ޝެނެލުން ތައްޔާރުކުރި ފެން އަޅާ ލަގްޒަރީ ފުޅި.
06 ފެބުރުއަރީ 2020 - 07:15
ފްރާންސްގެ މަޝްހޫރު ފެޝަން ކުންފުނި ޝެނެލް އިން، ފެން އަޅާ އަގު ބޮޑު ފުޅިއެއް ހަދައިފި އެވެ.
މީގެ އަގަކީ ގާތްގަނޑަކަށް 6،000 ޑޮލަރު ((93،000ރ.) އެވެ. ވަރަށް ރީތި ކަވަރެއްގެ ތެރެއަށް ލައިފައި ހުންނަ މި ފުޅި އަކީ ރަނުން އަތްކަންކޮށްފައިވާ އުފެއްދުމެކެވެ. އެވެ. އަދި މިއަށް ޗާލުކަން ގެނެސްދެނީ ޝެނެލްގެ ލޯގޯ އިންނަ އިންޓަލޮކިންއާ އެކު އޮންނަ ރަން ޗޭނަކުންނެވެ.
ޝެނެލްގެ މި ލަގްޒަރީ "ފްލާސްކް-ބޭގް" ގެ ވާހަކަ މީޑިއާތަކަށް ތިލަވުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ މި ފުޅި އަށް ޝައުގުވެރިކަން ފާޅުކުރި އެވެ. އަގަކަށް ބެލުމެއް ނެތެވެ. އެކަން އެނގޭ ކަމަކީ ވިއްކަން ފެށިތަނާހެން ސްޓޮކް ހުސްވުމެވެ.
ޝެނެލުން ތައްޔާރުކުރި ފެން އަޅާ ލަގްޒަރީ ފުޅި.
މިދިޔަ މަހު ބޭއްވި މި އަހަރުގެ ގްރެމީ އެވޯޑްސް ހަފުލާގައި އެމެރިކާގެ ލަވަކިޔުންތެރިޔާ މެގީ ރޮޖާޒް މީގެ ފުޅިއެއް ގެންގުޅޭތަން މީޑިއާތަކުން ފެނިގެން ސުވާލު ވެސްކޮށްފައިވެ އެވެ. އޭރު އޭނާ ބުނީ އަގު ބޮޑަސް މި ޒާތުގެ ފުޅިއެއް ފެން އަޅަން ގެންގުޅެނީ ދެމެހެއްޓިނިވި އެއްޗެއް ގެންގުޅުމުގެ މުހިއްމުކަން ބޮޑުވުމުން ކަމަށެވެ.
މިއީ ޝެނެލް އިން ފެންއަޅާ ފުޅި އުފައްދައި ވިއްކަން ފެށި ފުރަތަމަ ފަހަރެއް ނޫނެވެ. އެ ކުންފުނިން މިކަން އެންމެ ފުރަތަމަ ކުރީ 1994 ގަ އެވެ. އޭރު ވިއްކި ފުޅި އަކީ މަޝްހޫރު މޮޑެލުންތަކެއް އިޝްތިހާރު ވެސް ކޮށްދިން އެއްޗެކެވެ. ކްލައުޑިއާ ޝިފާ އާއި ކާލާ ބްރޫނީ ޕްރޮމޯޓްކޮށް ދިން ފުޅި އޭރު ވިއްކީ ގާތްގަނޑަކަށް 11،000 ޑޮލަރު (169,950ރ.) އަށެވެ.
ޝެނެލުން ތައްޔާރުކުރި ފެން އަޅާ ލަގްޒަރީ ފުޅި.
މީގެ ކުރިން، ފެން އަޅާ އެންމެ އަގުބޮޑު ފުޅިއެއް ވިއްކާފައި ވަނީ 24 ކެރަޓް ރަން ބޭނުންކޮށްގެން ތައްޔާރުކުރި "އެކުއަ ޑި ކްރިސްޓާލޯ ޓްރިބިއުޓޯ އަ މޮޑިލިއާނީ" ފުޅިއެކެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކަން އުފައްދަން 2010 ގައި ތައްޔާރުކުރި އެ ފުޅި ވިއްކާފައި ވަނީ 59،000 ޑޮލަރު (911,550ރ.) އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޗާ
06 February 2020
ތިޔަކަހަލަ އަގުބޮޑު ފުޅިއެއް ގަނެގެން ބޭރުތެރެއަށް ނެރިގެން އުޅެނިކޮށް މީހަކަށް ފެނި މަހްލޫފް ގަމީހަށް ވީހެން ވެދާނެތީ ބޭރަށް ނެރޭކަށް ނުކެރޭނެ.
ހިސާން ހިސޫން
06 February 2020
ފަޒުނާ މެޑަމް ތީގެ ފުޅިއެއް ގަންނާނެ އަދި! ބަލަން ތިބޭ
1000 އެމްއެލް
06 February 2020
ނޫސްވެރިން ބަލަންވީނުން ކޮންމެވެސް ދިވެއްސަކު ތީތި ނުގަންނަ ކަމެއްނޭގޭ.
ސޯބު
06 February 2020
މިއަށް ކިޔަނީ އިސްރާފުކުރުމާ ދެއްކުންތެރިކަން