05 ފެބުރުއަރީ 2020 - 15:29
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް ނިންމި ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި ޝިދާތާގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ މިއަދު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމަށް ވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ ޝިދާތާގެ އިސްތިއުފާ އަށް ގޮވާލައްވައިފަ އެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ މަގާމުން ވަކިކުރުމަށް ބައެއް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވައިލެއްވި އެވެ. އެކަން ނުކުރައްވާ ނަމަ، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ޝިދާތާ ވަކި ކުރާނެ ކަމުގެ އިންޒާރު ވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން މިއަދު ދިނެވެ.
BREAKING: Shidhatha ge ithubaaru neiykamuge massala hushalhan MDP inn faaskoffi
The most trusted news source in the Maldives
Mihaaru
ޝިދާތާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީން ފާސްކުރުން---
އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ތައްޔާރު ވާތީ، އޭނާގެ ބަހެއް ހޯދަން "މިހާރު" ން ގުޅުމުން ޝިދާތާ ވިދާޅުވީ، ވަކި އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.
ޝިދާތާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ނިންމީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތައް އެނގި ތިބެ، އެކަމުގައި ޖެންޑާ މިނިސްޓްރީ އިހުމާލުވެ، މިނިސްޓަރު ޝިދާތާ "ހޫނުފެނަށް" ވެއްޓިފައި ވަނިކޮށެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި މެމްބަރުން ވަނީ އުމުރުން 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު އިރު އެކަމުގައި އިހުމާލު ވެފައިވާތީ ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ.
މުޖުތަމައުއަށް އެހީވުމުގެ ދާއިރާއިން ގައުމީ އިނާމު ވެސް ހޯދާފައިވާ ހިޝާންގެ ސީރިއަސް މައްސަލަތަކެއް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ މައްޗަށް ކުރަނީ ބައެއް ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތެވެ.
ހިޝާންގެ މައްސަލައިގެ އިތުރުން އުމުރުން ދެ އަހަރު ވެސް ނުވާ ކުޑަ އަންހެންކުއްޖަކާ، އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ބެހުނު ކަމަށް ދާދި ފަހުން ކުރި ތުހުމަތާ ގުޅިގެން ވެސް މިނިސްޓަރު ޝިދާތާ އަށް އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން ވަނީ އަމާޒުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
06 February 2020
ކަންކަން ނުވީމަވެސް ޝިދާތާގެ ވަޒީފާ އައްޓަކާ މުޅިގައުމު ހުއްޓުމަކައް މިގެންނަންޖެހެނީ. ޢަދާލަތު ޕާޓީންވެސް މިކަހަލަ ރައްޔިތުންނައް މިކަހަލަ އުންދަގުލާ ދުއްތުތާތައް ނުކޮއްބަލަ
ޢަލީބެ
06 February 2020
ޤާނޫނު އަސާސީގައި އޮންނަ ވަރަށް ދެކޮޅުނުޖެހޭ ކަމެއްމީ. ރައީސް އައްޔަންކުރައްވާ މަޤާމެއްގައިހުރި މީހަކު ޒިންމާ އަދާނުކުރެވޭކަމަށް ރައީސަށް ފެނިއްޖެނަމަ އެމީހަކު ވަކިކުރުމުގެ ބާރުވެސް ރައީސަށް އޮވޭ. ރައީސް އައްޔަން ކުރައްވާ މީހަކު މަޖިލީހުން ވަކިކުރާގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއްނޫން. އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ރައީސަށް އިތުބާރު އޮތް އެތައް ބަޔަކު އޭރުގެ އިދިކޮޅު މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ވަކިކޮށްފަ. އަދި ރުހުން ނުދީފަ. މިގޮތް ކަމުދޭތޯ.
ބާބޫޖީ
06 February 2020
ކޮންއެއްޗެއް ބުނާނީ. އެއްޗެއް ބުންޏަސް ނުބުންޏަސް މިފަހަރު ވަޒީފާއިން ވަކިކުރާނެ. އިސްތިއުފާދެންޏާ ދޭންވީ.
ބޮނޑި ބަތްބެ
06 February 2020
އިޓްސް މައި ފްރައިޑޭ، ސޯ ޗިލް
ވައްޑޭ
06 February 2020
އެމް.ޑީ.ޕީ ނޫން މިނިސްޓަރުންނާއި ބޭފުޅުން ވަކިކުރުމުގެ ފެށުން. ތިބޭ ކުޅިބަލަން
ްހަޤީޤަތް
06 February 2020
މިނިސްޓަރު ވަކި ކުރަން ގޮވާލަނީ ވަކި ޕާޓީއަކަށް ނިސްބަތްވާތީއެއް ނޫން އޭނަގެ ވަޒީފާގެ ޒިންމާ ފުރިހަމަ ގޮތުގައިނުނެގުނީމަ.. އެއްވެސް ޒާތީކަމަކާ ގުޅިގެންނެއްވެސް ނޫން ކުޑަ ކުޑަ ކުދިން ތަކެއްގެ މަސްލަތަކެއްގައި މިނިސްޓަރު އިހުމާލުވެފައިވާތީ..
ފާނީޒު
06 February 2020
ކަމަނާ އަމިއްލަޔަށް ބަލި ގަބޫލުކޮށް އިސްތިއުފާ ދީ.ފުރުސަތު ދެވިއްޖެ.އިސްލާހެއްނުވި.ރީތި ގޮތަކީ އެއީ.
ދުުދުދުް
06 February 2020
ތިއީ އެކަނި ޖެންޑާރ މިނިސްޓްރީ ފެއިލްވެގެން ވީކަމެއްނޫން. ތިއީ ދަައުލަތުގެ ގިނަ މުއައްސަސާތައް (ރަށުފެންވަރުގައި ކައުންސިލް، ސްކޫލް) ތަކާއި އަދުލު އިންސާފު އަދި އެކި މިނިސްޓްރީ ތަކުގެ އިހްމާލުން ވަމުންދާ ކަންކަން.
އަލީނަސީމް
06 February 2020
ޓިޔަ ބުނާ 18 އަހަރުގެ މީހާއަކީ ހިޝާން ބޭނުންވެގެން ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ހަމަޖައްސައިދިން މީހެއް.....އޭނަ ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ހަމަޖެއްސޮގޮތް ބަލަންޖެހޭ
ހަބީބު
06 February 2020
ކާފަޔާ މާމަ ބެހުނީމަ ސިދާތާ ކުރާނީ ކޮންކަމެއް މަޖިލީހުން އިސްލާމީޝަރީއަތް ގާއިމު ކުރާނެ ގޮތެއް ހަދައިދީބަލަ އޭރުން ސިދާތާ ހުއްޓަސް ނެތަސްވާނީ ވާވަރު
ކެރަފާ
05 February 2020
ވަކިވެދިޔަޔަސް.......