަސައްކަތްތަކެއް އެބަކުރޭ.
ޙިނި
23 January 2020
ޥަޒީފާ ނުއުފައްދާ، މަސައްކަތް ނުއުފައްދާ ފައިސާ ބެހިޔަކަސް ކަމެއް ނުވާނެ، ތިވާނީ މިސާލަކައް 200 ނުކުޅެދީ މީހުން ގެންގުޅުން ކަހަލަކަމެއް، ހުރިހާ ބުރަޔެއް ހަރަދުބަރަދު އުފުލަންޖެހޭނީ މައިމީހާ
ރަންނަ
24 January 2020
މާލެނޫން އެހެންތަނެއްގަ ކުޅެދޭ މީހަކު ނެތޭތޯ ތިބުނީ؟ އަމިއްލަ މީހާ ނުކުޅެދުނަސް ދައުމުގަ އެބަތިބި، ރައްރަށުގަ އެބަތިބި އިންތިހާއަށް ގާބިލު މީހުން. ބަލަންހުރޭ. ފުންމައުގެން އަރާ ބޮންތީގަ ހިފަން އުޅެނީ ނާގާބިލު މީހުން
ދެން
23 January 2020
ދެން ވައެއްޗެއް ނިކަން ބަލާމާ
ށހަހ
23 January 2020
ތިޔަ ލަރިން އެމިހުން ކުރަނި ކޮންކަމެއް
އޮޅުވާލި
23 January 2020
ތިޔަ ފައިސާގެ ތެރޭގައި ކައުންސިލަރުންގެ މުސާރަވެސް ހިމަނާފައިވާކަމަށްވޭ، ދެން މުސާރަދީފަ ބާކީ އޮންނާނީ ކޮންއެއްޗެއް؟
ނިޔާމަކޯޓު
23 January 2020
މޮޔާތްން އަތަށް ކަނޑި ދެނީ ދައުރު ނިމިގެންދާއިރު މިފަހަރު މާތާހިރެއް ނުވާނެ އޮންނާނީ ތިޔަދޭ ފައިސާ އެގޮތް މިގޮތަށް ބޭނުންކޮށްފަ އަދި ނުބައްދަލް ލޯނުތައްވެސް ނަގާ ދަރުވާލާފަ މީގެ އިތުރުން ފައިށަގެ މައްސަލަތަކުގައި ށަރީޢަތަށް ފޮނުވޭ މީހުން މިކަންކަމުގެ ސަބބަބުން ގިނާވާނެ