ކަރެކްޝަންސާއި ފުލުހުންގެ އޮފިސަރުންނާ އެކު ރައީސް ޔާމީން: މާފުށީ ޖަލުން އެމަނިކުފާނު މިއަދު މާލެ ގެނައީ ހައި ކޯޓުގެ އިސްތިއުނާފްގެ ޝަރީއަތަށް. --ފޮޓޯ: ނިޝާން އަލީ/މިހާރު
28 ޖެނުއަރީ 2020 - 12:03
މިދިޔަ ހުކުރުދުވަހުގެ ރެއިން ފެށިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ "ހިކި އަނަރޫފަވެފައި" ކަމަށެވެ. ޖަލުގައި ރަނގަޅަށް ފަރީއްކުޅުއްވަން ލިބިވަޑައިނުގަންނަވާތީ އެމަނިކުފާނުގެ ހާލުކޮޅު ފެނިވަޑައިގަތުމުން ހިތްދަތިވެ ރޮވުނު ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
މި ތުހުމަތު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދޮގުކުރެއްވުމުން ވެސް އަދުރޭ ވަނީ ޔާމީނާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަ ތަކުރާރުކޮށް ދިފާއުކުރައްވައިފަ އެވެ. އަދުރޭ ވިދާޅުވަނީ އިމްރާން ހައްދަވަނީ ދޮގެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވި ދުވަހު، ކޯޓަށް ވަޑައިގަތުމަށް ގެކޮޅުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާން ކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
"އިމްރާން ދޮގު ކުރެއްވިއަސް ނަޝީދު ދޮގު ކުރެއްވިއަސް އިބްރާހިމް މުހައްމަދު ސޯލިހް ދޮގު ކުރެއްވިއަސް އަޅުގަނޑުމެން އެކަން ގަބޫލެއް ނުކުރާނަން،" ޖަލުގައި ޔާމީނަށް ގަސްދުގައި އަނިޔާ ދެމުން ގެންދާ ކަމަށް ތުހުމަތުކުރައްވާ އަދުރޭ ވިދާޅުވި އެވެ.
ވަރަށް ޔަގީންކަމާ އެކު އޭނާ އެ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ޔާމީން ހުންނެވި ގޮތް ނޫސްވެރިންނަށް މިއަދު ފެނުނެވެ. އިސްތިއުނާފް ޝަރީއަތަށް ހައި ކޯޓަށް، ކަރެކްޝަނަލް ސާވިސްގެ ދެ އޮފިސަރުންނާ އެކު ވަޑައިގެންނެވި ޔާމީންގެ ހަށިކޮޅުން އެފަދަ އަނަރޫފަކަމެއް ނުފެނެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެމަނިކުފާނު ހުންނެވީ، އަދުރޭ ސިފަކުރެއްވިހާ، "ހިކި، އަނަރޫފަވެފައެއް" ނޫނެވެ.
ޔާމީން މިއަދު ކަރެކްޝަންސްގެ ވެހިކަލަށް އަރާވަޑައިގަންނަވަނީ. --ފޮޓޯ:ނިޝާން އަލީ/މިހާރު
އެކަމަކު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމް އިއްވި ދުވަހަށް ވުރެ އެމަނިކުފާނު ފެންނަނީ ތަންކޮޅެއް ހިކިކޮށެވެ.
ބައެއް ނޫސްވެރިން ބުނާ ގޮތުގައި އާއިލީ ބައްދަލުވުންތަކާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ސާމާނު ޔާމީނަށް ފޯރުކޮށްދޭން ހުރަސްއަޅާފައިވާ ކަމަށް އަދުރޭ ވިދާޅުވި ވާހަކައިގެ ހަގީގަތް ނޭނގުނަސް، އެމަނިކުފާނުގެ ހަށިކޮޅު އަނަރޫފަވެފައިވާ ކަމަށް ވިދާޅުވި ވާހަކަ ރަނގަޅެއް ނޫނެވެ!
އެކަމަކު "ހިކި އަނަރޫފަވުން" އަދުރޭ މާނަކުރައްވާ ގޮތް ތަފާތުވުން އެކަށީގެންވެ އެވެ.
ޔާމީނާ ގުޅުވައި އަދުރޭ ދައްކަވާ ވާހަކަ ދިފާއުކުރައްވަމުން ގޮސް ރޭ ވަނީ ރާއްޖޭގެ އެންމެ ދޮގު ހައްދަވާ ބޭފުޅުންގެ ލިސްޓެއް ވެސް އިއުލާންކުރައްވައިފަ އެވެ. އޭނާގެ ލިސްޓުގެ ކުރީގައި އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ދެ ވަނަ ދެއްވި އިރު ތިން ވަނާގައި އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރޭދޯ
02 February 2020
އަދުރޭތަ އާނ-ދޮގޭ ތަ؟
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
29 January 2020
އަދުރޭއަކަށް ނޭގެ. ޔާމީން ދެކެ މާ ލޯބިވާ އޯގާތެރި ކުދިން ތިއްބަވާ ކަމެއށް. އަދުރޭ ތިހާ ފޭކު ވާކަށް ނުވާނެ. ނެތް ލޯތބެއް ނެތް ކުލުނެއް ދައްކަން އުޅެގަތީމާ ތިޔަ އެތިވަރު ތިޔަ ގޮވެނީ
ާަަ އަޙްމަދު
29 January 2020
ފަހުޒަމާނެއްގަ ދޮގުހަދާމީހަކާ ދިމާލަށް ބުނެފާނެ ދޯ އަދުރޭނުވެބަލާށޭ.
އިބުރާ
29 January 2020
ހައްހައްހައްހައް ހީހީ ހީ ހީ ހަލާކު ވެއްޖެ
ޢިބޫ
29 January 2020
އޭރުން ބުނާނީ “ކަލޭ އަދުރޭ ނުވާށޭ “
އެކަތަ
28 January 2020
ކޮބާ މަ ބުނީމެއްނު ތި އަދުރޭ ނުހަދާނޭ ތެދެއް. ޙަމަ މޮޅު ވާހަކަ ދައްކަން. ޙަގީގަތަކީ ތި ޔާމީނަކާ ހެދި އުޅޭ މީހަކު މިހާރަކު ނެތް. ޚުދު އަދުރޭ ވެސް ނޫޅެ. ދެން ގޮސް ދޮގުހަދަނީ. ވަރަށް އެނގިގެން މި ބުނަނީ މެޑަމް ފާތުން ގުޅާ ގުޅާ ފޯނު ވެސް ނުނަގާ ތި އަދުރޭ. ނިކަން އާދަމް ޝަރީފު ކުރެން އަހާބަލަ މީ ދޮގެއްތޯ؟ ފާތުންނަށް ވެސް މިހާރު އެނގޭނެ ތި އަދުރޭއަކީ ކާކުކަން. ޔާމީން ޖަލަށްލީމާ ތި މީހުން ކުރި އެއްކަމެއް ވެސް ނެތް. ބުނަނީ ނުވާނޯ ސަލާމަތެއް.
ގައުމުގެ ދޫ
28 January 2020
ދޮގު ހެދުން އެއީ ވަކި ސިޔާސީ ޕާޓީއަކަށް ހާއްސަކަމެއް ކަމަށް ދައްކާން އުޅުނަސް އެއީ ހަމަ ކޮންމެ ސިޔާސީ ޕާޓީއެއްގެ މައިގަނޑު އެއްސިފަ. މިހެންބުނީމާ މަށަށްވުރެ ވަކީން ގޯސްމީހެއް ނުހުންނާނެ ކަމަށް އެތަކެއް ހުތްޖަތް ދައްކާންއުޅޭނެ ކަންވެސް ދެނަހުރީން.
ނަގިއްޔާ
28 January 2020
އެހެންވީމަ އަދުރޭއަށް އެއްޗެހި ފެންނަނީ ހާދަ ހިމަ ކޮށޭ. ހަރުގަޑެއް ފެނުނީމަވެސް ބުނެފާނެ ކަންނޭގެ ހާދަ ރީތި ޓޫތް ޕިކެކޭ،
އުމަރުބެ
28 January 2020
ޤާނޫނު އަސާސީގައި އޮންނަނީ ހަމަ ހަމަ އުސޫލުން ހުރިހައި ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް، ޔާމީނު ކުއްވެރިވީ މަނީލޯންޑާރކޮށްގެން، އެއީ ރާއްޖޭގެ ހިސްޓްރީގައިވެސް ފުރަތަމަ ފަހަރު މަނީ ލޯންޑިންގ ގެ ދަށުން ރައީސަކު އަދި އެއްވެސް މީހަކު ޖަލައްލި ފުރަތަމަ ފަހަރު، އެހެންކަމުން ޔާމީނުވެސް ހުންނަންޖެހޭނީ ޖަލުގެ ޔުނިފޯމުގައި، އެހެންވެ އެވާހަކަ ދަންނަވާލީ
މަނިއްޕުޅު
28 January 2020
ދޮގު ހެދިޔަސް ތަންފުކެއް ބޮޑުވަރު ދޯ ؟؟؟؟؟
އަޙުމަދު.
28 January 2020
އަދުރޭގެ ފޮމިއުލާ ވަރަށް ތަފާތުވާނެ، އެހެން މީސްތަކުން އަދި އެ ފޮމުލާބޭނުމެއް ނުކުރެ، އެއީ 50× 200 = 100000
1234
28 January 2020
ޕޕމ ގަ އަދުރޭ ނޫނީ ނެތީތޯ ޔާމީންގެ ހައްގުގަ ވާހަކަދައްކާލަން ކެރޭ މީހަކު؟
އަޙުމަދު.
30 January 2020
އެކަހަލަ ގޮތެއް ފޮތެއްނެތް ހިތަށްއެރިހާގޮތަކަށް ހަދަ ހަދައިގެން ވާހަކަ ދައްކަން ކެރޭމީހަކު ނެތީކަމަށް ވެދާނެ.